ހައްގުތައް ގެއްލޭ ގޮތަށް 96 މީހަކު ޖަލުގައި ތިބިކަން ހާމަވެއްޖެ
ޖަލުތައް ފުރުމުގެ ސަބަބުން، އާންމު ޖަލުތަކާއި ރިމާންޑު ޖަލުތަކަށް ބަދަލުކުރަންޖެހޭ 96 މީހަކު އަދިވެސް ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދުކޮށްފައި އެބަތިއްބެވެ. މީގެ ސަބަބުން އެ މީހުންނަށް ގާނޫނުން ލިބިދޭ އާއިލީ ބައްދަލުވުންތަކާއި އެހެނިހެން އަސާސީ ހައްގުތަކުން މަަހްރޫމްވަމުންދާކަން އެޗްއާރްސީއެމްގެ ރިޕޯޓުން ވަނީ ހާމަވެފައެވެ.