ކަރެކްޝަންސްގެ ހެޑްކުއާޓާސް އާއި ޖަލު އަޅާ ބިމުގައި ގަވާއިދާ ހިލާފަށް ޒަރީރުގެ އަމިއްލަ ކާރުތައް ބަހައްޓަނީ

ކަރެކްޝަންސްގެ ހެޑްކުއާޓާސް އާއި ރިމާންޑު ޖަލު ހަދަން އެ އިދާރާއަށް ދޫކޮށްފައިވާ ބިމުގައި ޕްރިޒަންސް ކޮމިޝަނަރު، ޒަރީރުގެ ކާރުތަކެއް ބަހައްޓާފައި -- ފޮޓޯ: އަދަދު

ކަރެކްޝަންސްގެ ހެޑްކުއާޓާސް އާއި ރިމާންޑު ޖަލު ހަދަން އެ އިދާރާއަށް ދޫކޮށްފައިވާ ބިމުގައި ޕްރިޒަންސް ކޮމިޝަނަރު، ޒަރީރުގެ ކާރުތަކެއް ބަހައްޓާފައި -- ފޮޓޯ: އަދަދު

ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްގެ ހެޑްކުއާޓާސް އާއި ރިމާންޑު ޖަލެއް ހެދުމަށް އެ އިދާރާއަށް ދޫކޮށްފައި އޮންނަ ބިމުގައި ގަވާއިދާ ހިލާފަށް ޕްރިޒަންސް ކޮމިޝަނަރުގެ ވެހިކަލްތައް ޕާކު ކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އަދަދު އަށް މައުލޫމާތު ދިން ކަރެކްޝަންސްގެ ބައެއް ބޭފުޅުން ބުނީ ހުޅުމާލޭގައި ހުންނަ ހެޑްކުއާޓާސްގައި ވެސް އަދި ރިމާންޑު ޖަލު ހަދަން ދޫކޮށްފައި އޮންނަ ބިމުގައި ވެސް އެއްވެސް މީހެއްގެ އަމިއްލަ ވެހިކަލެއް ޕާކުކޮށްފައި ބޭއްވުމަކީ މަނާކަމެއް ކަމަށެވެ. ނަމަވެސް، ކޮމިޝަނަރު ޒަރީރުގެ ވެހިކަލްތައް އެ ދެ ތަނުގައި ޕާކު ކޮށްފައި ހުންނަ ކަމަށް އޭނާ ބުންޏެވެ.

"މީގެ ކުރިން ވެސް އެޗްކިއުގައި ހަތަރު ކާރު ބާއްވާފައި އޮތް، އެކަމަކު މުވައްޒަފުން ޝަކުވާ ކުރަން ފެށީމާ ނެގީ، އަޅުގަނޑުމެންގެ [ކަރެކްޝަންސްގެ] ވެހިކަލްތައް ވެސް ބަހައްޓަން ޖެހޭނެތާ އެ ތަނުގައި،" އޭނާ ބުންޏެވެ.

ޒަރީރުގެ ބައެއް ވެހިކަލްތައް ކަރެކްޝަންސްގެ ހެޑްކުއާޓާސް އާއި ރިމާންޑު ޖަލު ހެދުމަށް އެ އިދާރާއަށް ދީފައި އޮންނަ ބިމުގައި ޕާކު ކޮށްފައި ހުރި ތަން ފެންނަ ފޮޓޯތަކެއް ވެސް މި ނޫހަށް ވަނީ ލިބިފަ އެވެ. ކަރެކްޝަންސްގެ ހެޑްކުއާޓާސްގެ ތެރޭގައި އެނާޖީ އޮރެންޖު ކުލައިގެ ނިސާން މާޗު ކާރެއް ޕާކު ކޮށްފައި އޮންނަ ތަން އޭގެ ތެރެއިން އެއް ފޮޓޯއިން ފެނެ އެވެ. އެއީ ބީ ޒޯނަށް ރެޖިސްޓްރީ ކޮށްފައިވާ ކާރެކެވެ.

މި ނޫހަށް މައުލޫމާތު ދިން މީހާ ބުނީ، ހެޑްކުއާޓާސްއަށް އެ ކާރު ވެއްދީ އޭ ޒޯނަށް ރެޖިސްޓްރީ ނޫން އެހެން ޒޯނުތަކަށް ރެޖިސްޓްރީ ކޮށްފައިވާ ވެހިކަލްތައް ޓޯ ކުރަން ފެށި ދުވަސްވަރު އެވެ. އެއަށްފަހު، އެ ކާރު ބާއްވާފައި އޮންނަނީ އެ ތަނުގައި ކަމަށް އޭނާ ބުންޏެވެ.

ރިމާންޑު ޖަލެއް ހެދުމަށް ކަރެކްޝަންސްއަށް ދޫކޮށްފައިވާ ބިމުގައި ވެސް ކާރެއް ބާއްވާފައި އޮންނަ މަންޒަރު ފެންނަ ފޮޓޯތަކެއް މި ނޫހަށް ލިބިފައިވެ އެވެ. ނަމަވެސް، އެ ކާރުގައި ސަތަރި އަޅާފައި އޮތުމުގެ ސަބަބުން، އެއީ ކޮން މަރުކާއެއްގެ ކާރެއް ކަމެއް، އަދި އެ ކާރުގެ ނަންބަރެއް ނޭނގެ އެވެ.

އެކަމާ ބެހޭގޮތުން ޒަރީރުއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ ދެ ކާރު އެ ތަނުގައި ޕާކު ކޮށްފައި އޮންނަނީ ހުޅުމާލެ ޖަލުގެ ޑައިރެކްޓަރު، ސުޕްރިޑެންޓް އޮފް ޕްރިޒަންސް އަހުމަދު ޖާދުالله ހުއްދަ ދެއްވައިގެން ކަމަށެވެ.

"އެއީ އަޅުގަނޑުމެން ރިޕެއާއަށް ގެނައި އެއްޗެއް އެއީ، ދެން އޭތީގައި ޖަލުގެ ޑައިރެކްޓަރުގެ ހުއްދައާ އެކީގައި ބާއްވާފައި އެ އޮތީ، ދެން އާންމުކޮށް ކޮމިޝަނަރުންގެ އެއްޗެހިތައް ބާއްވާ ކަމަށް ވަނީ، ދެން އަޅުގަނޑުގެ އެދުމަކަށް ނޫން، ޖަލުގެ ޑައިރެކްޓަރެއް ހުރޭ، އޭނާ ހުއްދަ ދިނީމާ އޭތި ބާއްވާފައި އޮތީ ވަގުތީގޮތުން ގަރާޖަކަށް ގެންދެވެންދެން،" ޒަރީރު ވިދާޅުވި އެވެ.

ޒަރީރު އެހެން ވިދާޅުވި ނަމަވެސް، އެފަދަ ހުއްދައެއް ޖާދުالله ގެ ފަރާތުން ދީފައި ނުވާކަން މި ނޫހަށް ވަނީ ކަށަވަރުވެފަ އެވެ. އަދި، އެ ކާރުތައް ބަހައްޓާފައި ހުރީ ޖާދުالله ގެ ބާރު ހިނގާ ސަރަހައްދުތަކެއްގައި ނޫންކަން ވެސް މި ނޫހަށް މައުލޫމާތު ދިން މަސްދަރުތަކުން ބުންޏެވެ.

އެކަމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ކަރެކްޝަންސްގެ ކުރީގެ އިސްވެރިއަކު މި ނޫހަށް ވިދާޅުވީ ކޮމިޝަނަރުގެ ކާރެއް ކަރެކްޝަންސްގެ ހެޑްކުއާޓާސްގައި އަދި އެ އިދާރާގެ ބިމެއްގައި ބާއްވަން، އޭނާއަށްވުރެ މާ ދަށް ވަޒީފާގައި ހުންނަ މީހަކަށް ހުއްދަ ދިނުމަކީ ބުއްދި ވެސް ގަބޫލު ނުކުރާ ކަމެއް ކަމަށެވެ.

"ޖާދުالله އަކަށް ނުވެސް ދެވޭނެއެއްނު ހުއްދައެއް، ޖާދުالله އަކީ ހުޅުމާލެ ޖަލުގެ ޑައިރެކްޓަރު، ޒަރީރުއަކީ ކޮމިޝަނަރު، އެހެންވީމާ ޖާދުالله ގެ ސުޕަވައިޒަރުގެ މަގާމުގައި ހުރި މީހެއް ތާ [ޒަރީރުއަކީ]،" އޭނާ ބުންޏެވެ.

"އެހެން ނޫނަސް، ޖާދުالله ހުއްދަ ދިނަސް އެކަމެއް ނުކުރެވޭނެ، އެއީ ދައުލަތުގެ އިދާރާއެއްގެ ތެރޭގައި އެއްވެސް އަމިއްލަ މީހެއްގެ މުދަލެއް ނުބެހެއްޓޭނެ،" އޭނާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox