ނުރައްކާތެރި ހަންޓާވައިރަސް ފެތުރުނު ބޯޓު ސްޕެއިންގައި ބަނދަރުކޮށްފި

May 10, 2026, 11:35 AM
ގްރަނަޑިލާ ޑި އަބޯނާ ބަނދަރުގައި އޮތް އެމްވީ ހޮންޑިއަސް ކްރޫޒް ލައިނަރު ކައިރީގައި ފުލުހުންގެ ބޯޓެއް ހަރަކާތްތެރިވަނީ. -- ފޮޓޯ: ރޮއިޓާސް

ގްރަނަޑިލާ ޑި އަބޯނާ ބަނދަރުގައި އޮތް އެމްވީ ހޮންޑިއަސް ކްރޫޒް ލައިނަރު ކައިރީގައި ފުލުހުންގެ ބޯޓެއް ހަރަކާތްތެރިވަނީ. -- ފޮޓޯ: ރޮއިޓާސް

ނުރައްކާތެރި ހަންޓާވައިރަސް ފެތުރި، މީހުން މަރުވި ލަގްޒަރީ ކްރޫޒް ޝިޕް، ޓެނެރީފްގެ ޕޯޓް އޮފް ގްރަނަޑިއްލާ ސަރަހައްދަށް އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބަނދަރުކޮށްފި އެވެ.

މި ބޯޓު އެ ސަރަހައްދުގައި ބަނދަރުކުރީ ބޯޓުގައި ތިބި ފަސިންޖަރުންނާއި ބައެއް ފަޅުވެރިން ބޭލުމުގެ މަސައްކަތް ކުރުމަށެވެ.

ސްޕެއިންގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ބޯޓުން ބާލާ ފަސިންޖަރުންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ. ނަމަވެސް، އެ މީހުންގެ ހަށިގަނޑުގައި ބަލި ހުރިތޯ ބެލުމަށް ސްޕެއިންގެ ސިއްހީ އިދާރާތަކުން ޓެސްޓުތައް ހަދާނެ ކަމަށާއި، އެއަށްފަހު ކުދި ބޯޓުފަހަރުގައި އެ މީހުން އެއްގަމަށް އުފުލާނެ ކަމަށް އޮފިޝަލުން މައުލޫމާތު ދެއްވަ އެވެ.

Advertisement

އެއްގަމަށް ބާލާ ފަސިންޖަރުން، ބޭރުގެ މާހައުލަށް ހުށަނޭޅޭ ގޮތަށް ބަންދުކޮށްފައިވާ ބަސްތަކެއްގައި، 10 މިނެޓު ދުރުގައި އޮންނަ އެ ރަށުގެ މައި އެއާޕޯޓަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެއަށްފަހު، އެ މީހުން އެނބުރި ގައުމުތަކަށް ދިއުމަށް ހަމަޖެހިފައިވާ ފްލައިޓްތަކަށް އަރާނެ އެވެ.

ޔޫރަޕްގެ ޕަބްލިކް ހެލްތު އެޖެންސީން ހޮނިހިރު ދުވަހުގެ ރޭ ނެރުނު ސައިންޓިފިކް ލަފާގައި ބުނެފައިވަނީ، "އެމްވީ ހޮންޑިއަސް" ނަމަކަށް ކިޔާ މި ލަގްޒަރީ ކްރޫޒް ޝިޕްގައި ތިބި ހުރިހާ ފަސިންޖަރުންނަކީ ވެސް ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު (ހައި ރިސްކް) ބައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށެވެ.

އޮފިޝަލުން ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި، ބޯޓުން އެންމެ ފުރަތަމަ ބާލާނީ ސްޕެއިންގެ ރައްޔިތުންނެވެ. އެއަށްފަހު އެހެން ގައުމުތަކުގެ މީހުން ގްރޫޕްތަކަށް ބަހާލައިގެން ބާލާނެ އެވެ. ބޯޓުގެ ފަޅުވެރިންގެ ތެރެއިން 30 މީހަކު ބޯޓުގައި މަޑުކުރާނެ ކަމަށާއި، އެ މީހުން ބޯޓާއެކު ނެދަލޭންޑްސްއަށް ދިއުމުން ބޯޓު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެ އެވެ.

މި ބޯޓު ސްޕެއިންއަށް ދިއުމަށް ކޭޕް ވާޑްގެ އައްސޭރިން ފުރާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އެއީ ބޯޓުން ހަންޓާވައިރަސް ފެނުމާ ގުޅިގެން، ފަސިންޖަރުން ބޭލުމުގެ ކަންކަން ބެލެހެއްޓުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ސްޕެއިންގެ ކިބައިން އެދުމުންނެވެ.

ބޯޓު ބަނދަރުކުރުމުގެ ކަންކަން ވިލަރެސްކުރެއްވުމަށްޓަކައި، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ހޮނިހިރު ދުވަހުގެ ރޭ ވަނީ ކެނޭރީ އައިލެންޑްސްގެ ޓެނެރީފަށް ވަޑައިގެންފަ އެވެ. އޭނާގެ އަރިހުގައި ސްޕެއިންގެ އިންޓީރިއާ މިނިސްޓަރާއި، ހެލްތު މިނިސްޓަރުގެ އިތުރުން މިނިސްޓަރ ފޯ ޓެރިޓޯރިއަލް ޕޮލިސީ ބައިވެރިވެވަޑައިގެންނެވި އެވެ.

ޑަބްލިއުއެޗްއޯއިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، މި ބަލީގައި މިހާތަނަށް އަށް މީހަކަށް އަސަރުކޮށްފައި ވާއިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ނެދަލޭންޑްސްގެ ދެމަފިރިއަކާއި ޖަރުމަނުވިލާތުގެ ރައްޔިތެކެވެ. މީގެ ތެރެއިން ހަ މީހަކަށް ވައިރަސް ޖެހިފައިވާކަން ޔަގީންކުރެވިފައިވާއިރު، އަނެއް ދެ މީހުންނަކީ ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުން ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

ހަންޓާވައިރަސް އާންމުކޮށް ފެތުރެނީ މީދަލުގެ ޒަރީއާއިން ކަމަށްވީ ނަމަވެސް، ވަރަށް މަދު ހާލަތްތަކެއްގައި އެކަކު އަނެކެއްގެ ގަޔަށް މި ބަލި އަރާފާނެ އެވެ. ޑަބްލިއުއެޗްއޯއިން ބުނި ގޮތުގައި މުޅި ދުނިޔެއަށް މި ބަލީގެ ނުރައްކާ އޮތީ ކުޑަކޮށް ނަމަވެސް، ބޯޓުގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިންނަށް މި ބަލީގެ ނުރައްކާ އޮތީ މެދު މިންވަރަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox