އެބޯލާއާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު: ހެލްތު މިނިސްޓްރީން ހާލަތު މޮނީޓާކުރަނީ

ފޮޓޯ: ޑަބްލިއުއެޗްއޯ

ފޮޓޯ: ޑަބްލިއުއެޗްއޯ

ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި  ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅުމުން ހާލަތު މޮނީޓާކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ. 

މި ބަލިމަޑުކަމަކީ ބަންޑިބުގްޔޯ ވައިރަހުގެ ސަބަބުން ފެތުރެމުންދާ ބައްޔެއް ކަމަށާއި، މިއީ މުޅި ދުނިޔެއަށް ފެތުރޭ ވަބާއެއްގެ މިންގަނޑަށް އަދި ނުފެތުނު ކަމުގައި ވިޔަސް، ކޮންގޯއާ ބޯޑަރު ހިއްސާކުރާ ގައުމުތަކަށް މި ބަލި ފެތުރުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ އިންޒާރު ދީފަ އެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހާލަތު މޮނީޓާކުރަމުންދާ ކަމަށާއި އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާކުރާނެ ކަމަށެވެ. 

"ރެލެވެންޓް ސްޓޭކްހޯލްޑާޒް (ކަމާގުޅުން ހުރި ފަރާތްތައް) އާއެކު މި ވަގުތު ސިޗުއޭޝަން މޮނީޓާކުރަމުން ދަނީ،" ހެލްތު މިނިސްޓްރީގެ ރަސްމީ މީޑިއާ ގްރޫޕުގައި އޭނާ ވިދާޅުވި އެވެ. 

އދ. ގެ ސިއްހީ އިދާރާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ތިން ސަރަހައްދަކުން ބަލި ޖެހިގެން މަރުވި ކަމަށް ބެލެވޭ 80 މީހުން ވަނީ ރިޕޯޓްކޮށްފަ އެވެ. މީގެ އިތުރުން ލެބޯޓްރީ ތަހުލީލުތަކުން ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާ އަށް މީހުންނާއި، ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 246 މީހުން ފެނިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ޑަބްލިއުއެޗްއޯ އިން ފާހަގަކުރި ގޮތުގައި މިހާރު ފެންނަން ހުރި ހިސާބުތަކަށް ވުރެ ބޮޑަށް ބަލި ފެތުރުމުގެ ފުރުސަތު އެބަ އޮތެވެ. ސަބަބަކީ ބަލި ހުރިތޯ ބެލުމަށް ހެދި ފުރަތަމަ ޓެސްޓުތަކުގެ ނަތީޖާ ޕޮޒިޓިވްވާ މިންވަރު މަތިވުމާއި، ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުންގެ އަދަދު އިތުރުވަމުން ދިއުމެވެ. މި ބަލިމަޑުކަން ނުރައްކާތެރިވާ އަނެއް ސަބަބަކީ، އެބޯލާގެ އެހެން ބާވަތްތަކާ ހިލާފަށް، ބަންޑިބުގްޔޯ ވައިރަހަށް ހާއްސަ ފަރުވާއެއް ނުވަތަ ވެކްސިނެއް މިހާތަނަށް ހޯދިފައި ނެތުމެވެ.

މި ބަލިމަޑުކަން މިހާރު ވަނީ އެއް ގައުމުން އަނެއް ގައުމަށް ފެތުރެން ފަށާފަ އެވެ. ޔުގެންޑާގެ ވެރިރަށް ކަމްޕާލާ އިން ބަލި ޖެހިފައިވާ ދެ މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ. މި ދެ މީހުންނަކީ ވެސް ކޮންގޯ އިން ދަތުރުކުރި ދެ މީހުންނެވެ. ހަމައެއާއެކު، ކޮންގޯގެ ވެރިރަށް ކިންޝާސާ އިން ވެސް ބަލި ޖެހިފައިވާ މީހަކު ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ގައުމުތަކުގެ ކާރިސާ މެނޭޖްމަންޓް ނިޒާމުތައް ވަރުގަދަކޮށް، ބޯޑަރުތަކާއި މައި މަގުތަކުގައި ބަލި ހުރިތޯ ބެލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިރުޝާދު ދީފަ އެވެ.

ބަލި ޖެހިފައިވާ މީހުންނާއި، ބަލި މީހުންނާ ބައްދަލުވެފައިވާ މީހުން ދަތުރުފަތުރު ނުކުރުމަށް ޑަބްލިއުއެޗްއޯ އިން ވަނީ އަންގާފަ އެވެ. އަދި ބަލި ޖެހިފައިވާކަން ކަށަވަރުވާ މީހުން ވަގުތުން އެކަހެރިކުރުމަށާއި، ބަލި މީހުންނާ ބައްދަލުވި މީހުން 21 ދުވަހުގެ މުއްދަތަށް މޮނިޓަރު ކުރުމަށް ވެސް ވަނީ ލަފާދީފަ އެވެ.

ނަމަވެސް، ބިރުވެރިކަމެއްގެ ތެރެއިން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް، ވިޔަފާރި އާއި ދަތުރުފަތުރަށް ހުރަސް ނޭޅުމަށް އެ ޖަމްއިއްޔާއިން އިލްތިމާސްކުރެ އެވެ. އެއީ ބޯޑަރުތައް ބަންދުކުރުމުން މީހުންނާއި މުދާ ނުރަސްމީ މަގުތަކުން ދަތުރުކުރަން ފަށައި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެދާނެތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox