އެފްއޭއެމް އިން ރީޖަން ލީގު ޓީމުތަކަށް 1.4 މިލިއަން ރުފިޔާ ދޭނެ

May 13, 2026, 6:01 PM
އެފްއޭއެމް ރީޖަން ލީގު 2026 ގައި، ހދ. ހަނިމާދޫ އާއި ބ. އޭދަފުށި ކުުޅުނު މެޗުގެ ތެެރެއިން.---- ފޮޓޯ: ޓީމު ހަނިމާދޫ / ފޭސްބުކް

އެފްއޭއެމް ރީޖަން ލީގު 2026 ގައި، ހދ. ހަނިމާދޫ އާއި ބ. އޭދަފުށި ކުުޅުނު މެޗުގެ ތެެރެއިން.---- ފޮޓޯ: ޓީމު ހަނިމާދޫ / ފޭސްބުކް

އެފްއޭއެމް އިން މިހާރު ކުރިއަށްގެންދާ ރީޖަން ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް ދޭ ދަތުރުފަތުރު ކުރުމުގެ ހަރަދަށް އިތުރު 30،000 ރުފިޔާ ދޭން ނިންމުމާ އެކު، ޖުމްލަ އެކު، ހުރިހާ ޓީމަކަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދޭ ފައިސާގެ އަދަދު 1.4 މިލިއަން ރުފިޔާ އަށް އަރައިފި އެވެ. 

އެޓޯލް ޗެމްޕިއަންޝިޕަށް ފީފާ އިން 266،000 ޑޮލަރު (4.1 މިލިއަން ރުފިޔާ)ގެ އެހީއެއް ދޭ ގޮތަށް ހަމަޖެއްސީ، މިދިޔަ އޮކްޓޫބަރު މަހު ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ރާއްޖެ އަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.

އެފްއޭއެމް އިން އެޓޯލް ޗެމްޕިއަންޝިޕްގެ ފޯމެޓް ރާވާފައިވާ ގޮތަކީ ފީފާ ފޯވާޑްގެ ރުހުން ލިބިފައިވާ އޮނިގަނޑެކެވެ. އެ ފޯމެޓަށް މުބާރާތް ފަށައި، މިހާރު ކުރިއަށްދަނީ ރީޖަން ލީގުގެ މެޗުތަކެވެ. 

އެފްއޭއެމް އަތޮޅު މުބާރާތަށް ފީފާ އިން 4.1 މިލިއަން ރުފިޔާގެ އެހީއެއް

އަންނަ މަހު އެއް ވަނަ ދުވަހު ފަށާ އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕަށް ފީފާ އިން 266،000 ޑޮލަރު (4.1 މިލިއަން ރުފިޔާ)ގެ އެހީއެއް ދޭން ނިންމާފައިވާ ކަމަށް ފީފާ އިން ވަނީ ބުނެފައި.

ރީޖަން ލީގުގައި ކުޅޭ 12 ޓީމަށް ފީފާ އިން ދޭ ފައިސާ އިން އެފްއޭއެމް އިން ފުރަތަމަ ދޭން ނިންމީ ޓީމަކަށް، 90،000 ރުފިޔާގެ މަގުންނެވެ. އޭގެ އަށް، އިތުރު 30،000 ރުފިޔާ އިތުރު ކުރަން އެފްއޭއެމްގެ ހިންގާ ކޮމިޓީން މިއަދު ނިންމީ، ދަތުރުފަތުރުގެ ހަރަދު ބޮޑުވުމާ އެކު، އެހީތެރިކަމެއް ދިނުމުގެ ގޮތުންނެވެ. އެއާ އެކު، ކޮންމެ ޓީމަކަށް، ލިބޭ ފައިސާގެ ޖުމްލަ އަދަދު، 1،20،000 ރުފިޔާ އަށް ވަނީ އަރައިފަ އެވެ. އެހެން ކަމުން، ތިން ރީޖަންގައި ކުޅޭ ޖުމްލަ 12 ޓީމަށް މާލީ އެހީގެ ގޮތުގައި ފީފާ އިން ކުރާ ހޭދަ 1.4 މިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. 

ނޯތު ރީޖަން ލީގުގެ ޓީމުތައް: ހއ. ދިއްދޫ، ހދ. ހަނިމާދޫ، ނ. މަނަދޫ. ބ. އޭދަފުށި

ސެންޓްރަލް ޒީޖަން ލީގުގެ ޓީމުތައް: ކ. ހުރާ، އދ. މަހިބަދޫ، ދ. މީދޫ، ދ. ކުޑަހުވަދޫ

ސައުތު ރީޖަން ލީގުގެ ޓީމުތައް: ލ. ގަން، ލ. ކުނަހަންދޫ، ގދ. ގައްދޫ، ސ. ފޭދޫ

މާލެ ރީޖަން ލީގަކީ، މިހާރު ކުރިއަށްދާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތެވެ. 

ރީޖަން ލީގުގެ މެޗުތައް ކުޅެނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.  ކޮންމެ ރީޖަން ލީގެއްގެ ޗެމްޕިއަން ޓީމަށް ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުން ޖާގަ ލިބޭނެ އެވެ.

ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ކުޅޭނީ ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން، ސައުތު ރީޖަން ލީގުގެ ޗެމްޕިއަންގެ އިތުރުން ދެ ވަނަ ޑިިވިޝަން (މާލެ ރީޖަން)ގެ ޗެމްޕިއަންގެ އިތުރުން، ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ އަށް ދިޔަ، ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. 

ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގެ ގަދަ ހަތަރު ޓީމަށް، ދިވެހި ޕްރިމިއާ ލީގު 26/27 ސީޒަނުން ޖާގަ ލިބޭނެ އެވެ. 

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox