ފީފާގެ ސަސްޕެންޝަނުން ސަލާމަތްވާން ނޭޕާލަށް އިތުރު މުހުލަތެއް

Apr 24, 2026, 11:05 AM
ނޭޕާލްގެ ފުޓްބޯޅަ ފެޑެރޭޝަން، އަންފާއާ ދެކޮޅަށް މިދިޔަ އަހަރު ޑިވިޝަން އޭގެ ކްލަބްތަކުން ޝުއޫރުފާޅުކުރަނީ.

ނޭޕާލްގެ ފުޓްބޯޅަ ފެޑެރޭޝަން، އަންފާއާ ދެކޮޅަށް މިދިޔަ އަހަރު ޑިވިޝަން އޭގެ ކްލަބްތަކުން ޝުއޫރުފާޅުކުރަނީ.

ކަތުމަންޑޫ، ނޭޕާލް (އޭޕްރީލް 24) - ނޭޕާލްގެ ސްޕޯޓްސް ކައުންސިލުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން، އަންފާ ސަސްޕެންޑްކުރަން ނިންމާފައި އޮތް ނިންމުން އުވާލައި، ކަންކަން ހައްލުކުރަން އިތުރު މުހުލަތެއް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ދީފި އެވެ.

އަންނަ މަހުގެ ހަތަރެއްގެ ކުރިން މައްސަލަތަކަށް ހައްލެއް ނުލިބިއްޖެނަަމަ، ނޭޕާލަށް ފީފާގެ ސަސްޕެންޝަނެއް އަންނާނެ އެވެ. މިއީ، ފީފާ އިން ނޭޕާލަށް މި ގޮތަށް ދިން ދެ ވަަނަ މުހުލަތެވެ. ނޭޕާލްގެ ސްޕޯޓްސް ކައުންސިލުން، އަންފާ، ތިން މަހަށް ސަސްޕެންޑްކުރަން ނިންމީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ސަސްޕެންޝަނުގެ ފުރަތަމަ މަސް މާދަމާގެ ނިޔަލަށް ހަމަވާނެ އެވެ. 

ނޭޕާލް ސްޕޯޓްސް ކައުންސިލް، އަންފާ، ފީފާ އަދި އޭއެފްސީގެ އޮފިޝަލުން ވަނީ މި މަހުގެ 13 ވަނަ ދުވަހު އޮންލައިންކޮށް ބައްދަލުވުމެއް ބާއްވައިފަ އެވެ.

ފީފާ އިން މިދިޔަ ބުދަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވަނީ، ފީފާ އާއި އޭއެފްސީން ލަފާދީފައިވާ ގޮތަށް، އަންފާ އަށް ތިން ވަނަ ފަރާތެއްގެ ނުފޫޒެއް ނެތި ކުރިއަށްދިއުމުގެ ފުރުސަތު ދީ، ފުޓްބޯޅަ އިންތިހާބު ކުރިއަށް ގެންދިއުމަށްޓަކައި ޖާގަ ދިނުމަށެވެ. އަދި، އެކަން ކުރުމަށްޓަކައި، ނޭޕާލް ސްޕޯޓްސް ކައުންސިލުން މިހާރު، އަންފާ އަށް ދީފައި އޮތް ސަސްޕެންޝަން އުވާލުމަށް ވެސް ފީފާ އިން ވަނީ އަންގައިފަ އެވެ.

ފީފާ އިން ނޭޕާލަށް މައްސަލަތައް ހައްލުކުރަން މުހުލަތެއް ދީފި

ނޭޕާލުގެ ނެޝަނަލް ސްޕޯޓްސް ކައުންސިލް އިން އެ ގައުމުގެ ފުޓްބޯޅަ އިދާރާ، އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ) ސަސްޕެންޑްކޮށްފައިވާއިރު، އެ މައްސަލަތައް ހައްލުކޮށް، އިންތިހާބުގެ ކަންކަން ކޮޅެއްގައި ޖެއްސުމަށް ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން އަންފާ އަށް ވަނީ މުހުލަތެއް ދީފަައި.

ފީފާ އިން މީގެ ކުރިން، ނޭޕާލް ސްޕޯޓްސް ކައުންސިލަށް ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ފޮނުވި ސިޓީގައި ހަތް ދުވަހުގެ މުހުލަތެއް ދީފަ އެވެ. އެކަމަކު، އެ މުއްދަތު ހަމަވިއިރު ވެސް ނޭޕާލް ސްޕޯޓްސް ކައުންސިލުން ފީފާގެ ނިންމުމަށް އިހުތިރާމްކޮށްފައިނުވެ އެވެ. އެކަމަކު، ފީފާ އިން މި ފަހަރު ދީފައިވާ އިރުޝާދާ އެއްގޮތަށް، ކަންތައްތައް ނުގޮސްފިނަމަ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ފަހުން، ނޭޕާލް ސަސްޕެންޑް ވާނެ ކަަމަށް ރިޕޯޓްތައް ބުނެ އެވެ. 

މީގެ ކުރިން، ބެލެވިފައި އޮތީ، މި މަހު 30 ވަނަ ދުވަހު، ކެނަޑާގެ ވެންކޫވާގައި ކުރިއަށްދާ ފީފާގެ 76 ވަނަ ކޮންގްރެސްގައި ނޭޕާލަށް ސަސްޕެންޝަނެއް އަންނާނެ ކަމަށެވެ. އެކަމަކު، އޭއެފްސީ އާއި ފީފާ އިން ނޭޕާލަށް އިތުރު މުހުލަތެއް ދިނުމާ އެކު، ކޮންގްރެސްގައި ނޭޕާލްގެ ސަސްޕެންޝަނާ މެދު ގޮތެއް ނުނިންމާނެކަން ވަނީ ކަށަވަރުވެފަ އެވެ.

އެކަމަކު، ނޭޕާލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ނޭޕާލްގެ ސްޕޯޓްސް ކައުންސިލުން ފީފާގެ ނިންމުމާ އެއްގޮތަށް ކުރިއަށްދިއުމުގެ ފުރުސަތު ފެންނަނީ ކުޑަކޮށެވެ. އަދި، އަންފާގެ މިހާރުގެ ލީޑަޝިޕް ބޭނުންވާ ގޮތަށް، ނޭޕާލްގެ ފުޓްބޯޅައިގެ އިންތިހާބު އަވަހަށް ބާއްވަން ސްޕޯޓްސް ކައުންސިލުން ރުހުމެއް ނުދޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox