ވެކްސިންގެ ހިދުމަތް ދޭ ދަމަނަވެށި އުވާލައި، މުވައްޒަފުން އައިޖީއެމްއެޗްގެ ދަށަށް ބަދަލުކުރަނީ

ދަމަނަވެށި: ވެކްސިންގެ ހިދުމަތް ދޭ އެތަން އުވާލަން ވަނީ ނިންމާފައި ކަމަށް މައުލޫމާތު ލިބޭ -- ފޮޓޯ: އަވަސް

ދަމަނަވެށި: ވެކްސިންގެ ހިދުމަތް ދޭ އެތަން އުވާލަން ވަނީ ނިންމާފައި ކަމަށް މައުލޫމާތު ލިބޭ -- ފޮޓޯ: އަވަސް

ވެކްސިންގެ ހިދުމަތްދޭން ހެލްތު މިނިސްޓްރީގެ ދަށުން އުފައްދާފައިވާ ދަމަނަވެށި އުވާލުމަށްފަހު، އެތަނުގެ މުވައްޒަފުން އައިޖީއެމްއެޗްގެ ދަށަށް ބަދަލުކުރަން އުޅޭކަން އެނގިއްޖެ އެވެ. 

މިކަމުގެ މައުލޫމާތު އެނގޭ މީހަކު އަދަދު އަށް ބުނީ ދަމަނަވެށި ބަންދުކޮށް އެތަނުގެ ހުރިހާ މުވައްޒަފުން އެއްވެސް އެންގުމަކާ ނުލައި އައިޖީއެމްއެޗްގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މުވައްޒަފުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން ކަމަށް ވެސް އޭނާ ބުންޏެވެ. 

"މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ދަމަނަވެށްޓަށް ސްޓާފުން ނަގާފައި ތިބެނީ. ސްޓާފުންނަށް ނުވެސް އަންގާ ދަމަނަވެށީގައި ތިބި ސްޓާފުން އައިޖީއެމްއެޗްގެ ބޯޑުގެ ދަށަށް ބަދަލުކުރަނީ. ބަދަލުކޮށްފައި ސްޓާފުންނަށް ނުވެސް ދޭ އޮޕްޝަނެއް ވެސް. ބޭނުންވާ ތަނަކަށް ސްޓާފުން ބަދަލުކުރަން އުޅެނީ،" އޭނާ ބުންޏެވެ. 

Advertisement

އޭނާ ބުނީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދަމަނަވެށި އުވައިލުމަށްފަހު، އެތަނުން ދޭ ހިދުމަތްތައް އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަށް ބަދަލުކުރަން ކަމަށެވެ. 

ނަމަވެސް އާބަން ޕްރައިމަރީ ހެލްތު ކެއާ (ޔޫޕީއެޗްސީ) ގެ އެންމެ ސެންޓަރެއް މާލޭގައި ހުރިއިރު، އެތަނުގައި ހިދުމަތް ދެމުންދަނީ ލިމިޓެޑްކޮށް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ދަމަނަވެށިން ހިދުމަތް ހޯދަން އަންނަ އެންމެންނަށް އެ ދުވަހެއްގައި ހިދުމަތްދޭ ކަމަށެވެ. 

"އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުގައި ލިމިޓެޑްކޮށް އެމީހުން ވެކްސިން ޖަހައިދެނީ. އެކަމަކު ދަމަނަވެށީގައި ވޯކް އިންކޮށް އައިސް އެ ދުވަހެއްގައި އަންނަ ހުރިހާ ބޭފުޅުންނަށް ވެސް ސާވިސް ދޭގޮތަށް އިންނަ ތަނެއް،" އޭނާ ބުންޏެވެ. 

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަދަދު އަށް ވިދާޅުވީ ހެންވޭރު އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު ހެދުމުގެ މަސައްކަތް ކުރުމަށް ދަމަނަވެށި ހުސްކުރަން ޖެހޭ ކަމަށް އައިޖީއެމްއެޗް އިން ބުނެފައިވާ ކަމަށެވެ. 

"ދަމަނަވެށީގެ ބައެއް ހިދުމަތް ދިނުމަށް ބޭނުންކުރަމުންދަނީ ކުރީގައި މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ގޮތުގައި ބޭނުންކުރިޔަ އިމާރާތުގައި، އެމްބީއެސް އިމާރާތް މަރާމާތު ކުރުމަށްފަހު ހެންވޭރު ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، ދަމަނަވެށި ހުސްކުރަންޖެހޭކަން އައިޖީއެމްއެޗް ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައި،" އޭނާ ވިދާޅުވި އެވެ. 

ނަމަވެސް މުންދު ވިދާޅުވީ ދަމަނަވެށީގެ މުވައްޒަފުންނާމެދު އަމަލުކުރާނެ ގޮތެއް މިވަގުތު ނިންމާފައި ނުވާ ކަމަށެވެ. 

މާލޭގައި ފަސް އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ގާއިމުކުރަން ސަރުކާރުން ނިންމާފައިވާއިރު، އެ ސެންޓަރުތަކުގެ ހިދުމަތްތަކުގެ ތެރޭގައި ދަމަނަވެށިީގައި ދެމުންދާ ހިދުމަތްތައް ހިމަނައި އެ ހިދުމަތުގެ ތެރެއަށް ދަމަނަވެށީގެ ހިދުމަތްތައް ވެގެންދާގޮތުން ޔޫޕީއެޗްސީގެ ސްކޯޕް އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މުންދު ވިދާޅުވީ ކުރީގެ އެމްބީއެސް އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މަސައްކަތް ޕްލޭން ކުރެވިފައިވާ ގޮތަށް ނިންމުމަށް ދަމަނަވެށި އިމާރާތް ވީހާވެސް އަވަހަށް ހުސްކުރަންޖެހޭ ކަމަށެވެ. 

އައިޖީއެމްއެޗް އިން ހިންގާ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުގައި ކަތުރުފަންޏާއި ތަންމަކުނު އެޅުމުގެ އިތުރުން ފަންގަސް ޖަހައިގެން މިދިޔަ ހޯމަ ދުވަހު ވަނީ ބަންދުކޮށްފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 1، ގައި ހުޅުވި އެ ސެންޓަރު އަނބުރާ ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ. 

ޖުމްލަ 40 މުވައްޒަފުން ތިބޭ ދަމަނަވެށިން ދުވާލެއްގެ މައްޗަށް 300 އާއި 400 އާ ދެމެދުގެ މީހުންނަށް ހިދުމަތްދޭއިރު، އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ދުވާލެއްގެ މައްޗަށް ހިދުމަތްދެނީ ލިމިޓްކޮށްގެން 50 މީހުންނަށެވެ. 

ދަމަނަވެށިން ދޭ ހިދުމަތްތަކުގެ ތެރޭގައި ކުޑަކުދިންނަށް ވެކްސިން ދިނުމާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ވެކްސިން ދިނުމާއި ޖީޕީ ސާވިސް އާއި ކޮމިއުނިޓީ ސާވިސް އަދި ސައިކޯސޯޝިއަލް ސަޕޯޓް ސާވިސަސް ޔުނިޓު ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox