ސީއެފްއޯ ނެތަސް، ފައިނޭންސް ބަލަހައްޓަނީ ގާބިލު މީހުން ކަމަށް ބީއެމްއެލްއިން ބުނެފި

May 6, 2026, 3:58 PM
ބީއެމްއެލްގެ ސީއީއޯ ޝަރީފު: ބޭންކުގެ މާލީ ކަންކަން ބަލަހައްޓަނީ ގާބިލު މީހުން ކަމުގެ ޔަގީންކަން އެ ބޭންކުން ދޭ
--- ފޮޓޯ: ރައީސް އޮފީސް

ބީއެމްއެލްގެ ސީއީއޯ ޝަރީފު: ބޭންކުގެ މާލީ ކަންކަން ބަލަހައްޓަނީ ގާބިލު މީހުން ކަމުގެ ޔަގީންކަން އެ ބޭންކުން ދޭ --- ފޮޓޯ: ރައީސް އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި މި ވަގުތު ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ނެތް ނަމަވެސް އެ ބޭންކުގެ މާލީ ކަންކަން ބަލަހައްޓަމުންދަނީ އެ ކަމަށް ގާބިލު ފަންނީ އިލްމާއި ތަޖުރިބާ ލިބިފައި ތިބި މީހުން ކަމަށް އެ ބޭންކުން ބުނެފި އެވެ. 

ބީއެމްއެލްއިން މިހެން ބުނީ އިގުތިސޯދު ނާޒުކު ފަައްތަރެއްގައި އޮތް ދަނޑިވަޅެއްގައި، ގައުމުގެ އެންމެ ބޮޑު ބޭންކުގައި ސީއެފްއޯއެއް ނެތް މައްސަލައިގައި މާލީ ތަޖުރިބާކާރުންގެ ހުރި ކަންބޮޑުވުންތަކަށް ޖަވާބުދާރީ ވަމުންނެވެ.

މިކަމާ ގުޅިގެން އަދަދު އިން ސުވާލުކުރުމުން ބީއެމްއެލްއިން ބުނީ އެ ބޭންކުގެ ފައިނޭންސް ޑިވިޝަންް ބަަލަހައްޓަނީ ތައުލީމީ ގާބިލު ޗާޓާޑް އެކައުންޓަންޓެއް ކަމަށެވެ. އަދި އެ ޑިވިޝަނުގައި ޖުމްލަ ހަތަރު ޗާޓާޑް އެކައުންޓަންޓުން މަސައްކަތް ކުރާ ކަމަށާއި އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް އެ ބޭންކުން ބުންޏެވެ.

"[ބީއެމްއެލްގެ ފައިނޭންސް ބަލަހައްޓާ] ފަރާތަކީ ގައުމީ އަދި ބައިނަލްއަގުވާމީ ރެގިއުލޭޓަރީ މިންގަނޑުތަކާ އެއްގޮތަށް ބޭންކުގެ މާލީ ބަޔާންތައް ޝާއިއުކުރުމުގެ ހުއްދަ ދިނުމަށް ބޭނުންވާ ފަންނީ ސަނަދާއި ތަޖުރިބާ ލިބިފައިވާ ފަރާތެއް،" ބީއެމްއެލްއިން ބުންޏެވެ.

މި ނޫހަށް މައުލޫމާތު ދިން މީހުން ބުނި ގޮތުގައި ބީއެމްއެލްގެ ސީއެފްއޯގެ މަގާމާ ހަވާލުވަނީ ފައިނޭންސްގެ އިސްވެރިޔާ އެވެ. އޭނާ އެ މަގާމާ ހަވާލުނުވެވި ވަނީ، ގާނޫނުތަކާއި ގަވާއިދުތަކުން ލާޒިމުކުރާ ސަނަދެއް ފުރިހަމަކުރުމުގެ ގޮތުންނެވެ.

ބީއެމްއެލްގައި ސީއެފްއޯއެއް ނެތި ހަ މަސް، މާލީ މާހިރުން ކަންބޮޑުވެއްޖެ

ބީއެމްއެލްގައި އެންމެ ފަހުން ހުރި ސީއެފްއޯ، ނަންދަނަ ސެނަވިރަތުނެ އެ ބޭންކުން ވަކިވީ މިިދިޔަ އަހަރުގެ އޮކްޓޫބަރު 16، ގައި. އެ ފަހުން މިއަދާ ހަމައަށް އެ ބޭންކުން މަސައްކަތް ކުރަމުން އަންނަނީ "ސީ-ސޫޓް" ނުވަތަ އެންމެ މަތީ ފަންތީގެ މެނޭޖުމަންޓު ލެވަލްގައި ފައިނޭންޝަލް އޮފިސަރަކާ ނުލައި.

ސަނަދުތައް ހަމަވުމުން ސީއެފްއޯގެ މަގާމާ ހަވާލުވާ ގޮތަށް އެ މަގާމަށް މީހަކު ތަމްރީނުކުރަމުންދޭތޯ ސުވާލުކުރުމުން  ބީއެމްއެލްއިން ސީދާ ޖަވާބެއް ނުދެ އެވެ. ނަމަވެސް އެ ބޭންކުން ދިން ޖަވާބުން ބޭންކުން މި ގޮތަށް ނިންމާފައިވާ ކަމަށް ބެލެވެ އެވެ. 

"އަޅުގަނޑުމެން ބޭންކުގެ އިސްވެރިންގެ ފެންވަރު މަތިކޮށް، ހުނަރު ތަރައްގީކޮށް، މުހިންމު މަގާމުތަކުގައި ތިއްބަވާ ހުރިހާ ފަރާތްތަކަކީ ވެސް އެ ބޭފުޅުންގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ޝަރުތައް ފުރިހަމައަށް ހަމަވާ ފަރާތެއް ކަން ކަށަވަރުކުރަން،" ބީއެމްއެލްއިން ބުންޏެވެ. 

ބީއެމްއެލްއިން އިތުރު ކަމެއްގެ ގޮތުގައި ފާހަގަކުރީ ސީއެފްއޯ ނެތް ނަމަވެސް، މިދިޔަ އަހަރު އެ ބޭންކުން ވަނީ ރެކޯޑު ފައިދާއެއް ހޯދައި، މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އަދި، މި އަހަރަކީ އެ ބޭންކުގެ މާލީ ރިޕޯޓުތައް އެންމެ އަވަހަށް ޝާއިއުކުރި އަހަރު ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. 

މިދިޔަ އަހަރު ބޭންކަށް ފައިދާ ބޮޑު ނަމަވެސް، އިރާނު ހަނގުރާމައާ ގުޅިގެން ޓޫރިޒަމް ސިނާއަތަށް އައި ހީނަރުކަމުގެ އަސަރު މުޅި އިގުތިސޯދަށްކޮށް، ބީއެމްއެލްއަށް ވެސް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. އެންމެ ބޮޑު އުނދަގުލަކަށް އޮތީ ޓޫރިސްޓުން މަދުވުމާއި ޓޫރިސްޓުން ހޭދަކުރާ މިންވަރު މަދުވުމުން ޑޯލަރު އާމްދަނީ ދަށްވުމެވެ. 

މީގެ ސަބަބުން އެ ބޭންކަށް ވަނީ ޑޮލަރު މެނޭޖުކުރަން ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފަ އެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ޓީޓީތަކަށް ޑޮލަރު ސަޕޯޓު ދިނުމުގައި ކޮންޓްރޯލްތަކެއް ގެންގުޅުމާއި އެންމެ ގިނައިން ވިޔަފާރިކުރާ އީކޮމާސް ސައިޓުތަކަށް ދުވަހުގެ ބަޖެޓެއް ކަނޑައަޅައި ވިޔަފާރި ލިމިޓުކުރުން ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox