ބޭސް ލިބުމުގައި އަދިވެސް ދަތިތަކެއް ހުރި ކަމަށް މިނިސްޓަރު އެއްބަސްވެއްޖެ

ހެލްތު މިނިސްޓަރު ގީލާ އަލީ: ރާއްޖެއަށް ބޭސް ލިބުމުގައި ދަތިތަކެއް ހުރި ކަމަށް މިނިސްޓަރު ވަނީ އެއްބަސްވެވަޑައިގެންފައި -- ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓަރު ގީލާ އަލީ: ރާއްޖެއަށް ބޭސް ލިބުމުގައި ދަތިތަކެއް ހުރި ކަމަށް މިނިސްޓަރު ވަނީ އެއްބަސްވެވަޑައިގެންފައި -- ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖެއިން ބޭސް ބޭނުންވާ މީހުންނަށް ބޭސް ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައި އޮތް ދަނޑިވަޅެއްގައި، ގައުމަށް ބޭސް ލިބުމުގައި އަދިވެސް ދަތިތަކެއް ހުރި ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ރޭ އެއްބަސްވެވަޑައިގެންފި އެވެ. 

ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ގީލާ ވިދާޅުވީ ރާއްޖެއަށް ބޭސް ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، ބޭސް ލިބުމަކީ އަދިވެސް ދަތިވެފައި އޮތް ކަމެއް ކަމަށެވެ. 

އެއް ބޭހެއް ރާއްޖެއަށް އެކި ކުންފުނިތަކުން ގެނައުމަކީ ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާ ގީލާ ވިދާޅުވީ ރާއްޖެއަށް އެއް ބަޔަކު ބޭސް ގެނެސްގެން ނޫން ގޮތަކަށް މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށެވެ. 

"އެއް ބޭހެއް ތިން، ހަތަރު ފަރާތަކަށް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން. އެއް ފަރާތަކުން ނޫނީ އެއް ބަޔަކު މިކަމުގެ ތެރޭގައި އުޅެގެން ނޫނިއްޔާމުން ބޭނުންވާ އަދަދަށް ބޭސް ރާއްޖޭގައި އެވޭލަބަލްއެއް ނުކުރެވޭނެ،" ގީލާ ވިދާޅުވި އެވެ. 

ތަފާތު އެކި މަސައްކަތްތައް ސިއްހީ ދާއިރާއިން ކުރަމުންގެންދޭ މިކަންކަމަށް ހައްލެއް ހޯދުމަށް. އެހެންނަމަވެސް ބޭސް ލިބުމަކީ އަދިވެސް ދަތިވެފައި އޮތް ކަމެއް. ދެން ބޭސް އުފައްދާ ފަރާތްތަކުން ހަމަ އޭގެ ނަފާ އެންމެ ބޮޑަށް ލިބޭ ގޮތަށް ބޭސް ވިއްކަމުންދާނީ." 

ގީލާ ވިދާޅުވީ ރާއްޖެއަށް ބޭސް އެތެރެކުރާ ކުންފުނިތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި ރާއްޖޭގެ އާބާދީ ކުޑަކަމުން ގެންނަން ޖެހޭ ބޭހުގެ އަދަދު މަދުވުންވެސް ހިމެނޭ ކަމަށެވެ. 

އެކި ސަރަހައްދުތަކުން ސިއްހީ ހިދުމަތްތަކާއި ބޭސް ނުލިބޭކަމުގެ ޝަކުވާ ބޮޑުވެއްޖެ

އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ހިޔާލުފާޅު ކުރަމުންދާ މީހުން ބުނަމުން ދަނީ އެންމެ އަސާސީ ބައެއް ބޭސްތައް ބޭސް އެތެރެކުރާ އެސްޓީއޯގެ ފިހާރަތަކުން ވެސް ލިބެން ނުހުންނަ ކަމަށެވެ.

"ރާއްޖެއަށް ބޭނުންވާ ބޭހުގެ ނިސްބަތަކީ ކުޑަ މިންވަރެއް. އަޅުގަނޑުމެންގެ އާބާދީ ކުޑަވުމާއެކުގައި އެއީ ދުނިޔޭގެ އެހެން އާބާދީތަކަށް ބަލާއިރުގައި ވަރަށް ކުޑަ މިންވަރެއް އެންޓިޓީއެއް ބަލާއިރުގައި. އެހެންވީމަ އެއީވެސް ވަރަށް ބޮޑު ގޮންޖެހުމެއް ބޭސް ވިޔަފާރިއެއްގެ ގޮތުގައި ކުރަމުންދާ ފަރާތްތަކަށް، އެ ފަރާތްތަކުން ރާއްޖެއަށް އެ އަދަދު އެ ކުޑަ މިންވަރަށް ބޭސް ފޯރުކޮށްދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.  

މީގެއިތުރުން ރާއްޖެއަށް އެތެރެކުރާ ބޭސް ބޮޑު އަގުގައި ވިއްކަމުންދާ މައްސަލައިގައި އާސަންދަ އިން ކުރަމުންދާ މަސައްކަތުގެ ދަށުން ބޭސް ވިއްކޭނެ އެންމެ ކުޑަ އަގު ކަނޑައެޅުމަށް މަސައްކަތް ހިމެނޭ ކަމަށް ގީލާ ވިދާޅުވި އެވެ. 

'ބޭހުގެ އަގު، އޭގެ ޕްރޮފިޓް މާޖިން ވަރަށް ބޮޑަށް މަތިކޮށް ބޭސް ވިއްކުން ހުއްޓުވުމަށްޓަކައި އާސަންދައިން މަސައްކަތްތަކެއް ކުރަމުން އެބަ ގެންދޭ. އޭގެ މިނިމަމް ރީޓެއިލް ޕްރައިޒްއެއް ކަނޑައަޅައި، އެ ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި. ރައްޔިތުން އަތުންދާ ފައިސާ ނޫން ނަމަވެސް، ދައުލަތުން ރައްޔިތެއްގެ މައްޗަށް ކުރާ ހަރަދެއްގެ ގޮތުގައި އެ ފައިސާ ހަރަދުކުރާ ކަމަށްވަންޏާމުން، އެހެން ހިދުމަތްތަކަށް ކަނޑައެޅިފައި އޮންނަ ފައިސާއެއް ބޭނުން ކުރެވިގެން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.  

ރާއްޖެއަށް ބޭނުންވާ ބޭހުގެ 30 ޕަސަންޓު މިވަގުތު އެތެރެކުރަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިންނެވެ. ބާކީ 70 ޕަސަންޓު ބޭސް ރާއްޖެއަށް އެތެރެކުރަނީ އަމިއްލަ ކުންފުނިތަކުންނެވެ. 

ބޭސް ނުލިބުމުގެ ޝަކުވާ ބޮޑަސް، މިނިސްޓަރު ވިދާޅުވީ އެކަން ހައްލުވަމުންދާ ކަމަށް

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ ބޭސް ލިބުމުގެ ދަތި ހައްލުކުރުމަށް އެޅި ގިނަ ފިޔަވަޅުތަކުން ލުއިތަކެއް ލިބެމުންދާ ކަމަށް.

މިގޮތުން ރާއްޖެއަށް ބޭސް ލިބުމުގައި ދިމަވާ ދަތިތައް ހައްލުކުރުމަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން މެދުވެރިކޮށް ބޭސްތަކެއް މިހާރު ވަނީ ގެނެސްފަ އެވެ. އޭގެއިތުރުން އަވަށްޓެރި ގައުމުތަކާއިއެކު މަސައްކަތްކޮށް އިތުރު ބޭސްތައް ގެނައުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. 

ގީލާ ވިދާޅުވީ މިހާރު ކުރެވޭ މަސައްކަތްތަކުގެ ދަށުން ބޭސް ގެނައުމުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް،  ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ވަރަށް ބޭސް ފޯރުކޮށްދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. 

ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޔޫރަޕުން ބޭސް ގެނައުމަށްވުރެ މުހިންމީ، ކޮންމެ ގައުމަކުން ނަމަވެސް ކޮލިޓީ ބޭސް އެތެރެ ކުރުން ކަމަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިދިޔަ މާޗު މަހު ވިދާޅުވި އެވެ. އަދި ބޭސް ނުލިބުމުގެ ޝަކުވާ ކިތަންމެ ބޮޑަސް، އެ މައްސަލަ ހައްލުވަމުންދާ ކަމަށް މިދިޔަ ޖެނުއަރީ މަހު ނާޒިމް ވިދާޅުވި އެވެ. 

ރާއްޖޭގައި 445 ފާމަސީއެއް މިދިޔަ އަހަރުގެ ނިިޔަލަށް އޮޕަރޭޓް ކުރަމުންދިޔަ އެވެ. އޭގެ ތެރެއިން 170 ފާމަސީ މާލޭގައި އޮޕަރޭޓްކުރާއިރު، އަތޮޅު ތެރޭގައި އޮޕަރޭޓުކުރަނީ 270 ފާމަސީ އެވެ.

ރާއްޖޭގައި މުޅި އަލަށް ވިއްކަން މިދިޔަ އަހަރު 594 ބޭހެއް ރަޖިސްޓްރީކުރަން ހުށަހެޅިއިރު، އޭގެތެރެއިން 363 ބޭހެއް ވިއްކުމަށް ހުއްދަ ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox