އިމިގްރޭޝަނުގެ ޑޭޓާ ބީއެމްއެލްއަށް ދޭން ކަސްޓަމަރުންގެ ރުހުން އޮތް ކަމަށް ކާޑުތަކުގެ ޝަރުތުތައް ބަދަލުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކާޑު ބޭނުންކުރުމުގެ އުސޫލުތަކާއި ޝަރުތުތައް ބަދަލުކޮށްފައި: ބޭންކުން މި ބަދަލުތައް ގެނައީ އިމިގްރޭޝަން އެއްބަސްވުމަށް ކަސްޓަމަރުންގެ ރުހުން ހޯދަން --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކާޑު ބޭނުންކުރުމުގެ އުސޫލުތަކާއި ޝަރުތުތައް ބަދަލުކޮށްފައި: ބޭންކުން މި ބަދަލުތައް ގެނައީ އިމިގްރޭޝަން އެއްބަސްވުމަށް ކަސްޓަމަރުންގެ ރުހުން ހޯދަން --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ރާއްޖޭގައި ތިބި މީހުންގެ ކާޑުތައް ބޭރު ގައުމުތަކުގެ ޕީއޯއެސް މެޝިންތަކާއި އޭޓީއެމްތަކުގައި ބޭނުންކުރުން ހުއްޓުވަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިމިގްރޭޝަނުގެ މައުލޫމާތު ހޯދަން ރުހުން އޮތް ކަމަށް ބަޔާންކޮށް އެ ބޭންކުގެ ކާޑުތަކުގެ ޝަރުތުތައް ކުއްލިއަކަށް ބަދަލުކޮށްފި އެވެ. 

ބީއެމްއެލްގެ ޑެބިޓް ކާޑުތަކާއި ކްރެޑިޓު ކާޑުތަކުގެ "ޓާމްސް އެންޑް ކޮންޑިޝަންސް" ގައި އެ ބޭންކުން ބަދަލު ގެނައީ "ޑިސްކްލޯޝާ އޮފް އިންފޮމޭޝަން" މާއްދާއަށެވެ. މިއީ މައުލޫމާތު ހާމަކުރުމާއި ހިއްސާކުރުމާ ގުޅޭ މާއްދާ އެވެ.

މި މާއްދާގައި ކުރިން އޮންނަނީ ކާޑުގެ ވެރިފަރާތުން ބޭންކަށް ފޯރުކޮށްދީފައިވާ މައުލޫމާތެއްގެ ސައްހަކަން، ބޭންކަށް ފެންނަ ކޮންމެ ވަސީލަތެއް ނުވަތަ މަސްދަރެއް މެދުވެރިކޮށް ކަށަވަރުކުރުމުގެ އިހުތިޔާރު ބޭންކަށް ދެވިގެންވާ ކަމަށެވެ.

Advertisement

ޝަރުތުތަކަށް ގެނައި ބަދަލުގައި، މި މާއްދާއަށް ޖުމްލައެއް އިތުރުކޮށް ބުނެފައި އައިޑީ ކާޑު ޔުނިޓާއި އިމިގްރޭޝަން ހިމެނޭހެން، ސަރުކާރުގެ އިދާރާތަކުން ކާޑުގެ ވެރިފަރާތާ ގުޅޭ މައުލޫމާތު ހޯދުމަށާއި ކަށަވަވަރުކުރުމުގެ ފުރިހަމަ އިހުތިޔާރު ކާޑުގެ ވެރިފަރާތުން ބޭންކަށް ދީފައިވާ ކަމަށެވެ.

ރާއްޖޭގައި ތިބި މީހުންގެ ކާޑުތައް ބޭރުގައި ބޭނުންނުކުރެވޭ ގޮތް ހަދަން ބީއެމްއެލްއިން އިމިގްރޭޝަނާ ގުޅިއްޖެ

ބީއެމްއެލްއިން މި ފިޔަވަޅު އެޅީ، ކާޑުތަކުގެ ލިމިޓުތައް މަތިކުރި ފަހުން، އެކި މީސްމީހުންގެ ކާޑުތައް ހިފައިގެން ގޮސް އެ ކާޑުތައް ބޭނުންކުރާ މައްސަލަ ފާހަގަވިތާ މަސްތަކެއް ފަހުން، އިރާނު ހަނގުރާމައާ ހެދި ޑޮލަރު ތާށިކަން އިހުނަށް ވުރެ އިތުރުވެފައިވާ ދަނޑިވަޅެއްގައި.

ޑިސްކްލޯޝާ މާއްދާއަށް ގެނައި ބަދަލުން ފާހަގަވާ ގޮތުގައި އިމިގްރޭޝަން ފަދަ ތަންތަނުން މައުލޫމާތު ހޯދަން ރުހުން ދިނުމުގެ އިތުރުން، މި ގޮތަށް މައުލޫމާތު ހޯދައިގެން ކާޑުގެ ވެރިފަރާތުގެ އެކައުންޓާއި ޓްރާންސެކްޝަންތައް މެދުނުކެނޑި މޮނިޓާކުރަން ވެސް ރުހުންދޭން ޖެހެ އެވެ. އެ މާއްދާގެ އިބާރާތް ކުރިން އޮތް ގޮތުން މޮނީޓާކުރަނީ ކޮންމެވެސް ކަމަކާ ގުޅުވަ، މިސާލަކަށް ކާޑު އާ ކުރާއިރު، އެވެ. 

މި ގޮތަށް މޮނީޓާކުރާ ބޭނުންތަކުގެ ގޮތުގައި އޮތީ ޑިއު ޑިލިޖެންސްގެ ބޭނުންތަކަށާއި ގަވާއިދުތަކަށް ބޯލެނބުމަށާއި، މަކަރާއި ހީލަތް ހުއްޓުވުމާއި، ހިރާސް މެނޭޖުކުރުމަށާއި، ކާޑުގެ ވެރިފަރާތުގެ އެކައުންޓާއި މުއާމަލާތްތައް "މެދުނުކެނޑި" މޮނިޓާކުރުމެވެ.

ކާޑުގެ ޝަރުތުތަކާއި އުސޫލުތަކުގެ ހަ ވަނަ މާއްދާ ކުރިން އޮތް ގޮތް (ވ) އަދި މިހާރު އޮތް ގޮތް (ކ)
ކާޑުގެ ޝަރުތުތަކާއި އުސޫލުތަކުގެ ހަ ވަނަ މާއްދާ ކުރިން އޮތް ގޮތް (ވ) އަދި މިހާރު އޮތް ގޮތް (ކ)

ބީއެމްއެލްއިން ކަސްޓަމަރުންނާ މުއާމަލާތު ނުކޮށް ކާޑުތަކުގެ ޝަރުތުތަކަށް ބަދަލު ގެނައިއިރު، މިއީ އެ ޝަރުތުތަކުގައި އޮންނަ ގޮތުން ބޭންކުގެ އިހުތިޔާރުގައި އޮންނަ ކަމެކެވެ. މި ޝަރުތުތަކަށް އެއްބަސްނުވާނަމަ ކާޑު ބޭނުންކުރުން ހުއްޓާލައި، ބޭންކާ ހަވާލުކުރުމުގެ އިހުތިޔާރު ހުރިހާ ކަސްޓަމަރުންނަށް ލިބެ އެވެ. 

ބީއެމްއެލްއިން މިކަން ކޮށްފައި މިވަނީ، އިމިގްރޭޝަނުން އެ ބޭންކާ މައުލޫމާތު ހިއްސާކުރުމާ ގުޅޭ ބޮޑު ބަހުސެއް ކުރިއަށް ދަނިކޮށެވެ. މިކަމާ ދެކޮޅު މީހުން ގަބޫލުކުރާ ގޮތުގައި އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު އެ މީހެއްގެ ރުހުމަކާ ނުލާ ތިން ވަނަ ފަރާތަކާ ހިއްސާކުރުމަކީ ބޮޑު ގޯހެއް، އަދި ގާނޫނާ ހިލާފު ކަމަކެވެ. 

ހުއްދަ ނުހޯދައި ޒާތީ މައުލޫމާތު ބީއެމްއެލްއާ ހިއްސާކުރާތީ އާންމުންގެ ކަންބޮޑުވުމާއި ފާޑުކިޔުން

ބީއެމްއެލްގެ ކާޑު ލިމިޓް ބޭނުންކުރެވޭނީ ރާއްޖޭން ބޭރަށް ފުރުމުން ކަމަށް ކަނޑައަޅައި، އިމިގްރޭޝަނާ ގުޅިގެން މީހުންގެ ދަތުރުފަތުރުގެ މައުލޫމާތު ބޭންކަށް ލިބޭ ގޮތް ހެދުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ކަސްޓަމަރުންގެ ހުއްދައެއް ނެތި ޒާތީ މައުލޫމާތަށް އަރައިގަތުމެއް ކަމަށާއި، މި ބަދަލުގެ ސަބަބުން ބޭންކުގެ ކަސްޓަމަރުން ނޫން މީހުންގެ މައުލޫމާތު ވެސް ބޭންކަށް އެނގުމުގެ ފުރުސަތު އޮންނާނެ އެވެ.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބީއެމްއެލް އާއި އިމިގްރޭޝަނުގެ މައުލޫމާތު ބަދަލުކުރުގެ ނިޒާމު ރާވާފައި ވަނީ ބޭރު ގައުމުގެ އޭޓީއެމްއެއް ނުވަތަ ޕީއޯއެސް މެޝިނަކުން ކާޑު ބޭނުންކުރުމުން، ބޭންކުގެ ސިސްޓަމްތަކުން އެ މީހާ ރާއްޖޭގައި ހުރިތޯ ނުވަތަ ނޫންތޯ ކަށަވަރުކުރަން އިމިގްރޭޝަނުގެ ސިސްޓަމަށް މެސެޖެއް ފޮނުވާ ގޮތަށެވެ. އެ ހިސާބުން އިމިގްރޭޝަނުން ކަށަވަރުކޮށްދެނީ އެ މީހާ ހުރީ ރާއްޖޭން ބޭރުގައި ނުވަތަ ރާއްޖޭގައި ކަމެވެ. 

ބީއެމްއެލްއިން މި ފިޔަވަޅު އެޅީ، ކާޑުތަކުގެ ލިމިޓުތައް މަތިކުރި ފަހުން، އެކި މީސްމީހުންގެ ކާޑުތައް ހިފައިގެން ގޮސް އެ ކާޑުތައް ބޭނުންކުރާ މައްސަލަ ފާހަގަވިތާ މަސްތަކެއް ވޭތުވީ ފަހުން، އިރާނު ހަނގުރާމައާ ހެދި އިހުނަށް ވުރެ ޑޮލަރު ތާށި ބޮޑުވުމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox