ވައިޓް ހައުސް ބޭރުގައި ބަޑީގެ ކުރިމަތިލުންތަކެއް، ހަމަލާދިން މީހާ އާއި ކުއްޖަކަށް އަނިޔާވި

May 5, 2026, 8:35 AM
އެމެރިކާގެ ސީކްރެޓް ސާވިސްގެ އިންވެސްޓިގޭޓަރަކު ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަނީ. -- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ސީކްރެޓް ސާވިސްގެ އިންވެސްޓިގޭޓަރަކު ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަނީ. -- ފޮޓޯ: ރޮއިޓާސް

ވައިޓް ހައުސް ކައިރިން ހަތިޔާރު އަޅައިގެން ހުރި "ޝައްކުކުރެވޭ މީހަކު" ފެނިގެން އެމެރިކާގެ ސީކްރެޓް ސާވިސްގެ އޮފިސަރުން އެމީހާއާ ކުރިމަތިލާފައިވާ ކަމަށާއި، އެމީހާ އޮފިސަރުންނަށް ބަޑިން ހަމަލާދިނުމަށްފަހު ފިލަން އުޅެނިކޮށް ސަލާމަތީ ބާރުތަކުން ބަޑިޖަހައި އޭނާ ޒަހަމްކޮށްލާފައިވާ ކަމަށް އެ އިދާރާއިން ހޯމަ ދުވަހު ބުނެފި އެވެ.

މި ހާދިސާއާ ގުޅިގެން ވައިޓް ހައުސް ވަގުތީ ގޮތުން ބަންދުކުރި އެވެ. 

ވައިޓް ހައުސް ކޮމްޕްލެކްސްގެ ބޭރު ބަލަހައްޓަމުންދިޔަ އެޖެންޓުންނަށް ފެނުނު އެ މީހާއަކީ، ސީކްރެޓް ސާވިސްގެ ޑެޕިއުޓީ ޑައިރެކްޓަރު މެތިއު ކުއިން ވިދާޅުވި ގޮތުގައި "އަތުގައި ބަޑިއެއް ގެންގުޅޭ ކަމަށް ޝައްކުކުރެވުނު މީހެކެވެ."

އެ މީހާ ފެނުނު ވަގުތު އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ބެލިއިރު، އޭނާގެ އަތުގައި ބަޑިއެއް އޮތްކަން ފާހަގަކުރެވުނު ކަމަށް ކުއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވި އެވެ.

ސީކްރެޓް ސާވިސްގެ އޮފިސަރުން އެ މީހާއާ ކައިރިވުމުން، އޮފިސަރުންނާ ދިމާލަށް ބަޑިޖެހުމަށްފަހު ފިލަން މަސައްކަތްކޮށްފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުއިން ވިދާޅުވި އެވެ.

ކުއިން އިތުރަށް ވިދާޅުވީ، ސީކްރެޓް ސާވިސްގެ އޮފިސަރުން ރައްދުގައި ދިން ހަމަލާތަކުގައި ތުހުމަތުކުރެވޭ މީހާގެ ގަޔަށް ވަޒަން އަރައި ޒަހަމްވުމާ ގުޅިގެން، އޭނާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

މި ހާދިސާ ހިނގުމުގެ ކުޑަވަގުތުކޮޅެއް ކުރިން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްގެ މޮޓޯކޭޑް އެ ސަރަހައްދުން ދަތުރުކުރި ކަމަށް ކުއިން ވިދާޅުވި އެވެ. ނަމަވެސް، ތުހުމަތުކުރެވޭ މީހާ ނައިބު ރައީސްގެ މޮޓޯކޭޑަށް ހަމަލާދޭން އުޅުނުކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ސީކްރެޓް ސާވިސްގެ ޑެޕިއުޓީ ޑައިރެކްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ތުހުމަތުކުރެވޭ މީހާ ފޮނުވާލި ވަޒަނެއް އެ ސަރަހައްދުގައި ހުރި ކުޑަކުއްޖެއްގެ ގަޔަށް އަރާފައިވާ ކަމަށާއި، އެ ކުއްޖާއަށް ލިބުނު އަނިޔާތަކަކީ ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތަކެއް ނޫން ކަމަށް ކުއިން ވިދާޅުވި އެވެ. އެ ކުއްޖާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ކުއިން ވިދާޅުވި ގޮތުގައި އެ މީހާ ހުރީ ވައިޓް ހައުސް ކޮމްޕްލެކްސްގެ އެތެރޭގެ ސަރަހައްދެއްގައެއް ނޫނެވެ.

ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަންގެ ރޭގަނޑުގެ ފަރިއްކޮޅުގެ ތެރޭގައި މިދިޔަ މަހުގެ ފަހުކޮޅު ހިނގި ބަޑިޖެހުމުގެ ހާދިސާއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާއިރު، އެމެރިކާގެ ވެރިރަށުގެ ސަލާމަތީ ބާރުތައް މި ދުވަސްވަރު އޮތީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.

ހޯމަ ދުވަހުގެ މި ހާދިސާއަކީ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ފަހަކަށް އައިސް ކުރަމުންދާ "އެހެން މަސައްކަތްތަކާ" ގުޅުންހުރި ކަމެއްތޯ ކުއިންއާ ސުވާލުކުރެވުނެވެ. މި ހާދިސާ ހިނގިއިރު ޓްރަމްޕް ހުންނެވީ ވައިޓް ހައުސްގެ އެތެރޭގަ އެވެ.

"މިއީ ސީދާ ރައީސަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގޭ، ނަމަވެސް އަޅުގަނޑުމެން އެކަން ހޯދާނަން،" ކުއިން ވިދާޅުވި އެވެ.

ސީކްރެޓް ސާވިސްގެ ޑެޕިއުޓީ ޑައިރެކްޓަރު ވަނީ ޝައްކުކުރެވޭ މީހާގެ އަތުން ހަތިޔާރެއް ފެނިފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް އެއީ ކޮން ކަހަލަ ހަތިޔާރެއް ކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox