މުއިއްޒު ޝަރީއަތަށް ހާޒިރުކޮށް، މަގާމުން ވަކިކުރަން އައްބާސް ގޮވާލައްވައިފި

May 12, 2026, 12:37 PM
މެމްބަރު އައްބާސް.

މެމްބަރު އައްބާސް.

ރައީސް މުހައްމަދު މުއިއްޒަށް ސީރިއަސް ތުހުމަތުތަކެއް އަމާޒުވެފައިވާ މި ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނު މަގާމުން ވަކިކޮށް، ވެރިކަން ހިންގުން ނައިބު ރައީސް ހުސެން މުހައްމަދު ލަތީފްއާ ހަވާލުކުރުން ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ. 

ސޯޝަލް މީޑިއާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓުތަކެއްގައި އައްބާސް ވަނީ މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމަނިކުފާނު ޝަރީއަތުގެ ކުރިމައްޗަށް ހާޒިރު ކުރަން ގޮވާލައްވައިފަ އެވެ. މިއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މެޖޯރިޓީ ޕާޓީއަށް މި ވަގުތު އެންމެ މޮޅު ގޮތަކީ އޭނާގެ މައްޗަށް ނޯ ކޮންފިޑެންސް ވޯޓެއް ނަގައި އޭނާ ޝަރީއަތުގެ ކުރި މައްޗަށް ހާޒިރުކުރުން! ދައުރުގެ ބާކީ ބައި ނައިބު ރައީސް އާ ވެރިކަން ކުރަން ހަވާލުކުރުން. މިކަން މިގޮތަށް ނުކޮށް މެޖޯރިޓީ ޕާޓީއަށް 2028 ކާމިޔާބެއް ނުވާނެ. އޭނާގެ ނޯ ކޮންފިޑެންސް ނެގުމަށް ފަހު ގާނޫނާ ހިލާފަށް އޭނާ ކޮށްފައިވާ މުޑުދާރު ކަންކަން ތަހުގީގުކޮށް އޭނާގެ މައްޗަށް މިހާރު ޝަރީޢަތް ހިންގީމަ ރައްޔިތުންނަށް ފެންނާނެ މެޖޯރިޓީ ޕާޓީން ޤާނޫނީ ވެރިކަން ދަމަހައްޓާކަން،" އައްބާސް ލިޔުއްވި އެވެ.

އޭގެ އިތުރުން މިދިޔަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ކައުންސިލްތަކުގެ އިންތިހާބާއި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ޕީއެންސީ ބަލިވީ މުއިއްޒަށް "ރައްޔިތުން އިތުބާރު ނުކުރާތީ" ކަމަށް ވެސް އައްބާސް ފާހަގަކުރެއްވި އެވެ. 

"އޭނާ ދޮގުހެދިލެއް ގިނަވުމުގެ ސަބަބުން ރިފަރެންޑަމު ވޯޓުން މެޖޯރިޓީ ޕާޓީ ބަލިވީ. މިހާރު މުޅި ޕާޓިން އެ އުޅެނީ ރައީސް އޮފީސް ތެރޭގައި އޭނާ އަންހެނަކާ މަންޖޯޅުވި ކަންތަކުން ސަލާމަތް ނުވެވިގެން. އޭނަ ބޭރު ކުރުމަކީ ގައުމަށް ވެސް އަދި މެޖޯރިޓީ ޕާޓީއަށް ވެސް އެންމެ މޮޅު ގޮތް. މީ މެޖޯރިޓީ ޕާޓީގެ ގިނަ މެންބަރުން މިހާރު ވިސްނަމުންދާ އަދި ގަބޫލު ކުރާ ގޮތް،" އައްބާސް އިތުރަށް ވިދާޅުވި އެވެ. 

އައްބާސް ކުރެއްވި އެހެން ޕޯސްޓެއްގައި ވިދާޅުވީ އަދަދު ނޫހުން އުފެއްދި "އައިޝާ" ޑޮކިޔުމެންޓްރީގައި މުއިއްޒަށް ސީރިއަސް ތުހުމަތުތަކެއް ކުރި އަންހެން މީހާއާއެކު އޭނާ ވާހަކަ ދައްކަން އިން ވަގުތު އެ އަންހެން މީހާއަށް މުއިއްޒު ފޯނުކުރި ކަމަށާއި "ހައި ބޭބީ" ކިޔާފައި ފަހުން މެސެޖު ކުރި ކަމަށެވެ. 

އެ ޑޮކިޔުމެންޓްރީގައި ވާހަކަދެއްކީ ރައީސް އޮފީހުގެ ވަޒީފާއެއްގައި ކުރިން ހުރި އަންހެނެކެވެ. އޭނާ ވަނީ ޖިންސީ ފުރައްސާރަ އާއި ކޮރަޕްޝަން ފަދަ އެތައް ސީރިއަސް ތުހުމަތުތަކެއް މުއިއްޒަށް ކޮށްފަ އެވެ. އެ ތުހުމަތުތަކުގެ ވާހަކަދެއްކުން މަނާކުރުމަށް ކޯޓުން މިދިޔަ އާދީއްތަ ދުވަހު މުޅި ރާއްޖޭގެ ރައްޔިތުންގެ މައްޗަށް އަމުރެއް ނެރުނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox