ޓީމުތަކުގައި ޒުވާން ކުޅުންތެރިން ކުޅުވަން މަޖުބޫރުކުރާ ފީފާގެ ޕްރޮޕޯސަލެއް

Apr 30, 2026, 2:56 PM
ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް.

ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް.

ވެންކޫވާ، ކެނަޑާ (އޭޕްރީލް 30) - ކްލަބްތަކުގައި ޒުވާން ކުޅުންތެރިން  އުފައްދައި، މެޗުތަކުގައި ބޭނުންކުރުން ލާޒިމްކުރާ ގޮތަށް ބައްޓަންކުރުމަށްޓަކައި، ފީފާ އިން ޕްރޮޕޯސަލެއް ތައްޔާރުކޮށް މެމްބަރު ގައުމުތަކާ ހިއްސާކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

އެ ގޮތުން، ފީފާ އިން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ބުނެފައިވަނީ، ޓީމުތަކުން މެޗުތަކުގައި ކުޅޭއިރު، އަބަދުވެސް ދަނޑުމަތީގައި، ހޯމްގްރައުން 20 އަހަރުން ދަށުގެ ކުޅުންތެރިއަކު ހުންނަން ޖެހޭނެ ކަމަށެވެ. މާނަ އަކީ، ކްލަބްތަކުގެ ސިސްޓަމްތަކުގެ ތެރެއިން އަންނަ ޒުވާން ކުޅުންތެރިއަކު ޓީމުގައި އަބަދުވެސް ބޭނުންކުރުން ލާޒިމްކުރުމެވެ. 

ޓައިމްސް ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގަައި، ފީފާ އިން މި ބަދަލު ގެންނަން ބޭނުންވާ އެންމެ ބޮޑު ސަަބަބަކީ، ޒުވާން އުމުރުގައި ކުޅުންތެރިން ކްލަބްތަކަށް ގެންދިއުމަށް ފަހު، ސީނިއާ ޓީމާ ހަމައިން ފުރުސަތު ނުދީ އެ ކުޅުންތެރިން އެހެން ޓީމުތަކަށް ވިއްކާލައިގެން ވިޔަފާރި މޮޑެލަށް އިސްކަންދީގެން ގިނަ ކްލަބްތަކުން ޒުވާން ކުޅުންތެރިން ގެންގުޅޭތީ އެވެ. 

މި ކަންކަމަށް ރިއާޔަތްކޮށް، ފީފާގެ ޓެކްނިކަލް އަދި ފުޓްބޯލް ޑިވެލޮޕްމަންޓް ޓީމުން ޕްރޮޕޯސަލެއް ތައްޔާރުކުރީ ޒުވާން ކުޅުންތެރިން އުފައްދައި، ސީނިއާ ޓީމުން ވެސް ފުރުސަތު ދޭން ޖެހޭ ގޮތަށް ކަންކަން ލާޒިމްކޮށްފައިވާ މޮޑެލް އެއް ތައްޔާރުކުރުމަށެވެ. 

އެ ގޮތުން، ފީފާ އިން މިހާރު ފެޑެރޭޝަންތަކާއި މެމްބަރު ގައުމުތަކުން މި ކަަމަށް ދެކޭގޮތް، ނޫނީ ހިޔާލުތައް ހުށަހަޅަން އަންނަ އަހަރުގެ ފީފާ ކައުންސިލްގެ ބައްދަލުވުމާ ހަމައަށް ވަނީ މުހުލަތެއް ދީފަ އެވެ. އެކަމަކު، މި ވަގުތަށް ވެސް ފެންނަ ކަންކަމަށް ބަލާއިރު، ފީފާގެ މި ޕްރޮޕޯސަލް ގަވާއިދެއްގެ ސިފައިގައި ރަސްމީކޮށް ކަނޑައެޅިގެން ދިއުމަށް އޮތީ ހަނި ފުރުސަތެކެވެ. 

ރިޕޯޓްތައް ބުނާގޮތުން، މި ޕްރޮޕޯސަލަށް އެންމެ ބޮޑަށް ދެކޮޅު ހަދާނެ ކަމަށް ބެލެވެނީ، ޔޫރަޕްގެ ކްލަބްތަކުންނެވެ. ޔޫރަޕަކީ ދުނިޔޭގެ އެކި ބައްރުތަކުން ޒުވާން އުމުރުގައި ކުޅުންތެރިންތައް ގެންގޮސްގެން، ޑިވެލޮޕްކުރުމަށް ފަހު، އެެހެން ޓީމުތަކަށް ކުޅުންތެރިން ވިއްކައިގެން، ވިޔަފާރި މޮޑެލަށް ގިނަ ޒަމާންތަކެއް ވަންދެން ހިންގަމުން އަންނަ ކްލަބްތަކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox