ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގައި ބައިވެރިވުމަށް ހުޅުވާލައިފި

Apr 21, 2026, 8:05 PM
ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގެ މިދިޔަ އަަހަރުގެ މުބާރާތުގެ ތެރެއިން،--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގެ މިދިޔަ އަަހަރުގެ މުބާރާތުގެ ތެރެއިން،--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ރިވައިވަލް ސްޕޯޓްސް އޭދަފުށިން ކުރިއަށްގެންދާ، ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 

މިއީ، ރިވަައިވަލް ސްޕޯޓްސް އޭަދަފުށްޓާއި ރިވައިވަލް ސްޕޯޓްސް އިން ގުޅިގެން މި މުބާރާތް ބާއްވާ ތިން ވަނަ ފަހަރެވެ. އަހަރަކަށް ފަހު އަހަރެއް ފޯރިގަދަވަމުން އަންނަ މި މުބާރާތް މި ފަހަރު ވެސް ކުރިއަށްދާނީ އޭދަފުށީ ޔޫތު ސެންޓަރުގަ އެވެ. އެއީ، އަންނަ މަހުގެ 22-25 ވަނަ ދުވަހުގެ ނިޔަލަށެވެ. 

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި އޮތީ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި، މުބާރާތުގައި ވާދަކުރެވޭނެ އެންމެ ދަށް އުމުރުފުރާ އަކީ، މި އަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ކުރިން، އުމުރުުން ހަ އަހަރު ފުރޭ ކުޅުންތެރިންނެވެ. މުބާރާތުގެ އެންޓްރީ ފީގެ ގޮތުގައި، ކޮންމެ ކުޅުންތެރިއަކު އަތުން، ސިންގަލްސް އަދި ޑަބަލްސް އިވެންޓް ވަކިން، 100 ރުފިޔާގެ ފީ އެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. 

މި ފަހަރުގެ މުބާރާތުގައި އިވެންޓްތައް ކުރިއަށްގެންދާނެ ކެޓަގަރީތަކެއް ކަނޑައަޅާފައިވާއިރު، އަންހެން އަދި ފިރިހެން ސިންގަލްސް ކެޓަގަރީ އޮންނާނީ، 9، 11، 13، 15، 17 އަދި 19 އަަހަރުން ދަށުގެ އުމުރުފުރާތަކަށެވެ. އަދި، ޑަބަލްސް އިވެންޓްސްތައް އޮންނާނީ، 11، 13، 15، 17 އަދި 19 އަަހަރުން ދަށުގެ އުމުރުފުރާ ތަކަށެވެ. 

މުބާރާތުގެ މެޗުތައް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ، ފެދާ ޝަޓްލްސް އިންނެވެ. މުބާރާތުގެ އިވެންޓްތަކުން ޗެމްޕިއަންކަން ހޯދާ ކުޅުންތެރިންނަށް ޓްރޮފީ އާއި މެޑަލް ދޭ ގޮތަށް ހަމަޖެހިފައިވާއިރު، ރަނަރަޕް އާއި ތިން ވަނަ އަށް ދާ ކުޅުންތެރިންނަށް ލިބޭނީ މެޑަލް އެވެ. 

ފާއިތުވި ދެ އަހަރުގެ ތަޖުރިބާ އަށް ބަލާއިރު، ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން އަކީ ކާމިޔާބު އިވެންޓެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ކުޅުންތެރިން މި މުބާރާތުގައި ވާދަކޮށްފައިވާއިރު، މި މުބާރާތުގައި ކުޅެ ކާމިޔާބު ހޯދި ކުޅުންތެރިން ގައުމީ ޖޫނިއާ ޓީމުން ވެސް ޖާގަ ހޯދާފައިވެ އެވެ. 

މި ފަަހަރުގެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މި ލިންކުން ޑައުންލޯޑް ކުރެވޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox