ރައީސް އޮފީހުގައި މަސައްކަތް ކުރި އަންހެން މުވައްޒަފަކަށް ރައީސް މުހައްމަދު މުއިއްޒު ޖިންސީ ފުރައްސާރަ ކުރި ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން ސުވާލުކުރުމުން، އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ބޭރުކޮށްލި މުހައްމަދު ޝަހުޒާނަށް ދިފާއުމަށް އެކަށީގެންވާ ފުރުސަތު ނުދީ ޖަލަށްލައިފި އެވެ.
ޝަހުޒާން ކޯޓަށް ހާޒިރުވާން އެންގީ އަދަދު ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓްރީ މައްސަލައިގައި އެ ކޯޓުން ނެރެފައިވާ އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.
އެ ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީ ދައުރުކުރުމާއި، އޭގައި ހުރި ވާހަކަތައް ނުސީދާ ގޮތުންނާއި ސީދާ ގޮތުން ދެއްކުން މަނާކޮށް ހުރިހާ ރައްޔިތުންގެ މައްޗަށް އަނގަބަންދުކުރުމުގެ އަމުރެއް ނުވަތަ ގެގް އޯޑަރެއް ނެރެފަ އެވެ.
އެ މައްސަލާގައި މިއަދު މެންދުރު 13:00 ގައި ޝަހުޒާން ކޯޓަށް ހާޒިރުވި އެވެ. އޭނާ އެދުނީ ވަކީލެއް ހަމަޖެއްސުމަށް އިތުރު މުއްދަތު ދިނުމަށެވެ. ނަމަވެސް، މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ބެންޗުން ނިންމީ ޝަހުޒާނަށް ވަކީލެއް އައްޔަނުކުރަން ދެ ގަޑިއިރު ދިނުމަށެވެ.
އެ މުއްދަތުގައި އޭނާއަށް ވަކީލެއް ލިބިފައިނުވާއިރު ކޯޓުން އަވަސް އަރުވާލައިގެން ހުކުމް ކުރީ ޝަހުޒާން 15 ގެ މުއްދަތަށް ޖަލަށްލުމަށެވެ.

އެ ކޯޓު އަމުރުގެ ހަބަރު ލިޔުނު އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް ވަނީޖަލާށްލާފަ އެވެ.












