ދޫނިދޫގައި ބަންދުކުރާ މީހުންނަށް ލާއިންސާނީ އަނިޔާ ދޭކަން އެޗްއާރްސީއެމްގެ ތަހުގީގަކުން ހާމަވެއްޖެ

އާާޓްވޯކް: އިސްމާއިލް އިމްދާދު

އާާޓްވޯކް: އިސްމާއިލް އިމްދާދު

ދޫނިދޫގައި ބަންދުކުރާ މީހުން އަމުރަށް ނުކިޔަމަންތެރިވުމުން ބިޑި އެޅުވުމަށްފަހު ކޮށްޓަކަށްލައި ލާއިންސާނީ އަދަބުދޭކަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ގެ އަހަރީ ރިޕޯޓުން ހާމަވެއްޖެ އެވެ. 

އެންޕީއެމް އިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ރިޕޯޓުގައިވާ ގޮތުން ދޫނިދޫގައި ތިބޭ ގައިދީން އެކަހެރިކޮށް، ބިޑިއަޅުވާފައި ބައިތިއްބަނީ ކަސްޓޯޑިއަލްގެ ހިނގާ ކަސްރަތުކުރާ ސަރަހައްދުގައި ހުންނަ ކޮއްޓެއްގަ އެވެ. އެ ކޮށި ބަހައްޓަނީ ހިޔާ ނުލިބޭ، އަވިބާރު ސަރަހައްދެއްގަ އެވެ. 

"މެންދުރު މިތަނަށް [ކޮއްޓަށް] ވަރަށް ހޫނުވާނެކަމާއި، ބައެއް ފަހަރު ބަންދު މީހުން އަތާ ފައިގައި ކްލިޕް ބިޑި އަޅުވައި މިތަނުގައި ކުނަލެއް މަތީ ގިނަ އިރުތަކެއް ބާއްވާކަން ފާހަގަކުރެވިފައިވޭ،" ރިޕޯޓުގައި ބުންޏެވެ. 

އެ ކޮށީގައި ބާއްވާ މީހުން ފާހާނާކުރުމާއި ނަމާދުކުރުމުގެ ފުރުސަތު ދޭނެ ކަމަށް ފުލުހުންގެ އޮފިސަރުން ބުނި ނަމަވެސް، އެކަން ސިސްޓަމުގައި ލޮގްކޮށްފައި ނުހުންނަކަން އެންޕީއެމްއަށް ފާހަގަކުރެވިފައިވެ އެވެ. 

"އެންޕީއެމްއިން ބެލި ބައެއް ހާދިސާ ރިޕޯޓުތަކުން، ބަންދުމީހުން ސާޗް ކުރަން އުޅުމުގެ ތެރޭގައި ބަންދުމީހަކު ޖަލު އޮފިސަރުންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، އޮފިސަރުގެ އަމުރަށް ނުކިޔަމަންތެރިވުމުން ބަންދުމީހާ އަތުގައި ބިޑި އަޅުވައި އެކަހެރިކޮށްފައިވާކަން ފާހަގަކުރެވޭ،" އެންޕީއެމްގެ ރިޕޯޓުގައި ބުންޏެވެ.

 ކިޔަމަންތެރިކުރުވުމަށް އަޅާ ފިޔަވަޅެއް ގޮތުން ވަގުތީ ގޮތުން ގޮޅިން ނެރުމުން ވެސް ނުކިޔަމަންތެރިކަން ދައްކައި، އޭނާ އާއި ޖަލު ބަލަހައްޓާ އޮފިސަރުންނަށް އަނިޔާއެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެފަދަ ގޮތަކަށް އަމަލުކުރާނަމަ، އޭނާގެ އަމަލުތަކުގެ މައްޗަށް ބަލައި އޭނާގެ އަމަލުތައް ހުއްޓެވޭނެފަދަ ގޮތަކަށް ގަވާއިދުގެ ދަށުން ބިޑި އެޅުވެ އެވެ. 

ނަމަވެސް އެގޮތަށް އެ މީހެއްގެ އަމަލުތައް ހުއްޓުވުމަށް ބޭނުންކުރުމަށް އެކަށީގެންވާ ބިޑިއެއް އެޅުވުމުގެ އިހުތިޔާރު އޮފިސަރުންނަށް ލިބިދެނީ ބަންދުމީހާ ނުކިޔަމަންތެރިކަން ދައްކައި، އޭނާ އާއި ޖަލު ބަލަހައްޓާ އޮފިސަރުންނަށް އަނިޔާއެއް ނުވަތަ ނުރައްކަލެއް ދިމާވެދާނެފަދަ ގޮތަކަށް އަމަލުކުރާނަމަ އެކަންޏެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި ގަވާއިދާ ހިލާފަށް މީހަކު އެކަހެރިކުރި

މީގެއިތުރުން އެންޕީއެމް އިން ބުނީ ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ކުރި ޒިޔާރަތުގައި، ސްޓޭޝަނުގައި ބަންދުގައި ހުރި މީހަކު ވަޔަލަންޓުވެ، ކާތަކެތި ހިފައިގެން އަންނަ ބިދޭސީ މީހާ ގައިގައި ޖެހުމުން، ބަންދުމީހާ ހަތް ދުވަހުގެ މުއްދަތަކަށް އެކަހެރިކޮށްފައިވާ ކަމަށެވެ.  

އޭނާ އަމުރަށް ނުކިޔަމަންތެރިވުމުން ފިޔަވަޅު އެޅުމުގެ ގޮތުން އިނާޔަތް ކަނޑާލި ކަމަށް ކަސްޓޯޑިއަލް ސިސްޓަމުގައި ލޮގުކުރި ނަމަވެސް، އޭނާ އެކަހެރި ކުރި ކަމަށް ލިޔެކިޔުމުން ރެކޯޑުކޮށްފައި ނެތެވެ. ނަމަވެސް ބަންދުމީހެއްގެ އިނާޔަތް ކަނޑާލުމުގެ ގޮތުން ބަންދު މީހަކު ހަތް ދުވަހުގެ މުއްދަތަކަށް އެކަހެރިކުރުމަށް ގަވާއިދުން ތަންނުދޭކަން އެންޕީއެމް އިން ފާހަގަކުރެ އެވެ.

ކަސްޓޯޑިއަލް ޖަލުގައި ހުންނަ މީހަކު ޖަލުގެ އުސޫލަކާ ނުވަތަ ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއްކޮށްފިނަމަ، ކަސްޓޯޑިއަލް ޖަލުން އެ މީހަކަށް ލިބޭ ބައެއް އިނާޔަތްތައް ނުދިނުމަށް ނުވަތަ ވަގުތީ ގޮތުން ހިފެހެއްޓުމަށް ނިންމިދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. 

މީގެއިތުރުން ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓާ (އެފްސީއެސްސީ) އަދި އަމާންވެށީގައި ބަލަހައްޓާ ކުދިންނަށް އަޅާ ފިޔަވަޅެއް ގޮތުން މަރުކަޒުގައި ހިންގާ ބައެއް ހަރަކާތްތަކުގައި ބައިވެރި ނުކުރާކަން ހާދިސާ ރިޕޯޓުތަކުން ފާހަގަކުރެވިފައިވާކަން އެންޕީއެމް އިން ބުންޏެވެ. 

ނަމަވެސް އެންޕީއެމް އިން ބުނީ ކުދިންނަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުދިން ބައިވެރި ނުކުރާ ހަރަކާތްތަކަކީ ކޮބައިކަން ހާދިސާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިނުވާ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox