ރޮނާލްޑޯ، އިތުރު ފަރުވާ އަށް ސްޕެއިނަށް

Mar 7, 2026, 12:28 AM
ރޮނާލްޑޯ، އިތުރު ފަރުވާ އަށް ސްޕެއިނަށް

ރިޔާދު، ސައުދީ އަރަބިއްޔާ (މާޗް 7) - އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގީސް ފޯވާޑް، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކުރިމަތިވި އަނިޔާގެ މައްސަލަ ކުރިން ބެލެވުުނު ވަރަށް ވުރެން ސީރިއަސްވުމާ އެކު، އިތުރު ފަރުވާ އަށް ސްޕެއިނަށް ގޮސްފި އެެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ އަލް ނަސްރަށް މި ސީޒަނުގައި ކުޅެދިން 22 މެޗުން 21 ލަނޑު ޖަހައިފަ އެވެ. މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު، އަލް ނަސްރުން އަލް ފައިހާ ބަލިކުރި މެޗުގައި ރޮނާލްޑޯ ވަނީ ބަދަލުކޮށްފަ އެވެ. އެ މެޗުގައި ރޮނާލްޑޯ އަތުން ޕެނަލްޓީއެއް ވެސް ނާކާމިޔާބުވި އެވެ.

އަލް ނަސްރުގެ ކޯޗު ޖޯޖް ޖީސޫސް ބުނީ، ރޮނާލްޑޯ، އެ މެޗުގައި ބަދަލުކުރަން ޖެހުނީ މަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށެވެ. އަދި، މެޗަށް ފަހު، ހެދި ޓެސްޓްތަކުން އެނގުނު ގޮތުގައި، ރޮނާލްޑޯގެ އެ އަނިޔާގެ މައްސަލަ ހީކުރި ވަރަށް ވުރެން ސީރިއަސްވުމުން، އޭނާ ވެސް ބޭނުންވާތީވެ، މެޑްރިޑަށް އިތުރު ފަރުވާ ހޯދަން ދިޔައީ ކަމަށް ޖީސޫސް ބުނެފައިވެ އެވެ.

Advertisement

ފަސް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ ރޮނާލްޑޯ، މެޑްރިޑްގައި ފަރުވާ ހޯދާނީ އޭނާ އާންމުކޮށް ދައްކާ މެޑިކަލް ޓީމުގެ ފަރާތުންނެވެ.

ގައުމީ ޓީމާއި ކްލަބް ކެރިއަރުގައި މިހާތަނަށް 965 ލަނޑު ޖަހާފައިވާ ރޮނާލްޑޯ ވަނީ، ކެރިއަރުގައި 1000 ގޯލު ހަމަކުރުމަކީ އެންމެ ބޮޑު އަމާޒުކަމަށް ބުނެފަ އެވެ.

ޕޯޗުގަލް އިން މި މަހުގެ 29 ވަނަ ދުވަހު މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗަށާއި އަންނަ މަހު އެއް ވަނަ ދުވަހު އެމެރިކާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ނެގި ސްކޮޑުގައި ރޮނާލްޑޯ ހިމެނި ނަމަވެސް އެ މެޗުތަކުގައި އޭނާ ކުޅޭނެ ކަމުގެ ޔަގީންކަމެއް އަދި ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox