ސުވާލު ކުރަނީ ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރަން، އެ މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް ނެތް: ކުޑޫ

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ---

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ---

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ހެލްތު މިނިސްޓްރީން ފަހިކޮށްނުދިނުމުން ހުށަހެޅި މައްސަލަ ނިންމުމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމުމަށް އަށް މަސްދުވަސް ހޭދަވުމުން އެކަމާ މެދު ކުޑޫ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ގުރައިދޫގައި ހުންނަ މަރުކަޒަރު ބަލަހައްޓަނީ ހެލްތު މިނިސްޓްރީންނެވެ. އެ މަރުކަޒަށް ވަދެވޭނެ ގޮތް ހަދައިދިނުމަށް އެދި އޭރު ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުالله ނާޒިމްއަށް ރައްޔިތުންގެ މަޖިލީހުގެ ލެޓާހެޑުގައި ކުޑޫ ސިޓީ ފޮނުވީ އެޕްރީލް 19، 2025، ގަ އެވެ.

އެއީ މަރުކަޒުގެ ހާލަތު ދެނެގަނެ ރިޕޯޓެއް ތައްޔާރު ކުރުމުގެ ބޭނުމަށް ކަމަށް އެ ސިޓީގައި ބަޔާންކޮށްފައި ވެ އެވެ. އެ ސިޓީއަށް ގާތްގަނޑަކަށް ދެ މަސްދުވަސް ފާއިތުވެގެންދިޔައިރު ވެސް ހެލްތު މިނިސްޓްރީގެ ފަރާތުން ޖަވާބު ނުދޭތީ އެ މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅީ ޖޫން 17، 2025، ގަ އެވެ. 

މިއަދުގެ މަޖިލިސް ޖަލްސާގައި އެ މައްސަލަ ބަލައި ނިންމި ގޮތުގެ ރިޕޯޓު ތަޅުމަށް ހުށަހަޅައި ބަހުސް ކުރަމުން އަންނައިރު ކުޑޫ ވަނީ އެހާ ސްޕީޑު ލަސްކޮށް މައްސަލަ ނިންމުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

"އަޅުގަނޑުމެން އެއް މަސްދުވަހުގެ، ދެ މަސްދުވަހުގެ ޗުއްޓީ ނަގާފައި އައިސް މި މޭރުމުން ކަންކަން ކުރުމަކީ މި މަޖިލީހުގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭ އެންމެ ބޮޑު އެއް ކަންތައް،" ކުޑޫ ވިދާޅުވި އެވެ. 

ވަޒީރުންނާ ކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފޮނުވި 65 ސުވާލަކަށް ޖަވާބު ނުލިބި އޮތްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ވުޒާރާ ބަދަލުވެއްޖޭ، ވަޒީރު ބަދަލުވެއްޖޭ، ސުވާލު ދެ ފަޅިކޮށްލަން ވެއްޖޭ،  މި ހުންނަނީ ވަރަށް ދެރަވަރު ކަންކަން. އަޅުގަނޑުމެން ބުނެގެންނެއް ނޫން ވުޒާރާތައް ބަދަލުވަނީ، އަޅުަގަނޑުމެން ސުވާލު ކުރަނީ ރައްޔިތުން ހަވާލުކޮށްފައި ހުރި ގާނޫނީ ޒިންމާ އަދާކުރުމުގެ ގޮތުން،" ކުޑޫ ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސަރުކާރުން މެންބަރުންގެ ދައުރާއި ޒިންމާ އަދާކުރުމަށް ހުރަސް އަޅަމުންދާ ކަމަށް ކުޑޫ ތުހުމަތު ކުރެއްވި އެވެ. 

"އެމްޕީއެލްގައި މީހަކު މަރުވެގެން އެ މައްސަލަ ކޮމިޓީއަށް ހުށަހެޅިން، ވީ ގޮތެއް ނޭނގެ، ސްޓެލްކޯގައި އެކްސިޑެންޓެއް ދިމާވެގެން މައްސަލަ ހުށަހެޅިން، ވީ ގޮތެއް ނޭނގޭ، ޕެންޝަނާއި މުސާރައިގެން ކަންބޮޑުވުން ވެސް ހުށަހަޅާފައި އޮންނާނެ، އެއަށް ވެސް ވީ ގޮތެއް ނޭނގެ،" ކުޑޫ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކަންކަން ރަނގަޅުވާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ. އެ ބަހުސަށް ފަހު ކުޑޫ ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ ހުށަހަޅާ އެއްވެސް މައްސަލައެއް ބަލައިނުގަނެ ބޭރުކޮށްލާނެ ކަމަށް ޕީއެންސީ މެންބަރަކު ވިދާޅުވި ކަމަށެވެ.

"މަޖިލީހަށް ހުށަހެޅުން ހުށަހަޅަނީ އަޅުގަނޑަށް ރައްޔިތުން މަތިކޮށްފައިވާ ޤާނޫނީ ވާޖިބު އަދާކުރުމުގެ ގޮތުންނެވެ. إن شاء الله އެމަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް ނެތް. ލިޔެފައި އޮތްއެއްޗެއް ނުބަލައި، ކިތަންމެ ވަރަކަށް ދޮގުހެދިނަމަވެސް ހަޤީޤަތް އޮޅުވައެއް ނުލެވޭނެ،" ކުޑޫ ލިޔުއްވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުގެ ހުރިހާ އޮފީހަކުން އެއްބާރުލުން ދިނުމަކީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން ލާޒިމު ކަމެކެވެ. އަދި މެންބަރަކު ހޯދަން އެދޭ މައުލޫމާތެއް ވެސް ދިނުމަކީ އެ ގާނޫނުގެ ދަށުން އިދާރާތަކުން ކުރަން ޖެހޭ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox