ފައިސާ މޮބައިލް
2 ލިޔުން
ފަހުގެ
ވިޔަފާރިއެމްއައިބީން ފައިސާ މޮބައިލް އެކްސް 2.0 ރޯލްއައުޓްކޮށްފި
އެމްއައިބީގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، އައު ފީޗާސްތަކާއެކު "ފައިސާ މޮބައިލް އެކްސް 2.0" އެޕްލިކޭޝަން މިހާރު ވަނީ ނެރެފައެވެ. މި އަޕްގްރޭޑްގައި ޔޫޒާ އިންޓަފޭސް ރަނގަޅުކުރުމުގެ އިތުރުން، ސްމާޓް ސާޗް އަދި ބޭރު ގައުމުތަކަށް ފައިސާ ފޮނުވޭނެ ރެމިޓެންސްގެ ޚިދުމަތް ހިމަނާފައިވެއެވެ. މީގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް ރައްކާތެރި އަދި ލުއިފަސޭހަ ބޭންކިންގ ތަޖުރިބާއެއް ފޯރުކޮށްދިނުމެވެ.
ވިޔަފާރިއީދު ބަންދުގައި އެމްއައިބީ ހުޅުވާނެ ވަގުތުތައް އިއުލާނުކޮށްފި
މި އަހަރުގެ އަޟުޙާ ޢީދު ބަންދުގައި ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށްޓަކައި، މި މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން މެންދުރުފަހު 13:30 އަށް އެމްއައިބީގެ ބްރާންޗުތައް ހުޅުވާނެކަން އެ ބޭންކުން އިޢުލާނުކޮށްފިއެވެ. ބޭންކު ބަންދު ދުވަސްތަކުގައިވެސް އޮންލައިންކޮށް އެކައުންޓް ހުޅުވުމާއި، ޓީޓީ ފޮނުވުމާއި، ފައިނޭންސިންގ އަށް އެދުމުގެ ޚިދުމަތް ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ލިބޭނެއެވެ.
