ދައުރު' ނޫހުގެ ރިޕޯޓަކުން އަބުރަށް އުނިކަން ލިބުނު ކަމަށް ބުނެ މެންބަރު އަޒާން ކޯޓަށް!

މެންބަރު އަޒާން އާއި ރައީސް މުހައްމަދު މުއިއްޒު: އަޒާން ކޯޓަށް ދިޔައީ ތަޖުރިބާކާރު ނޫސްވެރިޔާ މޫސާ ލަތީފާއެކު -- ފޮޓޯ: އަދަދު ފައިލް

މެންބަރު އަޒާން އާއި ރައީސް މުހައްމަދު މުއިއްޒު: އަޒާން ކޯޓަށް ދިޔައީ ތަޖުރިބާކާރު ނޫސްވެރިޔާ މޫސާ ލަތީފާއެކު -- ފޮޓޯ: އަދަދު ފައިލް

އޮންލައިން ނޫސް 'ދައުރު' ގައި ޝާއިއުކުރި ލިޔުމަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާންގެ ފަރާތުން އެ ނޫހުގެ އެޑިޓަރު މޫސާ ލަތީފާއި އެ ނޫސް ހިންގާ ކުންފުނި ކަމަށްވާ 'ނެކްސްޓް މީޑިއާ ގްރޫޕް' އާ ދެކޮޅަށް އަބުރުގެ ދައުވާ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

މަޖިލީހަށް އިންތިހާބުވުމުގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަޒާން މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު 'ދައުރު' ނޫހުގައި ޝާއިއުކުރި "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ" މި ސުރުހީގެ ދަށުން ލިޔެފައިވާ ރިޕޯޓަކާ ގުޅިގެންނެވެ. އަޒާންގެ ފަރާތުން ކޯޓުގައި އެދިފައިވަނީ އެ ލިޔުމުގެ ސަބަބުން އޭނާގެ އަބުރަށް އުނިކަން ލިބިފައިވާ ކަމަށް ކަނޑައަޅައިދީ، އެކަމުގެ ބަދަލު ނަގައިދިނުމަށެވެ.

މި މައްސަލާގައި އަޒާން އެދިވަޑައިގެންފައިވަނީ އެ ލިޔުމަކީ އޭނާގެ އަބުރަށް އަރައިގަނެފައިވާ ލިޔުމެއް ކަމަށް ކަނޑައަޅައި، އެ ލިޔުން ނޫހުން ޑިލީޓު ކުރުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރުކޮށްދިނުމަށެވެ. މީގެ އިތުރުން، އަބުރާ ބެހުމުގެ ސަބަބުން ލިބުނު މައުނަވީ ގެެއްލުމުގެ ބަދަލެއްގެ ގޮތުގައި 5،000 ރުފިޔާ އާއި، ގާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ހޭދަވި 28،670 ރުފިޔާގެ އިތުރުން މައްސަލަ ރެޖިސްޓްރީ ކުރުމަށް ދެއްކި ފީ ވެސް ނަގައިދިނުމަށް ވަނީ އެދިފަ އެވެ.

ހަމައެއާއެކު، މި މައްސަލަ ކޯޓުން ބަލައި ނިމެންދެން ވަގުތީ ފިޔަވަޅެއްގެ ގޮތުން، އެ ލިޔުން އާންމުންނަށް ނުފެންނާނެހެން ހެދުމުގެ އަމުރަކަށް ވެސް އަޒާންގެ ފަރާތުން ވަނީ އެދިފަ އެވެ.

ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފަކީ 1989 ވަނަ އަހަރު، އޭރުގެ 'ހަވީރު' ނޫހުން ނޫސްވެރިކަމުގެ މަސައްކަތް ފެށްޓެވި ގޮތަށް މިއަދާ ޖެހެންދެން ވެސް ނޫސްވެރިކަމުގެ މަސައްކަތުގައި ދެމިހުންނެވި، ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. 'ހަވީރު' ނޫހުގެ އެކި ފަންތީގައި މަސައްކަތްކުރައްވައި، އެ ނޫހުގެ އެޑިޓަރު ކަމުގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ. 'ދައުރު' އުފައްދަން މަގާމުން އިސްތިއުފާ ދިނުމާ ހަމައަށް އޭނާ ހުރީ 'މިހާރު' ނޫހުގެ އެޑިޓަރު ކަމުގެ މަގާމުގަ އެވެ.

ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެންބަރު އަޒާންގެ ފަރާތުން މި ދައުވާ އުފުލިއިރު، 'އަދަދު' ގެނެސްދިން ޑޮކިއުމަންޓްރީއެއްގެ މައްސަލައިގައި ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި، އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާއެއް ވަނީ އުފުލިފަ އެވެ. އަދި އެ މައްސަލައިގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައި އަދަދު ނޫސްވެރިންކަމަށްވާ ޝަހުޒާން އަދި ލީވާން ޖަލަށް ލުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމެއް ކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox