ކާޑުން ނުކެނޑިގެން އުޅެނީ ބީއެމްއެލްގައި ހުރި ޑޮލަރު ސަރުކާރަށް ދިނުމުން: ނަޝީދު

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ނަޝީދު  —- ފޮޓޯ: ބޮޑު ބަދަލު ކެމްޕޭން

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ނަޝީދު —- ފޮޓޯ: ބޮޑު ބަދަލު ކެމްޕޭން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުން ޑޮލަރު ނުކެނޑިގެން އުޅެނީ ބޭންކުގައި ހުރި ޑޮލަރު ސަރުކާރަށް ދިނުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ. 

ބޮޑު ބަދަލުގެ ނަމުގައި ދަނޑިކޮށީގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ބީއެމްއެލްގައި ހުރި ރައްޔިތުންގެ ޑޮލަރު ސަރުކާރުގެ ދަރަނި ދެއްކުމަށް ބޭންކުން ސަރުކާރަށް ދީފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބީއެމްއެލްއަށް 300 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން މަސައްކަތް ކުރަމުންދަނީ ސަރުކާރަށް ދިން ފައިސާ ފޫބެއްދުމަށް ކަމަށެވެ. 

"ވެމިދިޔަ ގޮތަކީ ދައުލަތުގެ ދަރަނި ދައްކާން ވެގެން ބޭންކުގައި ހުރި ރައްޔިތުންގެ ފައިސާ، ޑޮލަރު ސަރުކާރަށް ދިނީ. ދިނީމާ މިހާރު އަޅުގަނޑުމެންގެ ކާޑަކުން ނުކެނޑޭ ޑޮލަރެއް. އަޅުގަނޑުމެންނަށް އެބަ ސާފުވޭ ބޭންކް އޮފް މޯލްޑިވްސްއަށް ދަތިތަކެއް ކުރިމަތިވަމުން އަންނަކަން،" ނަޝީދު ވިދާޅުވި އެވެ. 

"އެބޭފުޅުން 300 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ނިންމާ އެކަމުގެ މަސައްކަތް ކުރަމުން އެގެންދަނީ ބޭންކުގައި ހުރި އަޅުގަނޑުމެންގެ ފައިސާކޮޅު ސަރުކާރަށް ދީ، ސަރުކާރުން ވަނީ އެ ފައިސާ ސަރުކާރުގެ ލޯނު އަނބުރާ ދައްކަން ހޭދަކޮށްފައި."

ނަޝީދު ވިދާޅުވީ ސަރުކާރުން ލޯނު އަނބުރާ ދައްކަން ބީއެމްއެލް އިން ފައިސާ ނެގުމުގެ ބަދަލުގައި ކުރަންވީ ކަމަކީ ބޭކާރު ހަރަދުކުރުން ހުއްޓުވުން ކަމަށެވެ. އެގޮތުން ރަށްރަށުގައި ގިނަ އަދަދެއްގެ ޒުވާނުން މަސައްކަތެއް ނެތި ވަޒީފާތަކަށް ނަގާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

"ހަގީގަތުގައި އެ ލޯނު އަނބުރާ ދައްކަން ސަރުކާރުން ކުރަންވީ ކަމަކީ ބޭކާރު ހަރަދު ކުޑަކުރުން. އެހެނެއް ނުހެއްދެވި. މަސްދޯނިފަހަރު މަހަށް ނުފުރޭ މިންވަރަށް ރާއްޖޭގެ ރަށްތަކުގައި ތިބި ޒުވާނުން ސަރުކާރުގެ ކަމެއް ނެތް މަގާމުތަކަށް ވައްދާ އެމީހުން އެތަންތަނުގައި އިށީނދެގެން އެބަ ތިބޭ ދިހަ ބާރަ ހާސް ރުފިޔާ ކަމެއް ނުކޮށް ރަށުގައި ތިބެ ލިބޭތީ،"  ނަޝީދު ވިދާޅުވި އެވެ. 

އިރާނު ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް އެހީތެރިވުމުގެ ގޮތުން، ބައިނަލްއަގުވާމީ މާލީ ބާޒާރަށް ސުކޫކެއް ވިއްކައިގެން ފަންޑު ހޯދުމަށް ބީއެމްއެލް އިން އިންވެސްޓަރުންނާ ދަނީ ބައްދަލުކުރަމުންނެވެ. 

މާލީ އަދި އިގުތިސޯދީ ހަބަރުތައްް ގެނެސްދޭ ބްލޫމްބާގުގައި ބީއެމްއެލްގެ ޑައިރެކްޓާ ފޯ ފައިނޭންޝަލް ސްޓްރެޓެޖީ އެންޑް ޕްލޭނިން އަބްދުﷲ ހަސަންއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ބޭންކުން އަންނަނީ އޭޝިއާ، މެދުއިރުމަތި އަދި ޔޫރަޕްގެ ފަންޑް މެނޭޖަރުންނާ ބައްދަލުކޮށް، ޑޮލަރު ހޯދަން ވިއްކާ ސުކޫކަކާ ގޮތުން ހިޔާލު ހޯދަމުންނެވެ.

ބީއެމްއެލްއިން މަސައްކަތް ކުރަމުން އަންނަނީ 300 މިލިއަން ޑޮލަރު ހޯދުމަށެވެ. އެއީ ދިވެހި ސަރުކާރުން ގެރެންޓީ ދޭގޮތަށް ވިއްކާ ސުކޫކެކެވެ. އަދި، އިންވެސްޓަރުންނާ ބައްދަލުކުރުމުގެ ކަންކަން އިންތިޒާމްކުރަނީ ދުބާއީގެ މަޝްރިގް ބޭންކް މެދުވެރިކޮށެވެ.

އިރާނު ހަނގުރާމައިގެ ސަބަބުން އެ ބޭންކަށް ކާޑުތަކުން ޑޮލަރު ވަންނަ ވަރު ތިން ބައި ކުޅަ އެއްބައި މަދު ވެފައިވާ ކަމަށެވެ. އެގެ ސަބަބުން ބޭންކުން އަންނަނީ ޑޮލަރު ބޭރުވާ މިންވަރު މަދުކުރަން ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ވިޔަފާރިތަކުން ހަދާ ޓީޓީއަށް ޑޮލަރު ފޯރުކޮށްދިނުމުގައި ބައެއް ކޮންޓްރޯލްތައް ގެންގުޅުމާއި ބައެއް އީކޮމާސް ސައިޓުތަކަށް ޑެއިލީ ބަޖެޓެއް ކަނޑައެޅުން ހިމެނެ އެވެ. 

މިކަމާ ގުޅިގެން ކާޑުތަކުން ވިޔަފާރި ނުކުރެވި، އުނދަގޫތަކާ ކުރިމަތިވަމުން އަންނަ ކަމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ. ނަމަވެސް ބޭންކުން ވަނީ މިހާރު ލިމިޓުތައް ކަނޑައަޅާފަ ހުރި ސައިޓުތަކަުން ނޫނީ މި މައްސަލަ ދިމާނުވާނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox