ރަސްމީ ބައްދަލުވުމެއްގައި އެކުވެރިއަކާއި އަނބިކަނބަލުން ބައިވެރިނުކުރާ ކަމަށް ވިދާޅުވެ ޕްރިޒަންސް ކޮމިޝަނަރު ޒަރީރު ހެއްދެވީ ދޮގެއް

ޕްރިޒަންސް ކޮމިޝަނަރުކަމުގެ ފަތްކޮޅާ ޒަރީރު ހަވާލުވަނީ --- ފޮޓޯ: ރައީސް އޮފީސް

ޕްރިޒަންސް ކޮމިޝަނަރުކަމުގެ ފަތްކޮޅާ ޒަރީރު ހަވާލުވަނީ --- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރަސްމީ ބައްދަލުވުމެއްގައި އެކުވެރިއަކާއި އަނބިކަނބަލުން ބައިވެރިނުކުރައްވާ ކަމަށް ވިދާޅުވެ ޕްރިޒަންސް ކޮމިޝަނަރު، ހަސަން ޒަރީރު ހެއްދެވީ ދޮގެއްކަން ހާމަވެއްޖެ އެވެ.

ޒަރީރުގެ އަނބިކަނބަލުންނާއި ޒަރީރުގެ އެކުވެރިއެއް ކަމަށްވާ އަހުމަދު މުހައްމަދު، ސޫރަޖު، ދ. މީދޫ ބައިވެރިކޮށްފައި ވަނީ ނޮވެމްބަރު 2024 ގައި ތައިލެންޑަށް ކުރި ރަސްމީ ދަތުރެއްގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ދަތުރަކީ ތައިލެންޑުގެ ޑިޕާޓުމެންޓު އޮފް ކަރެކްޝަންސްގެ ދައުވަތަކަށް ޒަރީރު އާއި ރާއްޖޭގެ ޖަލުތަކުގެ އިސްވެރިން ކުރި ދަތުރެކެވެ.

ކަރެކްޝަންސްގެ ރަސްމީ ދަތުރެއްގައި ޒަރީރުގެ އަނބިކަނބަލުންނާއި އެކުވެރިއަކު ބައިވެރިކޮށްފި

ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު މިދިޔަ އަހަރު ތައިލެންޑަށް ކުރެއްވި ރަސްމީ ދަތުރެއްގައި، އޭނާގެ އަނބިކަނބަލުންނާއި އަމިއްލަ އެކުވެރިއަކު ބައިވެރިކޮށްފި. މި ދަތުރުގެ ރަސްމީ ބައްދަލުވުންތަކުގައި އެ ދެ ބޭފުޅުން ބައިވެރިވިކަން ފޮޓޯތަކުން އެނގެން އޮތް ނަމަވެސް، ޒަރީރު ވަނީ އެކަން ދޮގުކުރައްވައިފައި

ކަރެކްޝަންސްއިން ތައިލެންޑަށް ކުރި ދަތުރެއްގައި، ބޭއްވި ރަސްމީ ބައްދަލުވުމެއްގައި އަހުމަދު އާއި ޒަރީރުގެ އަނބިކަނބަލުން ބައިވެރިކޮށްފައި ވާނެތޯ ސުވާލުކުރުމުން ޒަރީރު ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.

"އަޅުގަނޑުމެން ޖެހޭނީ ބަލައިލަން އިނގޭތޯ؟ ރަސްމީ ދަތުރެއްގައި ނުހުންނާނެ އެއްވެސް ރަހުމަތްތެރިއަކު ބައިވެރިވެފަކާ ރަސްމީ ކަމެއްގައި އިނގޭތޯ؟،" ޒަރީރު ވިދާޅުވި އެވެ.

ޒަރީރު އެހެން ވިދާޅުވި ނަމަވެސް، އެއީ ހަގީގަތެއް ނެތް ވާހަކައެއްކަން މި ނޫހަށް ލިބުނު މައުލޫމާތުން އެނގެ އެވެ. ޒަރީރުގެ އަނބިކަނބަލުންނާއި އަހުމަދު، ކަރެކްޝަންސްގެ އިސްވެރިންތަކަކާއެކު ތައިލެންޑުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ މައުލޫމާތު، ތައިލެންޑުގެ ޗިއަންގްމައި ސެންޓްރަލް ޕްރިޒަންއިން ސޯޝަލްމީޑިއާގައި ޕޯސްޓުކޮށްފައިވެ އެވެ. މި ނޫހަށް ލިބުނު ފޮޓޯގެ އިތުރުން، ބައެއް އެހެން ފޮޓޯތައް ވެސް އެ ޕޯސްޓުގައި ހިމެނެ އެވެ.

މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން 2024 ގައި ކުރި ރަސްމީ ދަތުރެއްގެ ތެރެއިން، ތައިލެންޑުގެ ޖަސްޓިސް މިނިސްޓަރާއެކު ބޭއްވި ރަސްމީ ބައްދަލުވުމެއްގައި ޒަރީރުގެ އަނބިކަނބަލުންނާއި ޒަރީރުގެ އެކުވެރިއެއް ކަމަށްވާ އަހުމަދު މުހައްމަދު ބައިވެރިވާ މަންޒަރު ފެންނަ ފޮޓޯއެެއް -- ފޮޓޯ: ޗިއަންގްމައި ސެންޓްރަލް ޕްރިޒަން
މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން 2024 ގައި ކުރި ރަސްމީ ދަތުރެއްގެ ތެރެއިން، ތައިލެންޑުގެ ޖަސްޓިސް މިނިސްޓަރާއެކު ބޭއްވި ރަސްމީ ބައްދަލުވުމެއްގައި ޒަރީރުގެ އަނބިކަނބަލުންނާއި ޒަރީރުގެ އެކުވެރިއެއް ކަމަށްވާ އަހުމަދު މުހައްމަދު ބައިވެރިވާ މަންޒަރު ފެންނަ ފޮޓޯއެެއް -- ފޮޓޯ: ޗިއަންގްމައި ސެންޓްރަލް ޕްރިޒަން
މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން 2024 ގައި ކުރި ރަސްމީ ދަތުރެއްގެ ތެރެއިން، ތައިލެންޑުގެ ޖަސްޓިސް މިނިސްޓަރާއެކު ބޭއްވި ރަސްމީ ބައްދަލުވުމެއްގައި ޒަރީރުގެ އަނބިކަނބަލުންނާއި ޒަރީރުގެ އެކުވެރިއެއް ކަމަށްވާ އަހުމަދު މުހައްމަދު ބައިވެރިވާ މަންޒަރު ފެންނަ ފޮޓޯއެެއް -- ފޮޓޯ: ޗިއަންގްމައި ސެންޓްރަލް ޕްރިޒަން

ނޮވެމްބަރު 29، 2024 ގައި އެ ބައްދަލުވުން ބާއްވާފައި ވަނީ ތައިލެންޑުގެ ޗިއަންގްމައި ވިމެން ކަރެކްޝަނަލް އިސްޓިޓިއުޝަންގަ އެވެ. އެ ބައްދަލުވުމުގައި ޗިންގްމައި މައި ސެންޓްރަލް ޕްރިޒަންގެ ކޮމާންޑަރު، ސަމްރަތު ހެމްސިރީ އާއި ޗިންގްމައި ޕްރޮވިންސްގެ މިނިސްޓްރީ އޮފް ޖަސްޓިސް ކޯޕަރޭޝަންގެ ބޭފުޅުންގެ އިތުރުން އެ ޕްރޮވިންސްގެ ޕޮލިސް މޭޖާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގެ ތެރެއިން، ޒަރީރުގެ އަނބިކަނބަލުންނަށް، ތައިލެންޑުގެ އޭރުގެ ޖަސްޓިސް މިނިސްޓަރު، ތަވީ ހަދިޔާއެއް ދެއްވާ މަންޒަރު ފެންނަ ފޮޓޯއެެއް ވެސް ޕޯސްޓުކޮށްފައިވެ އެވެ.

ޒަރީރު ވަނީ މީގެ ކުރިން، މެލޭޝިއަން ޕްރިޒަންސް ޑިޕާޓުމެންޓާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށާއި އަމަލީ ތަޖުރިބާ ހޯދުމަށްޓަކައި މެލޭޝިއަން ޕްރިޒަންސްއިން ބަލަހައްޓަމުން ގެންދާ ޖަލަކަށް ޒިޔާރަތް ކުރުމަށް 2024 ވަނަ އަހަރު ކުރި ރަސްމީ ދަތުރެއްގައި ވެސް އޭނާގެ އަނބިކަނބަލުން ބައިވެރިކޮށްފަ އެވެ. އެކަން އެނގުނީ މެލޭޝިއަން ޕްރިޒަންސް ޑިޕާޓުމެންޓުން ސޯޝަލްމީޑިއާގައި ޕޯސްޓުކުރި ފޮޓޯތަކުންނެވެ.

ކަރެކްޝަންސްގެ ރަސްމީ ދަތުރުތަކުގައި ޒަރީރުގެ އަނބިކަނބަލުންނާއި އޭނާގެ އެކުވެރިއަކު ބައިވެރިކޮށްފައިވާއިރު، ރަސްމީ ހައިސިއްޔަތު ނަަހަމަގޮތުގައި ބޭނުންކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ އަމަލެކެވެ.

ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާެގެ (ށ) ގައި ބަޔާން ކޮށްފައި އޮންނަނީ ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުން އަދި ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި، އެކަން ކުރުމަކީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox