ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ސިންގަލްސް ތަށި ޒަޔާނާއި ނަބާ އަށް، މިކްސް ޑަބަލްސް ޗެމްޕިއަންކަން ނިބާލާއި ނަބީ އަށް

May 12, 2026, 11:59 PM
ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 ގެ އެކި އިވެންޓްތަކުން ޗެމްޕިއަންކަން ހޯދި ނަބާ، ނަބީ އަދި ޒަޔާން.---- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 ގެ އެކި އިވެންޓްތަކުން ޗެމްޕިއަންކަން ހޯދި ނަބާ، ނަބީ އަދި ޒަޔާން.---- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

މިއަދު ނިމުނު ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން، ރިވައިވަލް ސްޕޯޓްސް ކްލަަބްގެ ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާ (ނަބާ) ހޯދިއިރު، މިކްސް ޑަބަލްސް ޗެމްޕިއަންކަން، އައިމިނަތު ނަބީހާ (ނަބީ) އާއި ނިބާލް އަހުމަދު ހޯދައިފި އެވެ. 

އޯޕަން ޑްރޯގެ ފަސް ފައިނަލުގައި ވެސް ރިވައިވަލް އަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ ކުޅުންތެރިން ކުޅެފައިވެ އެވެ. 

ކުޅިވަރު އެކުވެނި އިންޑޯ ކޯޓުގައި މިއަދު ހަވީރު އެންމެ ފުރަތަމަ ކުޅެފައިވަނީ މިކްސް ޑަބަލްސް ފައިނަލެވެ. ތިން ސެޓަށް ދިޔަ މި މެޗުން، ރާއްޖޭގެ އެއް ވަަނަ މިކްސް ޑަބަލްސް ޕެއާ، ޒަޔާން އާއި ނަބާ ވަނީ ބަލިވެފަ އެވެ.

މިއީ، ފާއިތުވި އަށް ވަރަަކަށް އަހަރު ތެރޭ ގައުމީ ލެވަލްގެ މުބާރާތެއްގެ މިކްސް ޑަބަލްސް އިވެންޓަކުން ޒަޔާން އާއި ނަބާގެ ޕެއާ ބަލިވި ފުރަތަމަ ފަހަރެެވެ. މި މެޗުގެ ފުރަތަމަ ސެޓު، ޒަޔާން އާއި ނަބާގެ ޕެއާ އިން 12-15 އިން ގެންދިޔަ އެވެ. އެކަމަކު، ނަބީ އާއި ނިބާލްގެ ޕެއާ ވަނީ 15-12 އާއި 15-11 އިން ފަހު ދެ ސެޓު ގެންގޮސް މެޗުން މޮޅުވެފަ އެވެ. 

ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 ގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދި ނަބީ އާއި ނިބާލް.--- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)
ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 ގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދި ނަބީ އާއި ނިބާލް.--- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

ހަތް އަހަރު ކުރިން، 2019 ވަނަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފައިނަލުގައި ކުޅުނު ނިބާލް އާއި ޒަޔާން މި ފަހަރު ވެސް ވާދަކުރަން ޖެހުނުއިރު، ތިން ސެޓަށް ދިޔައިރު، ފަހު ސެޓުގައި އަނިޔާގެ މައްސަލަ ނިބާލަށް ވަރަށް ބޮޑަށް ދިމާވި އެވެ. މި މެޗުން ފުރަތަމަ ސެޓު ޒަޔާނަށް 15-11 އިން ލިބުނުއިރު، ނިބާލް 9-15 އިން ދެ ވަނަ ސެޓު ގެންދިޔަ އެވެ. ނަތީޖާ ނެރުނު ސެޓުގައި ނިބާލަށް އަނިޔާގެ މައްސަލަ ދިމާވިއިރު، ޒަޔާން ވަނީ ރަނގަޅު ހިތްވަރެއް ކޮށްފައި، 17-15 އިން ސެޓު ގެންގޮސް މެޗުން މޮޅުވެފަ އެވެ. 

އަންހެން ސިންގަލްސްގައި ނަބީ އާއި ނަބާގެ ކުރިމަތިލުމުގައި ކުރިހޯދީ ނަބާ އެވެ. އެއް ވަނަ އަށް ސީޑުކޮށްފައި އޮތް ނަބާ ސެޓުތައް ގެންދިޔައީ، 15-07، 18-16 އިންނެވެ. އަންހެން ޑަބަލްސް ޗެމްޕިއަނަކީ، ނަބީ އާއި ނަބާގެ ޕެއާ އެވެ. އެއީ، ފަސޭހަކަމާ އެކު، 15-2، 15-17 އިން އައިމިނަތު ނަސީމާ އާއި ބުސައިނާ އަހުމަދު ރިޒާ ބަލިކޮށްފަ އެވެ. 

ފިރިހެން ޑަބަލްސްގައި، ޒަޔާން އާއި ނިބާލްގެ ޕެއާ ކުޅެން އެރިއިރު ވެސް ނިބާލް ހުރީ އަނިޔާގަ އެވެ. ކުޅެވޭނެ ކަމުގެ ކުޑަ އުންމީދެއް އޮތުމުން، ނިބާލް ވެސް ބޭނުންވީ ހިތްވަރެއް ކުރުމަށެވެ. އެކަމަކު، އަހުމަދު ތޯއިފް މުހައްމަދު އާއި ރިއާޒް މުހައްމަދުގެ ޕެއާއާ އެކު ކުޅުނު މެޗު ފަށައިގެން، 4-3 އިން ޕޮއިންޓް އޮއްވައި، ނިބާލްގެ އަނިޔާ އިތުރަށް ގޯސްވެދާނެތީވެ، މެޗު ދޫކޮށްލަން ނިންމީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox