ޓްރަމްޕްގެ ފުރާނައަށް އިންޒާރު ދިން ތުހުމަތުގައި އެފްބީއައިގެ ކުރީގެ ޑިރެކްޓަރުގެ މައްޗަށް ދައުވާ

Apr 29, 2026, 12:32 PM
ފޮޓޯ: އޭޕީ

ފޮޓޯ: އޭޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރާނައަށް ނުރައްކާވާ ފަދަ އިންޒާރެއް ދިން ކަމުގެ ތުހުމަތުގައި، އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ޖޭމްސް ކޯމީގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި އެވެ. މި ދައުވާ އުފުލާފައިވަނީ މީސްމީޑިއާގައި އޭނާ ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ.

މިދިޔަ އަހަރު އޭނާ އިންސްޓަގްރާމްގައި އާންމުކުރި އެ ފޮޓޯއިން ފެންނަނީ އަތިރިމަތީގައި ހުރި ބޮލިތަކަކުން "86 47" މި ނަންބަރުތައް ޖަހާފައިވާ މަންޒަރެވެ. "އެއިޓީ-ސިކްސް" (86) އަކީ އެއްޗެއް ބޭރުކޮށްލުން ނުވަތަ ނައްތާލުމަށް ނުރަސްމީކޮށް ބޭނުންކޮށް އުޅޭ ބަހެކެވެ.

އެ ފޮޓޯގައިވާ ނަންބަރުތަކުގެ މާނައެއް އެނގިވަޑައިނުގަންނަވާ ކަމަށް ކޯމީ ވިދާޅުވި ނަމަވެސް، ރައީސް ޓްރަމްޕާއި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަނީ އެއީ އެމެރިކާގެ 47 ވަނަ ރައީސަށް ދިން އިންޒާރެއް ކަމަށެވެ.

މި ދައުވާތަކަށް ރައްދު ދެއްވަމުން ކޯމީ ވިދާޅުވީ، އޭނާއަކީ އަދިވެސް ކުށެއް ނެތް މީހެއް ކަމަށާއި، އެއްވެސް ބިރެއް ނެތް ކަމަށެވެ. އަދި މިނިވަން ޝަރުއީ ނިޒާމަށް އަދިވެސް އިތުބާރު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުވާތައް އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްބީއައިގެ މިހާރުގެ ޑިރެކްޓަރު ކާޝް ޕަޓޭލް ވިދާޅުވީ، ކޯމީއަކީ އެ އިދާރާގެ ކުރީގެ ޑިރެކްޓަރަށް ވީތީ، އެފަދަ ފޮޓޯއެއް އާންމުކުރުމުން ނުކުމެދާނެ ނަތީޖާއާއި އޭގެ ސަބަބުން ސަމާލުކަން ހުއްޓޭނެ މިންވަރު އޭނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ކާޝް ޕަޓޭލް އިތުރަށް ވިދާޅުވީ، ޖޭމްސް ކޯމީ ވަނީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓި، ރައީސް ޓްރަމްޕްގެ ފުރާނައަށް ނުރައްކާވާ ފަދަ އިންޒާރަކަށް ހިތްވަރުދީ، މުޅި ދުނިޔެއަށް ފެންނާނެހެން އެ ފޮޓޯ އިންސްޓަގްރާމްގައި އާންމުކޮށްފައި ކަމަށެވެ.

ދެހާސް ސޯޅަވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާއިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ފެއްޓެވުމާ ގުޅިގެން، ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ކޯމީ މަގާމުން ވަކިކުރެއްވި އެވެ.

އޭގެ ފަހުން ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ކޯމީގެ މައްޗަށް ދައުވާ ކުރުމަށް ގޮވާލައްވަމުންނެވެ. އަންގާރަ ދުވަހު އުފުލި މި ދައުވާތަކަކީ މި ސަރުކާރުން އޭނާގެ މައްޗަށް ދައުވާ ކުރަން ކުރި ދެވަނަ މަސައްކަތެވެ.

ގާނޫނީ ބައެއް މާހިރުން ވިދާޅުވާ ގޮތުގައި މި ދައުވާތަކުގައި އެއްވެސް ބުރަދަނެއް ނެތެވެ. އަދި މިއީ ޓްރަމްޕްގެ ސިޔާސީ ވާދަވެރިންނަށް އަމާޒުކޮށްގެން ޖަސްޓިސް ޑިޕާޓްމަންޓުން ކުރާ މަސައްކަތެއް ކަމަށް ބުނެ ސުވާލުތައް ވަނީ އުފެދިފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުވެސް ފެޑަރަލް ގްރޭންޑް ޖޫރީއަކުން ވަނީ ކޯމީގެ މައްޗަށް ދައުވާ އުފުލާފަ އެވެ. އެ ފަހަރު ދައުވާ ކުރީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކޮންގްރެސްގައި ހެކިބަސް ދެއްވަމުން ދޮގު ހެއްދެވި ކަމަށާއި، ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުއްވި ކަމަށް ބުނެ އެވެ.

އެ ދައުވާތައް އުފުލީ، ކޯމީ ހިމެނޭހެން ޓްރަމްޕްގެ ސިޔާސީ ވާދަވެރިންގެ މައްސަލަތައް ވަރުގަދައަށް ތަހުގީގު ކުރުމަށް ގައުމުގެ އެންމެ އިސް ގާނޫނީ އޮފިޝަލަށް ޓްރަމްޕް ގޮވާލެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

އޮކްޓޯބަރު މަހު ބޭއްވި ކުރު އަޑުއެހުމެއްގައި ކޯމީ ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވާފަ އެވެ. އެ މައްސަލަ ނޮވެމްބަރު މަހު ވަނީ ބޭރުކޮށްލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox