ޕީއެންސީގެ ގިނަ މެންބަރުން ނުދާތީ ކޯރަމް ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާއެއް ނުފެށުނު

May 13, 2026, 10:03 AM
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށަން ބޭނުންވާ ގާނޫނީ އަދަދަށް މެންބަރުން ހަމަނުވެގެން މިއަދުގެ ޖަލްސާއެއް ނުފެށުނެވެ. 

މިއަދު ރިޔާސަތު ބަލަހައްޓަވާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ކޯރަމް ބެލް ޖެހުމުން ވެސް މެންބަރުން ހަމަނުވާތީ 10:00 ޖަހާއިރު ޖަލްސާ ފަށަން މަސައްކަތް ކުރައްވާނެ ކަމަށެވެ. 

"މިއަދު މަޖިލީހުގެ ޖަލްސާ ފަށަން ބެލިއިރު ކޯރަމް ހަމަނުވާތީ، ކޯރަމް ރަނގަބީލު ޖެހީމާ ވެސް ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ފެށުން 10:00 ޖަހާއިރަށް ފަސް ކުރަން،" ނާޒިމް ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ކޯރަމަކީ މެންބަރުންގެ 25 ޕަސެންޓެވެ. މިހާރު 92 މެންބަރުން ތިބުމުން ކޯރަމް ހަމަވާނީ 23 މެންބަރުން ޖަލްސާއަށް ހާޒިރުވުމުންނެވެ. 

މަޖިލީހުގެ ކޯރަމް މިއަދު ހަމަނުވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ގިނަ އަދަދެއްގެ މެންބަރުން މަޖިލީހަށް ހާޒިރުނުވުމުންނެވެ. ޕީއެންސީގެ މެންބަރުން މަޖިލީހަށް ހާޒިރުނުވިއިރު، މިއަދު ރިޔާސަތު ބަލަހައްޓަވާ ނާޒިމް ވަނީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްފަ އެވެ. 

ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްލީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އޭނާ އެ ގްރޫޕުން ބޭރުކޮށްލި ސަބަބެއް އަދި ނޭނގެ އެވެ. ނާޒިމްއަށް ނުގުޅޭތީ އޭނާގެ ކޮމެންޓެއް އަދި ނުލިބެ އެވެ. 

ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްލިއިރު، މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ އިން އޭނާ ވަނީ މިދިޔަ އޭޕްރީލް 21، ގައި ވަކިކޮށްފަ އެވެ. އެއީ ސްޓޭޓް އޯންޑް އެންޓަޕްރައިޒާސް ކޮމިޓީ އާއި ގައުމީ ސަލާމަތާ ގުޅޭ ކޮމިޓީ އެވެ. 

އޭގެ ފަހުން، ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުން ނާޒިމްގެ ބޮޑު ރިޕޯޓެއް ވަނީ ތައްޔާރުކޮށްފަ އެވެ. ތަފާތު ދެ މަސްދަރަކުން މި ނޫހަށް އެކަން ވަނީ ކަށަވަރުވެފަ އެވެ. 

ނާޒިމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ކޮބައިކަމެއް އަދި މި ނޫހަކަށް ނޭނގެ އެވެ. އެކަމަކު، މަސްދަރުތަކުން ބުނީ ނާޒިމްގެ މައްޗަށް ފުލުހުން ކުރަނީ ވަރަށް ސީރިއަސް ޖިނާއީ ތުހުމަތުތަކެއް ކަމަށެވެ. 

މަޖިލީހުގެ ނައިބު ރައީސް ނާޒިމްއަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ސިޔާސީ ބޭފުޅާ އެވެ. މީގެ ކުރިން 2009 އިން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ވެސް މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ނާޒިމް ހުންނެވި އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު ވެސް ނާޒިމް ވަރަށް ގާތުން މަސައްކަތް ކުރެއްވި އެވެ. ޔާމީންގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ޕީޕަލްސް އެލަޔަންސްގެ އިސް ރޯލުތަކެއް ވެސް ނާޒިމް އަދާ ކުރެއްވި އެވެ. 

ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ޖެހުނު ސިޔާސީ މައްސަލައެއްގައި 2015 ވަނަ އަހަރު މަކަރާއި ހީލަތުގެ ކުށް ސާބިތުކޮށް އޭނާ 25 އަހަރަށް ޖަލަށްލި އެވެ. ހަމަ އެ އަހަރު، ބޭސްފަރުވާ ކުރުމުގެ ހުއްދައެއްގެ ދަށުން ސިންގަޕޫރަށް ފުރާވަޑައިގަތުމަށްފަހު އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތް އޭނާ ހޯއްދެވި އެވެ. 

ނާޒިމް އެނބުރި ދިވެހިރާއްޖެއަށް ވަޑައިގަތީ އޭނާގެ މައްޗަށް ކޮށްފައި އޮތް ހުކުމް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ބާތިލް ކުރުމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox