ވޯލްޑް ކަޕް ކުޅެން ދިއުމަށްޓަކައި އިރާނުން ފީފާ އަށް 10 ޝަރުތެއް

May 10, 2026, 7:02 PM
ވޯލްޑް ކަޕަށް އިރާނުން ޕްރެކްޓިސް ފެށިއިރު، ތުރުކީގައި ކުރިއަށްގެންދިޔަ ސެޝަންގެ ތެރެއިން މަހުދީ ތަރޭމީ މެއިން ބޯޅަ ކޮންޓްރޯލް ކުރަނީ،

ވޯލްޑް ކަޕަށް އިރާނުން ޕްރެކްޓިސް ފެށިއިރު، ތުރުކީގައި ކުރިއަށްގެންދިޔަ ސެޝަންގެ ތެރެއިން މަހުދީ ތަރޭމީ މެއިން ބޯޅަ ކޮންޓްރޯލް ކުރަނީ،

ތެހެރާން، އިރާން (މެއި 10) - އަންނަ މަހު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ފަށާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ކުޅެން ދިއުމަށް އިރާނުން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އަށް 10 ޝަރުތެއް ހުށަހަޅާފައިވާ ކަމަށް އިރާނާއި މެދުއިރުމަތީގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. 

ފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އިރާނުން މި ފަހަރު، ކެނަޑާ، މެކްސިކޯ އަދި އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގައި ކުޅޭނެ ކަމުގެ ޔަގީންކަން ދެއްވުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ފެބްރުއަރީ މަަހު، އެމެރިކާ އާއި އިޒްރޭލުން އިސްވެ، އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން އިރާނުގެ ސަރުކާރުން ވޯލްޑް ކަޕްގައި ނުކުޅޭނެކަމަށް ބުނެފައިވީ ނަމަވެސް، ފީފާ އިން ބުނަމުން އަންނަނީ އިރާން ވޯލްޑް ކަޕްގައިި ކުޅޭނެ ކަމަށެވެ. 

Advertisement

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އޮތް ފީފާގެ ކޮންގްރެސްގައި، އެ ފެޑެރޭޝަންގެ 211 ގައުމުގެ ތެރެއިން ބައިވެރިނުވެވުނީ އިރާންގެ އޮފިޝަލުންނަށް އެކަންޏެވެ. އިރާންގެ މީޑިއާއެއް ކަމަށްވާ ތަސްނީމް އިން ރިޕޯޓްކުރި ގޮތުގައި، އިރާންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، މެހެދީ ތާޖު ހިމެނޭހެން އިރާންގެ އޮފިޝަލުންނަށް ކެނަޑާ އަށް އެރުމުގެ ހުއްދަ ކެނަޑާ އިމިގްރޭޝަނުން ދީފައިނުވެ އެވެ. ކެނަޑާގެ ފޮރިން އެފެއާޒް މިނިސްޓަރު، އަނިޓާ އަނަންދު ވިދާޅުވީ، އިރާންގެ އޮފިޝަލުން ކެނަޑާ އަށް އެތެރެވުމަަށް ހުއްދަ ދެވޭނެ ހާލަތެއް ނެތް ކަމަށެެވެ.

އަހަރެމެންގެ ހޯސްޓަކީ ފީފާ، އެމެރިކާއެއް ނޫން: އިރާން އެފްއޭ

ފީފާ ވޯލްޑް ކަޕްގައި އިރާންގެ ހޯސްޓަކީ އެމެރިކާއެއް ނޫން ކަމަށާއި އެއީ ފީފާ ކަމަށް އިރާންގެ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް، މެހެދީ ތާޖު ވަނީ ވިދާޅުވެފައި. އޭނާ މިހެން ވިދާޅުވެފައިވަނީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އިރާނުން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭނެ ކަމުގެ ޔަގީންކަން ދެއްވުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން.

އިރާނުން އެމެރިކާ އަށް ވޯލްޑް ކަޕް ކުޅެން ދިއުމަށް 10 ޝަރުތެއް ހުށަހެޅީ އެ ގައުމުގެ ސަރުކާެރާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

އެ ގޮތުން މައިގަނޑު ފުރަތަމަ ޝަރުތަކީ، އިރާނުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ޓީމުގެ ސްޓާފުން ހިމެނޭހެން އެންމެނަށް ވިސާ ހަމަޖައްސައިދޭއިރު، އޭގެ ތެރޭގައި އިސްލާމިކް ރިވުލޫޝަނަރީ ގާޑް (އައިއާރްޖީސީ)އާ ގުޅުން އޮންނަ ފަރާތެއް ހިމެނުނަސް އެކަން ފުރިހަމަކޮށްދޭން ޖެހޭނެ އެވެ. ދެން، ކަނޑައަޅާފައިވާ ޝަރުތުތަކަކީ، އިރާނުގެ ޑެލިގޭޝަނަށް ފުރިހަމަ އިހުތިރާމް އަދާކުރުމާއި އިރާނަށް މަލާމަތް ރައްދުވާނެ ފަދަ ކަމެއް ނުކުރުމާއި އިރާންގެ ގައުމީ ސަލާމް މެޗުތަކުގައި ރަނގަޅަށް ޖެހުމާއި ހުރިހާ ވަގުތެއްގައި ފުރިހަމަ ސެކިއުރިޓީގެ އިންތިޒާމް ހަމަޖައްސައިދިނުމާއި އިރާނުގެ ސަރުކާރުން ގަބޫލުކުރާ އެ ގައުމުގެ ދިދަ ދަނޑަށް ވެއްދުމަށް އިންތިޒާމް ހަމަޖެއްސުމާއި ސިޔާސީ ހަމަނުޖެހުމުގެ ޝުއޫރުތައް މަނާކުރުމާއި އިރާނުގެ މިލިޓަރީގެ އިހުތިރާމް ގެއްލޭ ކަންކަމަށް ފުރުސަތު ނުދިނުމާއި ނޫސްވެރިން ސުވާލުކުރާއިރު ފުޓްބޯޅައިން ބޭރުގެ ކަންކަމަށް ފުރުސަތު ނުދިނުމާއި އިރާނު ރަމްޒުކޮށްދިނުމުގައި ރަސްމީ އުސޫލުތަކުގެ ތެރެއިން ކަންކަން ހަމަޖެއްސުން ހިމެނެ އެވެ. 

މީގެއިން ކަމެއް ފުރިހަަމަނުވެއްޖެނަމަ، މުބާރާތް ބޮއިކޮޓް ކުރާގޮތަށް އިރާނުން ނިންމާނެ ކަަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. 

މި މަހުގެ 20 ވަނަ ދުވަހު ސްވިޒަލެންޑުގެ ޒިއުރިކްގައި އިރާންގެ ފުޓްބޯޅަ އޮފިޝަލުންނާއި ފީފާ އިން ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު މުބާރާތް ފީފާ ވޯލްޑް ކަޕުގައި އިރާން އޮތީ ގްރޫޕް ޖީ ގަ އެވެ. އިރާނުގެ ހުރިހާ މެޗުތަކެއް ވެސް ކުޅެން ހަމަޖެހިފައި އޮތީ އެމެރިކާގަ އެވެ. އިރާނާއެކު އެ ގްރޫޕުގައި ދެން އޮތީ ބެލްޖިއަމް، އިޖިޕްޓް އަދި ނިއުޒީލެންޑެވެ. އިރާން ކުޅޭ ފުރަތަަމަ ދެ މެޗު އޮތީ ލޮސް އެންޖެލްސްގައި، ނިއު ޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ޖޫން 15 އާއި 21 ގަ އެވެ. އަދި، މިސްރާ ދެކޮޅަށް ކުޅެން އޮތް މެޗު، ޖޫން 26 ގައި ކުޅޭނީ ސިއޭޓަލްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox