އެމެރިކާގެ ބޭސްތަކަށް ބޮންއަޅަން ހިތްވަރު ދެއްވައި މުއިއްޒު ދެއްކެވި ވާހަކަ އިރުތިޝާމް އެމެރިކާއަށް ސާފުކޮށް ދެއްވައިފި

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ހިތްވަރުދެއްވައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ، އެމެރިކާ ސަރުކާރުން ދެކުނާއި މެދުތެރޭ އޭޝިއާގެ ގައުމުތަކަށް  ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު، ސާޖިއޯ ގޯ އަށް ދިވެހި ސަރުކާރުން ތަފުސީލުކޮށްދީ ސާފުކޮށްދީފި އެވެ.

ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއާ (އެސްސީއޭ)ގެ ރަސްމީ އެކައުންޓުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު، އިރުތިޝާމް އާދަމް އާއި ގޯ އަދި، އެސްސީއޭގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓްރީ، ބެތަނީ މޮރިސަންއާ ފޯނުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

އެ ކޯލުގައި، މިފަހުން މުއިއްޒު އެމެރިކާއާ ގުޅުވައި ދެއްކެވި ވާހަކަތައް އެ ބޭފުޅުންނަށް އިރުތިޝާމް އިތުރަށް ކިޔައިދެއްވައި ދޭހަކޮށްދެއްވި ކަމަށް އެ ޕޯސްޓުގައި ބުންޏެވެ.

"މި ފޯނު ކޯލުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދާދި ފަހުން ދައްކަވާފައިވާ ބައެއް ވާހަކަތައް ފޮރިން މިނިސްޓަރު ވަނީ ސާފުކޮށްދެއްވައިފަ،" އެ ޕޯސްޓުގައި ބުންޏެވެ.

އަރަބި ގައުމުތަކުގައި އެމެރިކާއިން ގާއިމުކޮށްފައިވާ އަސްކަރީ ބޭސްތަކަށް ހަމަލާދޭން ރައީސް ހިތްވަރު ދެއްވައިފި

"މި ހަނގުރާމަ ކުރާ ދެ ފަރާތަށް، އިރާނަށް ހަމަލާ ދޭ އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް އެ ސަރަހައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަން ނޭނގެ މިކަން ވާން ޖެހޭނެ ގޮތަކީ. އެއީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މަންދޫބު ގޯއަކީ އެމެރިކާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސް މެ އެވެ. އޭގެ އިތުރުން އޭނާއަކީ ޓްރަމްޕުގެ އެޑްވައިޒަރެކެވެ. އެމެރިކާގެ މީޑިއާތަކުގައި ލިޔެފައި ހުރި ވާހަކަތަކަށް ބަލާއިރު ގޯއަކީ ޓްރަމްޕު ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ލީޑަރެވެ.

އެމެރިކާއިން ގަލްފުގެ އަރަބި ގައުމުތަކުގައި ގާއިމުކޮށްފައިވާ އަސްކަރީ ބޭސްތަކަށް އިރާނުން ހަމަލާ ދިނުމަށް ރައީސް މުހައްމަދު މުއިއްޒު ހިތްވަރުދެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އަރަބި ގައުމުތަކުގެ ރައްޔިތުންނަށް ގެއްލުންނުވާ ގޮތަށް އެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް އިރާނުން ހަމަލާދިނުމަކީ އެމަނިކުފާނު ތާއީދު ކުރައްވާ ސިޔާސަތެއް ކަމަށެވެ.

"މި ހަނގުރާމަ ކުރާ ދެ ފަރާތަށް، އިރާނަށް ހަމަލާ ދޭ އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް [އަސްކަރީ ބޭސްތަކަށް] އެ ސަރަހައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަން ނޭނގެ މިކަން ވާން ޖެހޭނެ ގޮތަކީ. އެއީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އެ ވާހަކަތައް ދެއްކެވިއިރު، ގޯ އޮތީ މުއިއްޒުއާ ބައްދަލުކުރައްވަން އެޕޮއިންޓްމެންޓެއް ހަމަޖައްސައިފަ އެވެ. ނަމަވެސް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ހިތްވަރުދެއްވައި މުއިއްޒު ވާހަކަދެއްކެވުމާއެކު، ގޯ ވަނީ އެޕޮއިންޓްމެންޓް ކެންސަލް ކުރެއްވުމަށްފަހު ރާއްޖެއިން ފުރާވަޑައިގެންފަ އެވެ.

ބަހުގެ ހަމަލާތަކެއް ދިނުމުން މުއިއްޒުގެ ބައްދަލުވުން ކެންސަލް ކުރެއްވުމަށްފަހު ޓްރަމްޕުގެ މަންދޫބު ރާއްޖެއިން ފުރާވަޑައިގެންފި

ގޯ ފުރާވަޑައިގަތީ ހާރިޖީ ވަޒީރު އަބްދުﷲ ހަލީލު އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއާ ބައްދަލު ކުރެއްވުމަށްފަހު. ރައީސް މުއިއްޒުއާ ބައްދަލު ކުރައްވަން ވެސް އޭނާ އެޕޮއިންޓްމެންޓެއް ހަމަޖެއްސެވި. އެކަމަކު، ގޯ ފުރާވަޑައިގަތީ އެ ބައްދަލުވުން ކެންސަލް ކުރެއްވުމަށްފަހު.

ރާއްޖެއިން ފުރާވަޑައިގެންނެވިއިރު އޭނާ ރާއްޖޭގައި ހުންނަވަނިކޮށް މަރާލަން ގޮވާލި މައްސަލައެއް ވެސް ފެންމަތިވި އެވެ. ގޯ މަރާލަން ގޮވައިލީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި ހުސެއިން އަހުސަންގެ ނަމުގައި ހިންގާ އެކައުންޓަކުންނެވެ. ގޯ މަރާލަން ޖެހޭ ކަމަށް އެ އެކައުންޓުން ބުނީ ރާއްޖެއަށް ކުރައްވާ ދަތުރު އިއުލާނު ކުރި ދުވަހު އެވެ.

"އެންމެން ނުކުމެ ރަޖަމްކޮށް މަރާލަންވީ. ސާޖިއޯ ގޯ އެބަ ރާއްޖެ އާދޭ ދިވެހި ސަރުކާރާ ބައްދަލު ކުރަން. އޭނާއަކީ އެމެރިކާ މީހެއް،" އިނގިރޭސިން ކުރި ޕޯސްޓެއްގައި އެ އެކައުންޓުން ބުނެފައިވެ އެވެ.

އެސްސީއޭއިން މިރޭ ކުރި ޕޯސްޓުގައި ބުނީ، ދިވެހިރާއްޖެއިން އެމެރިކާއާއެކު ބަދަހި ގުޅުމެއް ބާއްވަން މުއިއްޒު ބޭނުންވެވަޑައިގަންނަވާ ކަމަށް އިރުތިޝާމް ވިދާޅުވި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox