ކަރެކްޝަންސްގެ ރަސްމީ ދަތުރެއްގައި ޒަރީރުގެ އަނބިކަނބަލުންނާއި އެކުވެރިއަކު ބައިވެރިކޮށްފި

ތައިލެންޑުގެ ޑިޕާޓުމެންޓު އޮފް ކަރެކްޝަންސްގެ ދައުވަތަކަށް ނޮވެމްބަރު 2024 ގައި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިން ކުރި ދަތުރުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި، ޕްރިޒަންސް ކޮމިޝަނަރުގެ އަނބިކަނބަލުންނާއި ޒަރީރުގެ އެކުވެރިއެއް ކަމަށްވާ އަހުމަދު މުހައްމަދު ބައިވެރިވަނީ -- ފޮޓޯ: އަދަދު

ތައިލެންޑުގެ ޑިޕާޓުމެންޓު އޮފް ކަރެކްޝަންސްގެ ދައުވަތަކަށް ނޮވެމްބަރު 2024 ގައި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިން ކުރި ދަތުރުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި، ޕްރިޒަންސް ކޮމިޝަނަރުގެ އަނބިކަނބަލުންނާއި ޒަރީރުގެ އެކުވެރިއެއް ކަމަށްވާ އަހުމަދު މުހައްމަދު ބައިވެރިވަނީ -- ފޮޓޯ: އަދަދު

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރަސްމީ ދަތުރުތަކެއްގައި ކޮމިޝަނާ އޮފް ޕްރިޒަންސް، ހަސަން ޒަރީރުގެ އަނބިކަނބަލުންނާއި ޒަރީރުގެ އެކުވެރިއަކު ބައިވެރިކުރިކަން ހާމަވެއްޖެ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ޒަރީރުގެ އަނބިކަނބަލުންނާއި ޒަރީރުގެ އެކުވެރިއަކު ބައިވެރިކޮށްފައި ވަނީ ނޮވެމްބަރު 2024 ގައި ތައިލެންޑަށް ކުރި ރަސްމީ ދަތުރެއްގަ އެވެ. އެ ދަތުރަކީ ތައިލެންޑުގެ ޑިޕާޓުމެންޓު އޮފް ކަރެކްޝަންސްގެ ދައުވަތަކަށް ޒަރީރު އާއި ރާއްޖޭގެ ޖަލުތަކުގެ އިސްވެރިން ކުރި ދަތުރެކެވެ.

އެ ދަތުރުގައި ޒަރީރު އާއި ކަރެކްޝަންސްގެ އިސްވެރިން ވަނީ ތައިލެންޑުގެ އޭރުގެ ޖަސްޓިސް މިނިސްޓަރު، ތަވީ ސޮޑްސޮންގް އާއި އެ ގައުމުގެ ޑިޕާޓުމެންޓް އޮފް ކަރެކްޝަންސްގެ އިސްވެރިންނާ ބައްދަލުކޮށްފަ އެވެ.

މި ނޫހަށް މައުލޫމާތު ދިން، އެކަމުގެ މައުލޫމާތު އެނގޭ މީހުން ބުނީ އެ ދަތުރުގައި ބައިވެރިކުރި ޒަރީރުގެ އެކުވެރިއަކީ އަހުމަދު މުހައްމަދު، ސޫރަޖު، ދ. މީދޫ ކަމަށެވެ. އެ ދަތުރުގެ ތެރެއިން ތައިލެންޑުގެ ޖަސްޓިސް މިނިސްޓަރަށް ވެސް އަހުމަދު ތައާރަފުކޮށްދިން ކަމަށް މި ނޫހަށް މައުލޫމާތު ދިން މީހުން ބުންޏެވެ.

"އެކޮޅުގެ ޖަސްޓިސް މިނިސްޓަރަށް [އަހުމަދު] އިންޓްރޮޑިއުސްކޮށް ދިނީ ތިމަންނާގެ ބިޒްނެސް ޕާޓްނަރޭ ކިޔާފައި،" ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

އެ ދަތުރުގައި ގޮސް، ކަރެކްޝަންސްއިން ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގައި އަހުމަދު ބައިވެރިވީ ކޮން ހައިސިއްޔަތަކުންތޯ ސުވާލު ކުރުމުން ޒަރީރު ވިދާޅުވީ އެކަން ޖެހޭނީ ބަލައިލަން ކަމަށެވެ.

"އަޅުގަނޑުމެން ޖެހޭނީ ބަލައިލަން އިނގޭތޯ؟ ރަސްމީ ދަތުރެއްގައި ނުހުންނާނެ އެއްވެސް ރަހުމަތްތެރިއަކު ބައިވެރިވެފަކާ ރަސްމީ ކަމެއްގައި އިނގޭތޯ؟،" ޒަރީރު ވިދާޅުވި އެވެ.

ޒަރީރު އެހެން ވިދާޅުވި ނަމަވެސް، އެ ދަތުރުގައި ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގެ ބައެއް ފޮޓޯ މި ނޫހަށް ލިބިފައިވެ އެވެ. އެ ފޮޓޯތަކުން ވެސް އަހުމަދު އާއި ޒަރީރުގެ އަނބިކަނބަލުން ފެނެ އެވެ. އެ ގޮތުން އެތަނުން އެއް ފޮޓޯގައި ތައިލެންޑުގެ އޭރުގެ ޖަސްޓިސް މިނިސްޓަރު، ތަވީއާއެކު އަހުމަދު ހުންނަތަން ވެސް ފެނެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން 2024 ގައި ތައިލެންޑަށް ކުރި ތަސްމީ ދަތުރުގެ ތެރެއިން، ބޭއްވި ބައްދަލުވުމެއްގައި ޒަރީރުގެ އަރިހުގައި އެނާގެ އަނބިކަނބަލުން ބައިވެރިވަނީ
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން 2024 ގައި ތައިލެންޑަށް ކުރި ރަސްމީ ދަތުރުގެ ތެރެއިން، އެ ގައުމުގެ އޭރުގެ ޖަސްޓިސް މިނިސްޓަރު، ތަވީ ސޮޑްސޮންގް އާއެކު އަހުމަދު މުހައްމަދު
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން 2024 ގައި ތައިލެންޑަށް ކުރި ތަސްމީ ދަތުރުގެ ތެރެއިން، ބޭއްވި ބައްދަލުވުމެއްގައި ޒަރީރުގެ އަރިހުގައި އެނާގެ އަނބިކަނބަލުން ބައިވެރިވަނީ

އަހުމަދު އާއި ޒަރީރުގެ އަނބިކަނބަލުން އެ ބައްދަލުވުންތަކުގައި ބައިވެރިވާ މަންޒަރު މި ނޫހަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ކަމަށް ބުނުމުން ޒަރީރު ވިދާޅުވީ އެ ވާނީ އެ ބޭފުޅުންނަށް ވެސް ދައުވަތު ދީގެން ގެންދިޔައީ ކަމަށެވެ.

"އެ ވެދާނެ އެ މީހުންނަށް ވެސް ދައުވަތު ދިނީ ކަމަށް، ދެން އަޅުގަނޑު ޖެހޭނީ ބަލާލަން،" ޒަރީރު ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ އޭނާގެ އަނބިކަނބަލުން ދަތުރުތަކުގައި ދާއިރު، ހުރިހާ ހަރަދެއް ކުރައްވަނީ އޭނާގެ ޖީބުން ކަމަށެވެ. އަދި، އަހުމަދު ވެސް ގޮސްފައިވާނަމަ، އެ ހަރަދު ކޮށްފައި ވާނީ އަހުމަދު އަމިއްލައަށް ކަމަށް ޒަރީރު ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ، އަޅުގަނޑުގެ އަންހެނުން ދާއިރުގައި ހުރިހާ ހަރަދެެއް އަޅުގަނޑު ކުރަނީ އިނގޭތޯ؟ ޕާސަނަލީ ހަމަ... އަހުމަދު ވެސް ގޮސްފައި އިންކަމަށްވާނަމަ، އެ ހަރަދު ހުންނާނީ އަޅުގަނޑުމެން، އޭނާގެ ހަރަދެއްގައި އޭނާ ގޮސްފައި އިންނާނީ، އަޅުގަނޑުމެންނެއް ނޫން އެ ހަރަދު ކޮށްފައި އިންނާނީ، ކަރެކްޝަނުން ނުއިންނާނެ ހަރަދެއް ކޮށްފަކާ،" ޒަރީރު ވިދާޅުވި އެވެ.

އެ ދަތުރުގައި ބައިވެރިވި އަހުމަދަކީ ކޮން ބޭފުޅެއްތޯ ސުވާލު ކުރުމުން ޒަރީރު އެންމެ ފުރަތަމަ ވިދާޅުވީ، އޭނާ ޖެހޭނީ އެކަން ބަލައިލަން ކަމަށެވެ. ނަމަވެސް، އަހުމަދުގެ ފުރިހަމަ ނަމާއި އެޑްރެސް ބުނުމަށްފަހު ސުވާލު ކުރުމުން، ޒަރީރު ވަނީ އަހުމަދު ކިޔާ އޭނާގެ އެކުވެރިއެއް ހުންނަ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

މި ނޫހަށް ލިބިފައިވާ ފޮޓޯތަކަކީ ކޮން ބައްދަލުވުމެއްގެ ފޮޓޯތަކެއްތޯ ބެލުމަށް މި ނޫހުން އިތުރަށް ކުރި މަސައްކަތުން ވަނީ ޒަރީރު ހެއްދެވީ އިތުރުފުޅެއްކަން ހާމަވެފަ އެވެ. 

ޒަރީރުގެ އަނބިކަނބަލުންނާއި އޭނާގެ އެކުވެރިއަކު ރަސްމީ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެފައި ނުވާ ކަމަށް ޒަރީރު ވިދާޅުވި ނަމަވެސް، އެ ދެ މީހުން ބައިވެރިވި ބައްދަލުވުމާ ގުޅޭ މައުލޫމާތު ތައިލެންޑުގެ ޗިއަންގްމައި ސެންޓްރަލް ޕްރިޒަންއިން ސޯޝަލްމީޑިއާގައި ޕޯސްޓުކޮށްފައިވެ އެވެ. މި ނޫހަށް ލިބުނު ފޮޓޯގެ އިތުރުން، ބައެއް އެހެން ފޮޓޯތައް ވެސް އެ ޕޯސްޓުގައި ހިމެނެ އެވެ.

ނޮވެމްބަރު 29، 2024 ގައި އެ ބައްދަލުވުން ބާއްވާފައި ވަނީ ތައިލެންޑުގެ ޗިއަންގްމައި ވިމެން ކަރެކްޝަނަލް އިސްޓިޓިއުޝަންގަ އެވެ. އެ ބައްދަލުވުމުގައި ޗިންގްމައި މައި ސެންޓްރަލް ޕްރިޒަންގެ ކޮމާންޑަރު، ސަމްރަތު ހެމްސިރީ އާއި ޗިންގްމައި ޕްރޮވިންސްގެ މިނިސްޓްރީ އޮފް ޖަސްޓިސް ކޯޕަރޭޝަންގެ ބޭފުޅުންގެ އިތުރުން އެ ޕްރޮވިންސްގެ ޕޮލިސް މޭޖާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގެ ތެރެއިން، ޒަރީރުގެ އަނބިކަނބަލުންނަށް، ތައިލެންޑުގެ އޭރުގެ ޖަސްޓިސް މިނިސްޓަރު، ތަވީ ހަދިޔާއެއް ދެއްވާ މަންޒަރު ފެންނަ ފޮޓޯއެެއް ވެސް ޕޯސްޓުކޮށްފައިވެ އެވެ.

މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން 2024 ގައި ކުރި ރަސްމީ ދަތުރެއްގެ ތެރެއިން، ތައިލެންޑުގެ ޖަސްޓިސް މިނިސްޓަރާއެކު ބޭއްވި ރަސްމީ ބައްދަލުވުމެއްގައި ޒަރީރުގެ އެކުވެރިއެއް ކަމަށްވާ އަހުމަދު މުހައްމަދު (ވާތް ފަރާތުގައި ރަތް ޓީޝާޓެއް ލައިގެން) ބައިވެރިވާ މަންޒަރު ފެންނަ ފޮޓޯއެެއް -- ފޮޓޯ: ޗިއަންގްމައި ސެންޓްރަލް ޕްރިޒަން
މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން 2024 ގައި ކުރި ރަސްމީ ދަތުރެއްގެ ތެރެއިން، ތައިލެންޑުގެ ޖަސްޓިސް މިނިސްޓަރާއެކު ބޭއްވި ރަސްމީ ބައްދަލުވުމެއްގައި ޒަރީރުގެ އަނބިކަނބަލުންނަށް ހަދިޔާއެއް އަރުވާ މަންޒަރު ފެންނަ ފޮޓޯއެެއް. ތައިލެންޑުގެ އޭރުގެ ޖަސްޓިސް މިނިސްޓަރު، ތަވީ ސޮޑްސޮންގް -- ފޮޓޯ: ޗިއަންގްމައި ސެންޓްރަލް ޕްރިޒަން
މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން 2024 ގައި ކުރި ރަސްމީ ދަތުރެއްގެ ތެރެއިން، ތައިލެންޑުގެ ޖަސްޓިސް މިނިސްޓަރާއެކު ބޭއްވި ރަސްމީ ބައްދަލުވުމެއްގައި ޒަރީރުގެ އެކުވެރިއެއް ކަމަށްވާ އަހުމަދު މުހައްމަދު (ވާތް ފަރާތުގައި ރަތް ޓީޝާޓެއް ލައިގެން) ބައިވެރިވާ މަންޒަރު ފެންނަ ފޮޓޯއެެއް -- ފޮޓޯ: ޗިއަންގްމައި ސެންޓްރަލް ޕްރިޒަން

މި ނޫހަށް މައުލޫމާތު ދިން މީހުން ބުނީ، ޒަރީރުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން މާފުށީ ޖަލަށާއި ހިންމަފުށި ޖަލަށް އަދި މާލެ އައި ހުޅުމާލޭގައި ހުންނަ ޖަލަށް ވެސް އަހުމަދު ވައްދާފައިވާ ކަމަށެވެ.

"އާންމުންގެ މީހަކު އެގޮތަށް ޖަލަށް ވެއްދުމަކީ މަނާކަމެއް، މި ކިޔަނީ ޖަލުގެ ގޯތި ތެރެއަށް ވެއްދި ވާހަކައެއް ނޫން، ސީދާ ޖަލުގެ ބްލޮކްތަކުގެ ތެރެއަށް، ސެލްތަކަށް،" މި ނޫހަށް މައުލޫމާތު ދިން މަސްދަރަކުން ބުންޏެވެ.

"މާފުށީ ޖަލަށް އެތައް ފަހަރެއްގެ މަތިން ޓުއާ ދީފި، ހިންމަފުށީ ޖަލަށް އެއްފަހަރު ޓުއާ ދީފި، މާލެ ޖަލަށް އެއްފަހަރު، ހުޅުމާލެ ޖަލަށް އެއްފަހަރު."

މި ތުހުމަތާ ގުޅޭގޮތުން ޒަރީރުއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ޖަލުތަކުގެ މަނާ ސަރަހައްދަކަށް އެއްވެސް މީހަކު ވައްދާފައި ނުވާނެ ކަމަށެވެ.

"އެއްވެސް ތަނަކަށް ނުހުންނާނެ، ޖަލަކަށް ވައްދާފަކައެއް އިނގޭތޯ؟ ޖަލުގައި އަނެއް ސެކިއުރިޓީ މިއީ.. ޖަލުގައި ސެކިއުރިޓީ އެއްވެސް ތަނަކަށް ނޯންނާނެ އަޅުގަނޑުގެ ފްރެންޑަކު ވަދެފަކާއެއް އިނގޭތޯ؟ ޖަލު ތެރެއަށް، މި ދެންނެވީ ޖަލުގެ ކޮމްޕައުންޑަށް މީހުން އާންމުކޮށް ވަދެހަދާ ހުއްދަތައް ނަގައިގެން، އެހެންވީމާ އެއީކީ އަޅުގަނޑާ އެކީ ދަތުރުކުރާ މީހުންނަށް ވީއައިޕީ މީހުންނަށް،" ޒަރީރު ވިދާޅުވި އެވެ.

"އެއީ މި ދެންނެވީ ޖަލަށް ނުވަންނާނެޔޭ، ޖަލުގެ ކޮމްޕައުންޑަށް ވަދެދާނެ ޖަލުގެ އާންމު އޭރިއާއަށް."

މި ނޫހަށް މައުލޫމާތު ިދިން މަސްދަރުތަކުން ބުނީ، ރަސްމީ ދަތުރުތަކުގައި ޒަރީރުގެ އަނބިކަނބަލުން އާންމުކޮށް ބައިވެރިކުރާ ކަމަށެވެ. ނަމަވެސް، އެއީ މީގެ ކުރިން އެ ހިދުމަތުގެ ކޮމިނަރުކަން ކުރެއްވި އެއްވެސް ބޭފުޅަކު ނުކުރައްވާ ކަމެއް ކަމަށް އެ މީހުން ބުންޏެވެ.

"މި ނޫނަސް، ރަސްމީ ދަތުރުތަކުގައި، ރަސްމީ މީޓިންތަކުގައި ވެސް އޭނަގެ އަންހެނުން ބައިވެރި ކުރޭ، މީގެ ކުރިން އެއްވެސް ސީޕީއަކު އެ މީހުންގެ އަނބިންނެއް މީޓިންތަކުގަ ބައިވެރިއެއް ނުކުރޭ،" މި ނޫހަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

ޕްރިޒަންސް ކޮމިޝަނަރުގެ ރަސްމީ ދަތުރަކަށް ވިޔަފާރިވެރިންގެ އެހީ ހޯދައިފި

މެލޭޝިއާއަށް ކުރި ދަތުރުގެ ހަރަދަށް އެ ތިން ކުންފުންޏާއި ޕްރިޒަންސް ކުލަބުން މުޅި ޖުމުލަ 8715 ޑޮލަރު މޯލްޑިވްސް ޕްރިޒަންސް ސާވިސަސްއިން ހޯދަން އެދިފައިވެ އެވެ.

ޒަރީރު ވަނީ މީގެ ކުރިން، މެލޭޝިއަން ޕްރިޒަންސް ޑިޕާޓުމެންޓާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށާއި އަމަލީ ތަޖުރިބާ ހޯދުމަށްޓަކައި މެލޭޝިއަން ޕްރިޒަންސްއިން ބަލަހައްޓަމުން ގެންދާ ޖަލަކަށް ޒިޔާރަތް ކުރުމަށް 2024 ވަނަ އަހަރު ކުރި ރަސްމީ ދަތުރެއްގައި ވެސް އޭނާގެ އަނބިކަނބަލުން ބައިވެރިކޮށްފަ އެވެ. އެކަން އެނގުނީ މެލޭޝިއަން ޕްރިޒަންސް ޑިޕާޓުމެންޓުން ސޯޝަލްމީޑިއާގައި ޕޯސްޓުކުރި ފޮޓޯތަކުންނެވެ.

ކަރެކްޝަންސްގެ ރަސްމީ ދަތުރުތަކުގައި ޒަރީރުގެ އަނބިކަނބަލުންނާއި އޭނާގެ އެކުވެރިއަކު ބައިވެރިކޮށްފައިވާއިރު، ރަސްމީ ހައިސިއްޔަތު ނަަހަމަގޮތުގައި ބޭނުންކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ އަމަލެކެވެ.

ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާެގެ (ށ) ގައި ބަޔާން ކޮށްފައި އޮންނަނީ ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުން އަދި ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި، އެކަން ކުރުމަކީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox