ޓީމޫ އާއި ޝީން ފަދަ ސައިޓުތަކަށް ބީއެމްއެލްއިން ޑެއިލީ ބަޖެޓެއް ކަނޑައަޅަނީ

May 2, 2026, 8:15 PM
ބީއެމްއެލް އިމާރާތް - ފޮޓޯ: ހުސައިން ޝަޔާހް | އަދަދު

ބީއެމްއެލް އިމާރާތް - ފޮޓޯ: ހުސައިން ޝަޔާހް | އަދަދު

ދިވެހިން އެންމެ ގިނައިން ވިޔަފާރިކުރާ އީކޮމަސް ސައިޓުތަކުގެ ތެރޭގައި ޓީމޫ އާއީ ޝީން ފަދަ ސައިޓުތަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ވިޔަފާރިކުރުން މަދުކުރުމުގެ ގޮތުން ކޮންމެ ދުވަހަކަށް ބަޖެޓެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް އެ ބޭންކުން މިއަދު އިއުލާންކޮށްފި އެވެ،

ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ބަޖެޓު ތައާރަފުކުރާ ސަބަބެއް ކަމަށް އެ ބޭންކުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، މި ފިޔަވަޅު އަޅަނީ އަމިއްލަ ބޭނުންތަކަށް ދޫކޮށްފައިވާ ކާޑުތައް ވިޔަފާރިތަކަށް ތަކެތި ގަންނަން ބޭނުން ކުރަމުންދާތީ ކަމަށެވެ.

ޝަރީފު ވިދާޅުވީ މި ގޮތަށް އީކޮމާސް ސައިޓުތަކުން ވިޔަފާރިކުރާ މީހުންނަށް ނިސްބަތުން ވިއްކޭ ޑޮލަރުގެ އަދަދު މާ ގިނަ ކަމަށެވެ. މި ގޮތަށް އޮންނާތީ މަދު ބަޔަކަށް ގިނަ ޑޮލަރު ލިބި، އެހެން ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދޭން ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement

ބޭންކުން ބައެއް ސައިޓުތަކަށް ބަޖެޓެއް ކަނޑައެޅި ނަމަވެސް ޓީމޫ އާއި ޝީން ނޫން އިތުރު ސައިޓުތަކެއް ހިމެނޭ ކަމެއް ނޫނީ ދުވާލަކަށް ކަނޑައެޅި ބަޖެޓަކީ ކިހާ ވަރެއް ކަމެއް ޝަރީފް ވިދާޅެއް ނުވެ އެވެ.

"އެ ދުވަހަކަށް ކަނޑައެޅޭ ވަރެއް މިހާރަށް ވުރެ، އަޅުގަނޑުމެންގެ ބޭނުމަކީ މިހާރު މި އުފުލިގެންދާ ވަރުން މިހާރު އިތުރުވެގެން މި ކަންތައް، މި ސައިޓުތަކަށް އިތުރުވެގެންދާ ވަރު ކޮންޓްރޯލް ކުރުން،" އޭނާ ވިދާޅުވި އެވެ. 

ޝަރީފް ވަނީ މި ފިޔަވަޅު ނާޅައިފި ނަމަ، ކުރިއަށް އޮތް ތަނުގައި އެހެން ރައްޔިތުންނަށް ވެސް ދަތިކަމެއް ލިބިދާނެ ކަމަށެވެ. 

އީކޮމާސް ސައިޓުތަކަށް ވިއްކަން ޖެހޭ ޑޮލަރުގެ އަދަދު މަދުކުރުމުގެ ގޮތުން ބޭންކުން އެޅި އަނެއް ފިޔަވަޅަކީ، މަހެއްގެ މައްޗަށް ކޮންމެ ކަސްޓަމަރެއްގެ ރުފިޔާ ކާޑުން ހެދޭ ޓްރާންސެކްޝަންތަކުގެ (މުއާމަލާތްތަކުގެ) އަދަދު 30 އަށް ލިމިޓުކުރުމެވެ.

ބޭންކުން ބުނީ މިއަށް ވުރެ ގިނައިން މަހެއްގެ ތެރޭގައި ޓްރާންސެކްޝަން ހަދަނީ ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން ތިން ޕަސެންޓަށް ވުރެ ވެސް މަދު ކަސްޓަމަރުން ކަމަށެވެ. މިއީ ދުވާލަކަށް ކަނޑައަޅާފައިވާ ބަޖެޓު ހަމަހަމަ ގޮތެއްގައި ކަސްޓަމަރުންނަށް ބޭނުންކުރެވޭނެ ގޮތް ހަދަން ބޭންކުން ގެނައި ބަދަލެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox