ޓޫރިޒަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް
ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން 500 މިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައިވާތީ، މަޓާޓޯ އާއި އެންއެޗްޖީއޭއެމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި މާލީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، މި ހާލަތުން އަރައިގަތުމަށް ލޯނުތައް ރީސްޓްރަކްޗާ ކުރުން ފަދަ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.