ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް: އަޖުފާން އަތުން މޮޅުވެ ނިބާލް ސެމީ އަށް

May 11, 2026, 7:17 AM
އިއްޔެ ކުޅުނު ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލް މެޗުގެ ތެރެއިން ނިބާލް.---

އިއްޔެ ކުޅުނު ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލް މެޗުގެ ތެރެއިން ނިބާލް.---

މިހާރު ކުރިއަށްދާ ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު ކުއާޓާ ފައިނަލުގެ ތެރެއިން، ދެ ގައުމީ ޗެމްޕިއަންގެ ކުރިމަތިލުމުގައި، މުހައްމަދު އަޖުފާން ރަޝީދު ބަލިކޮށް ނިބާލް އަހުމަދު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. 

ފިރިހެން ސިންގަލްސް ކުއާޓާ ފައިނަލުގައި، އަޖުފާނާ ދެކޮޅަށް ކުޅުނު މެޗުން ނިބާލް މޮޅުވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 15-11، 15-12 އިންނެވެ. މި ދެ ކުޅުންތެރިން އެންމެ ފަހުން ކުޅުނު މެޗުން ވެސް މޮޅުވީ ނިބާލް އެވެ. 

ސެމީ ފައިނަލުގައި ނިބާލް ކުޅެން ޖެހޭނީ އޭނާއާ އެކު ރިވައިވަލް ސްޕޯޓްސް އަށް ކުޅެމުން އަންނަ ހަަސަން ޒަޔާން މުހައްމަދުއާ ދެކޮޅަށެވެ. ހަސަން ޒަޔާން ސެމީ އަށް ދިޔައީ، ކުއާޓާގައި މުހައްމަދު ހިޝާމް ލަތީފް އަތުން 15-4، 15-11 އިން މޮޅުވެގެންނެވެ. 

ފިރިހެން ސިންގަލްސްގެ އަނެއް ސެމީގައި ވެސް އޮތީ ރިވައިވަލްގެ ކުރިމަތިލުމެކެވެ. ޒަޔާން ޒަކީ ނުކުންނާނީ ހައިޝަމް އިބްރާހިމް އަލީއާ ދެކޮޅަށެެވެ. ޒަޔާން ޒަކީ ވަނި ކުއާޓާ ފައިނަލުގައި އައްޔޫބު އަޒްހަރު މުހައްމަދު އަތުން 15-5، 15-5 އިން މޮޅުވެފަ އެވެ. އަދި، ހައިޝަމް ވަނީ އަހުމަދު އަޒާން އާދަމް ފައިސަލް އަތުން 15-6، 15-5 އިން މޮޅުވެފަ އެވެ. 

އަންހެން ސިންގަލްސް އަށް ބަލާއިރު، ރިވައިވަލްގެ ފާތިމަތު ނަބާހާ (ނަބާ) ވަނީ ކުއާޓާ ފައިނަލުގައި ލައިބާ އަހުމަދު މަހުލޫފް އަތުން 15-3، 15-4 އިން މޮޅުވެފަ އެވެ. ސެމީގައި ނަބާ ކުޅެން ޖެހެނީ ޔަލްވީ ހުސެއިން ޒުހުރީއާ އެވެ. އޭނާ ވަނީ، ކުއާާޓާ ފައިނަލުގަައި ކިޔާން އާދިލް މުހައްމަދު އަތުން 15-8، 15-12 އިން މޮޅުވެފަ އެވެ. އަނެއް ސެމި ފައިނަލުގައި އައިމިނަތު ނަބީހާ (ނަބީ) ކުޅޭނީ ޝުބާ މުހައްމަދު ޝަރީފްއާ އެވެ. ޝުބާ، ސެމީ ފައިނަލަށް ދިޔައީ، އައިމިނަތު އަމްނާ އަލީ އާމިރު އަތުން 13-15، 15-10 އަދި 15-12 އިން މޮޅުވެގެންނެވެ. 

އެހެން އިވެންޓްތަކުގެ ސެމީ ފައިނަލަށް ދަތުރުކުރި ކުޅުންްތެރިން/ޕެއާ ތަކަށް ބަލާއިރު، މިކްސް ޑަބަލްސް ފުރަތަމަ ސެމީ ފައިނަލުގަައި އަޖުފާން އާއި އައިޝަތު ޔޫހާ އަހުމަދުގެ ޕެއާ އިން ކުޅޭނީ ނިބާލް އާއި ނަބީގެ ޕެއާއާ ދެކޮޅަށެވެ. އަދި، ނަބާ އާއި ޒަޔާން ޒަކީގެ ޕެއާ ކުޅޭނީ ހިޝާމް އާއި ނަފްހާ ނަސްރުﷲގެ ޕެއާއާ އެވެ. 

އަންހެން ޑަބަލްސްްގެ ފުރަތަމަ ސެމީ ފައިނަލުގައި، ޔޫހާ އާއި އަމްނާގެ ޕެއާ އިން ކުޅޭނީ އައިމިނަތު ނަސީމާ އާއި ބުސައިނާ އަހުމަދު ރިޒާގެ ޕެއާއާ އެވެ. ދެ ވަނަ ސެމީ ފައިނަލުގައި ނަބާ އާއި ނަބީގެ ޕެއާ ނުކުންނާނީ، ފާތިމަތު އިމްތިޝާލް ސައުދުﷲ އާއި މަރިޔަމް ސަފާހަތުގެ ޕެއާއާ ދެކޮޅަށެވެ. 

ފިރިހެން ޑަބަލްސްގެ ސެމީ ފައިނަލު ފުރަތަމަ މެޗުގައި ޒަޔާން އާއި ނިބާލްގެ ޕެއާ އިން ކުޅެނީ ހަމްޒާ އަބްދުލް ރަހުމާން އާއި ޔޫސުފް ނިޔާޒްގެ ޕެއާއާ އެވެ. އަދި، ދެ ވަނަ ސެމީގައި ހައިޝަމް އާއި މުހައްމަދު ހަލަފް އިިމްރާންގެ ޕެއާ އިން ކުޅޭނީ އަހުމަދު ތޯއިފް މުހައްމަދު އާއި ރިއާޒް މުހައްމަދުގެ ޕެއާއާ އެވެ. 

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ފަށާނީ މިއަދު ހަވީރު 16:00 ގައި ކުޅިވަރު އެކުވެނި އިންޑޯ ކޯޓުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox