ޓައިމްލައިން ބާތިލްކުރަން ކޯޓަށް ހުށަހެޅި މައްސަލައާ ނަޝީދާ ގުޅުމެއް ނެތް ކަމަށް ބުނެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ޗެއާޕާސަން އިންތިހާބުގެ ޓައިމްލައިން ބާތިލުކުރަން ހުށަހެޅުއްވީ އެމަނިކުފާނުގެ ފަރާތުން ނޫން ކަމަށް ވަނީ ބުނެފައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ޗެއާޕާސަން އިންތިހާބުގެ ޓައިމްލައިން ބާތިލުކުރަން ހުށަހެޅުއްވީ އެމަނިކުފާނުގެ ފަރާތުން ނޫން ކަމަށް ވަނީ ބުނެފައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަނަކު ހޮވުމަށް ބާއްވާ އިންތިހާބާ ގުޅޭގޮތުން އެ ޕާޓީން ނެރެފެފައިވާ އިންތިހާބުގެ ތާވަލު (ޓައިމްލައިން) ބާތިލުކުރުމަށް ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ހުށަހެޅުއްވި މައްސަލައެއް ނޫން ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ބުނެފި އެވެ. 

ޗެއާޕާސަން އިންތިހާބަށް ނަޝީދު ކަނޑައަޅުއްވާފައިވާ ތަރުޖަމާނު އަބްދުﷲ ވަހީދު އެކްސް ގައި ވިދާޅުވީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ނަޝީދުގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. 

"އެމްޑީޕީގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް މިއަދު ހުށަހެޅި މައްސަލައަކީ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް. އެބާވަތަށް ދޮގު ހަބަރު ފެތުރުން ކުށްވެރިކުރަން،" އޭނާ ވިދާޅުވި އެވެ. 

މިފަދަ ދޮގު ވާހަކަ ފެތުރުމަކީ، ވަހީދު ވިދާޅުވި ގޮތުގައި، އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަށް އޮންނަ އިތުބާރު ގެއްލި، އެތެރޭގެ މަސްލަހަތަށް ހިޔަނި އެޅޭނެ ކަމެއް ކަމެކެވެ. އަދި، މި ކަމުގައި ނަޝީދުގެ ކެމްޕެއިން ޓީމުން ގެންގުޅޭ ސްޓޭންޑް ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވީ، އެ މީހުން އެދެނީ ވީހާވެސް އަވަހަށް އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ލިބުމަށް ކަމަށެވެ. 

ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވާ ގޮތުގައި ޗެއާޕާސަން އިންތިހާބު ބޭއްވުމަށް ކުރި އިއުލާނަކީ ނަޝީދުގެ ކެމްޕޭން ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް ކޮށްފައިވާ އިއުލާނެކެެވެ. އަދި އެއީ ޕާޓީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާއާ ސީދާ ހިލާފު އިއުލާނެއް ކަމަށް މައްސަލާގައި ބުނެފައިވެ އެވެ.

އެމްޑިޕީ ޗެއާޕާސަން އިންތިހާބުގެ ޓައިމްލައިން ބާތިލުުކުރަން ސިވިލް ކޯޓަށް މައްސަލައެއް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ އިއުލާނާއި ތާވަލު، ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ކަމަށް ބުނެ ބާތިލުކުރުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. ގާނޫނީ ވަކީލު އަބްދުالله ޝާއިރު ހުށަހެޅި މި މައްސަލާގައި ބުނެފައިވަނީ، އިންތިހާބުގެ ކަންކަން ހިންގަންވާނީ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ ބެލުމުގެ ދަށުން ކަމަށެވެ.

އެ މާއްދާގައި ބުނާ ގޮތުން ޗެއާޕާސަން އިންތިހާބުގެ އެންމެހާ ކަމެއް ކުރަން ޖެހެނީ އެ ޕާޓީގެެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ ބެލުމުގެ ދަށުންނެވެ. މައްސަލާގައި އެދިފައި ވަނީ ވެސް އިންތިހާބާ ގުޅޭ އެންމެހައި ކަންކަން ރާވައި ހިންގުމުގެ މަސްއޫލިއްޔަތު އޮންނަންވާނީ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.

މީގެ ކުރިން 2017 އަދި 2021 ވަނަ އަހަރު ބޭއްވުނު އިންތިހާބުތަކުގައިވެސް ޗެއާޕާސަން އިންތިހާބުގެ ކަންކަން ހިންގުމުގެ ބާރު އޮތީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށް ކަމަށް ދައުވާގައި ބަޔާންކޮށްފައިވެ އެވެ.

މިފަދަ މައްސަލައެއް ސިވިލް ކޯޓަށް ވައްދާފައިވައިރު އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ ފަރާތުން ވަނީ ޗެއާޕާސަންގެ މަގާމަށް ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ފަހު އިއުލާންކޮށްފަ އެވެ.

އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ޝަރުތު ހަމަވާކަމަށް ކަނޑައެޅީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އަދި ލ. ފޮނަދޫއަށް ނިސްބަތްވާ އިބްރާހިމް މުހައްމަދު (ވާޑު) އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox