ހާއްސަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ރާމިޒު އުމުރުން 74 އަހަރުގައި އަވަހާރަވެއްޖެ އެވެ.
ހާއްސަމަ މަޖިލީހުގައި ގއ. އަތޮޅުގެ މެންބަރުކަން ކުރެއްވި ރާމިޒުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދު އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ. އޭނާ މޫނު ދެއްކުން މެންދުރު 11:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ދަނީ ކުރިއަށެވެ.
ރާމިޒު އަވަހާރަވުމާ ގުޅިގެން މުހައްމަދު މުއިއްޒު ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ރާމިޒު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ނައިބުރައީސްގެ މަގާމުވެސް ފުރުއްވާފަ އެވެ.












