ހާއްސަ މަޖިލީހުގެ ކުރީގެ މެންބަރު ރާމިޒު އަވަހާރަވެއްޖެ
ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ރާމިޒު އުމުރުން 74 އަހަރުގައި އަވަހާރަވެއްޖެ. ފަތުރުވެރިކަމުގެ ދާއިރާގައިވެސް މަސައްކަތް ކުރެއްވި ރާމިޒަކީ ޑީއާރްޕީގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެއް. އޭނާގެ ކަށުނަމާދު އޮތީ މިއަދުގެ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި.