ލެސްޓާގެ ހަމްޒާ ބަންގްލަދޭޝަށް ކުޅެން ފީފާ އިން ހުއްދަދީފި

Dec 19, 2024, 6:55 PM
ލެސްޓާގެ ހަމްޒާ ބަންގްލަދޭޝަށް ކުޅެން ފީފާ އިން ހުއްދަދީފި

ޑާކާ، ބަންގްލަދޭޝް (ޑިސެމްބަރު 19) - ލެސްޓާ ސިޓީގެ މިޑްފީލްޑަރު، ހަމްޒާ ޗޯދުރީ، ބަންގްލަދޭޝް އަށް ކުޅުމުގެ ފުރުސަތު ދޭން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ނިންމައިފި އެވެ.

ހަމްޒާ، 27، އަކީ ބަންގްލަދޭޝް ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. އަދި އޭނާއާ އާއިލީ ގޮތުން އެފްރިކާގެ ގްރެނާޑާއާ ވެސް ގުޅުން އެބައޮތެވެ. ހަމްޒާ، ބަންގްލަދޭޝަށް ކުޅުވަން ކުރާ މަސައްކަތް އަވަސްކުރުމުގެ ގޮތުން، މިދިޔަ ޖޫން މަހު އޭނާ ވަނީ ލަންޑަންގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީ އަށް އެ ގައުމުގެ ޕާސްޕޯޓް ހައްދަން ހުށަހަޅައި، އެކަން މަސް ދުވަސް ތެރޭ ފުރިހަމަ ކޮށްފަ އެވެ.

ބަންގްލަދޭޝް ޓީމަށް ކުޅެން ހަމްޒާ އަށް މިހާތަނަށް އޮތް ހުރަހަކީ އޭނާ އިނގިރޭސި 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައިވާތީ، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބޭނުންވާ އިނގިރޭސި އެފްއޭގެ ނޯ އޮބްޖެކްޝަން ސެޓްފިކެޓް (އެންއޯސީ) ހޯދުމެވެ. އެ ގޮތުން، އެންއޯސީ ހޯދުމަށް ފަހު، ފީފާ ޓްރިބިއުނަލް އަށް ބަންްގްލަދޭޝް އިން އެ ލިޔުން ފޮނުވިއިރު، ފީފާ އިން މިއަދު ނިންމާފައިވަނީ ހަމްޒާ އަށް ބަންގްލަދޭޝަށް ކުޅުުމުގެ ފުރުސަތު ދޭށެވެ.

"ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅޭ ހިތުން މިހުރީ ކެތްމަދުވެފައި،" ހަމްޒާ ބުންޏެވެ.

މިއާ އެކު، އަންނަ މާޗް މަހު، އޭޝިއަން ކަޕް ކޮލިފައިންގައި ބަންގްލަދޭޝް އިން އިންޑިއާއާ ކުޅޭ މެޗަކީ ހަމްޒާ ބަންގްލަދޭޝަށް ކުޅެދޭ ފުރަތަަމަ މެޗަށް ވުމުގެ ފުރުސަތު ބޮޑެވެ.

ދާދި ފަހުން އަނިޔާއިން ރަނގަޅުވެގެން ކުޅުމަށް އެނބުރި އައި ހަމްޒާ ވެގެންދާނީ ބަންގްލަދޭޝަށް ކުޅޭ އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ލެސްޓާގެ ސީނިއާ ޓީމަށް 2017 ވަނަ އަަހަރު ކުޅެން ފެށި ހަމްޒާ ވަނީ، އެ ޓީމަށް 129 މެޗުން ދެ ގޯލު ޖަހައި ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ވަޓްފޯޑާއި ބާޓަން އަލްބިއަން އަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނު ހަމްޒާ ވަނީ ލެސްޓާއާ އެކު، 2021 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox