ވީއޭއާރް އަކީ ހަމައެއް އޮތް ކަމެއް ނޫން ކަމަށް ގާޑިއޯލާ ބުނެފި

May 13, 2026, 10:12 AM
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ.

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ.

މެންޗެސްޓާ (މެއި 13) - އިނގިރޭސި ފުޓްބޯޅައިގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގެ ކަންކަން ކުރިއަށްދާ ގޮތަކީ އެއްވެސް އިރެއްގައި އޭނާ އަށް ކަމުދިޔަ ކަމެއް ނޫން ކަމަށާއި އެއީ ހަމައެއް ވެސް ނެތް ގޮތަށް ހިނގާ ކަމެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. 

ގާޑިއޯލާ މިހެން ބުނެފައިވަނީ، މިދިޔަ އާދިއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން 1-0 އިން ކުރީގައި އޮއްވައި، ވެސްޓް ހޭމް ޔުނައިޓެޑުން  ފަހު ވަގުތު ލަނޑު ޖަހައި އެއްވަރުކުރިއިރު، އެ ގޯލު ބަލައިނުގަންނަން ވީއޭއާރް އިން ނިންމި ނިންމުމާ ގުޅޭގޮތުން އަމާޒުވި ސުވާލަށް ދިން ޖަވާބުގަ އެވެ. އެ މެޗުން، އާސެނަލް ބަލިވިނަމަ، މިރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް ބަލިކޮށް ސިޓީ އަށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަަނަ އަށަް ޖެހިލުމުގެ ފުރުސަތު އޮތެވެ. އެކަމަކު، އެ މެޗުން އާސެނަލް މޮޅުވުމުން، އެ ޓީމަށް ލީގު ހޯދުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. 

ގާޑިއޯލާ ބުނީ، އެފްއޭ ކަޕްގެ ފައިނަލުން 2024 އާއި 2025 ވަނަ އަހަރު ސިޓީ ބަލިވުމުގައި ވެސް ރެފްރީންގެ ނިންމުންތަކުގެ ދައުރެއް އޮތް ކަމަށެވެ. 

"އަހަރެމެން އެފްއޭ ކަޕްގެ ދެ ފައިނަލުން ބަލިވީ ވީއޭއާރްގެ އެހީ ބޭނުންކޮށްގެން ވެސް ރެފްރީން އެ މީހުންގެ ޒިންމާ އަދާނުކުރީމަ. އަަހަރެމެންނަށް އޮތް ޒިންމާ އަކީ ކަންކަން ވީއޭއާރްއާ ހަމައަށް ނުދާނެ ގޮތަކާ މެދު ވިސްނުން. އަހަރެން ދެކޭގޮތުގައި ވީއޭއާރަކީ ހަމައެއް އޮތް ކަމެއް ނޫން. އެއީ، އެ އަށް ބަރޯސާވެގެން ކަމެއް ވާނެ ކަމަށް ވިސްނައިފިނަމަ، ކަންކަން ނިމޭއިރު އަމިއްލަ ނަފްސު ގޯސްކުރެވޭ ހާލަތަކަށް ވެސް އެބަދޭ،" ގާޑިއޯލާ ބުންޏެވެ. 

ލީގުގެ ތާވަލު މި ވަގުތު ފެންނަން އޮތް ގޮތުން ސިޓީ އަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު ނެތް ކަަން ފާހަގަކޮށް ގާޑިއޯލާ ބުނީ، އެ ޓީމުގެ ވިސްނުމަކީ ފަހު ވަގުތާހަމައަށް ވެސް ރަނގަޅު ގޮތުގައި މަސައްކަތް ކުރުން ކަމަށެެވެ. 

"އަހަރެމެންނަށް ކުރެވޭނެ ކަަމަކީ އަމިއްލަ އަތްމަތީގައި އޮތް ކަންތައް ރަނގަޅު ގޮތުގައި ކުރިއަށްގެންދިއުން،" ގާޑިއޯލާ ބުންޏެވެ. 

ސިޓީ އާއި ޕެލަސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 00:00 ގައެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox