އަސްމާއަށް އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަން އަލުން ދީފި

އަސްމާ ރަޝީދު

އަސްމާ ރަޝީދު

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާ މެދު ސަރުކާރު ހިންގާ ޕީއެންސީން  އަޅާފައިވާ ފިޔަވަޅުތަކެއް ބާތިލްކޮށް، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަން ވެސް އަލުން އޭނާއަށް ދީފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 1 ގައި އަސްމާ އެ ކޮމިޓީގެ މުގައްރިރުކަމުން ވަކިކުރީ ރައީސް މުހައްމަދު މުއިއްޒު މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައި ސުވާލުކުރާނެ މީހުންގެ ނަންތައް ފޮނުވުމަށް އެދިވަޑައިގަތުމާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކެއްގައެވެ.

ފަސް މަސް ދުވަހަށް ފަހު އަސްމާއަށް އަލުން ކޮމިޓީގެ މުގައްރިރުކަން ދީފައިވާއިރު، މަޖިލީހުގެ ރަސްމީ ދަތުރުތަކުގައި ވެސް މިހާރު އޭނާ ބައިވެރިކުރަން ވަނީ ފަށާފައެވެ. އަސްމާއާ މެދު ކުރިން އެޅި ފިޔަވަޅުތައް އުވައިލަން ނިންމާފައި މިވަނީ ރައީސް މުއިއްޒުގެ މަގުބޫލުކަން ދަށްވަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

އަސްމާއާ މެދު ފިޔަވަޅު އެޅީ މުއިއްޒު މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަން އޮތް ބައްދަލުވުމުގައި ސުވާލުކުރަން ބޭނުންވާ މީހުންގެ ނަންތައް ފޮނުވުމަށް އެދި އަސްމާ ކުރެއްވި މެސެޖަކާ ގުޅިގެންނެވެ. އެ މެސެޖާ ގުޅިގެން މުއިއްޒު ވަނީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ވަޓްސްއެޕް ގްރޫޕުގައި އަސްމާއަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. މުއިއްޒު ވިދާޅުވެފައި ވަނީ އެ މެސެޖުގެ ސަބަބުން އެމަނިކުފާނުގެ އިސްތަށިފުޅުގައި ބަދުނާމެއް އެޅިފައިވާ ކަމަށާއި، އެއީ އެމަނިކުފާނުގެ އެއްވެސް މަޝްވަރާއެއް ނެތި ކުރި ކަމެއް ކަމަށް ބުނެ އާންމުކޮށް މައާފަށް އެދުމަށެވެ.

އެ ހާދިސާއާ ގުޅިގެން އަސްމާ ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދި ބަޔާނެއް ވެސް ނެރެފައެވެ. ނަމަވެސް، އެ ފަހަރު އަސްމާ ވަނީ އިޖުތިމާއީ ކޮމިޓީގެ އިތުރުން ޔޫކޭ-މޯލްޑިވްސް ފްރެންޑްޝިޕް ގްރޫޕުގެ ޗެއާގެ މަގާމުން ވެސް ވަކިކޮށްފައެވެ. 

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީ އަށް ވޯޓުނުދޭން އަސްމާ ބާރުއަޅައި ވާހަކަ ދައްކާފައިވާ އޯޑިއޯއެއް ލީކްވެފައި ވަނިކޮށް، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރަކަށް ހުންނެވި އަސްމާގެ ދަރިކަލުން މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ހުންނެވި އަސްމާގެ ކޮއްކޮ، ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރި އެވެ. 

ނަމަވެސް ފަހުން މުންދުއަށް ވަނީ ސަރުކާރުގެ ތަރުޖަމާނުކަން ދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox