ރާއްޖޭން ބީޗްގޭމްސް އަށް ހާއްސަކޮށް ތައްޔާރުވެގެން ޕާފޯމަންސް އިތުރަށް ރަނގަޅުކުރެވޭނެ

ސަންޔާ ބީޗްގޭމްސްގެ ކޮންޓިންޖެންޓާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ސައްތާރު (މ) ވާހަކަ ދައްކަވަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް މީޑިއާ ޓީމު

ސަންޔާ ބީޗްގޭމްސްގެ ކޮންޓިންޖެންޓާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ސައްތާރު (މ) ވާހަކަ ދައްކަވަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް މީޑިއާ ޓީމު

ޗައިނާގެ ސަންޏާގައި ބޭއްވި އޭޝިއަން ބީޗް ގޭމްސްގެ ހަ ވަނަ މުބާރާތުގެ ތަޖުރިބާ އަށް ބަލާއިރު، އެނގިގެންދިޔައީ، ބީޗްގޭމްސް އަށް ހާއްސަކޮށް ތައްޔާރުވެގެން ޕާފޯމަންސް އިތުރަށް ރަނގަޅުކުރެވޭނެކަން ކަމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެ އެވެ. 

މި ފަހަރުގެ ބީޗްގޭމްސްގައި، ރާއްޖޭން ހަތަރު ކުޅިވަރަކުން ވާދަކުރި އެވެ. އެއީ، އެތުލެޓިކްސް، ސްވިމިން، ބީޗްވޮލީބޯޅަ އަދި ބީޗްހޭންޑްބޯޅަ އެވެ. ބީޗްހޭންޑްބޯޅަ އިން ފިރިހެން ޓީމު އެކަނި ވާދަކުރިއިރު، ދެން ހުރި ހުރިހާ ކުޅިވަރެއްގައި ދެ ޖިންސުގެ އެތުލީޓުން ވަނީ ވާދަކޮށްފަ އެވެ. 

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ސައްތާރު ވިދާޅުވީ، ދެން އޮތް ބީޗްގޭމްސް އޮތީ، 2028 ވަނަ އަހަރު ފިލިޕީންސްގެ ސެބޫގައި ކަމަށެވެ. އަދި، އެ މުބާރާތަށް އަންނައިރު، ރާއްޖޭގެ އެތުލީޓުންނަކީ ހާއްސަ ގޮތެއްގައި ބީޗް މުބާރާތްތަކަށް ތަމްރީނުވާ ބަޔަކަށް ވާން ޖެހޭ ކަމަށް ސައްތާރު ވަނީ ވިދާޅުވެފަ އެވެ. 

"އެ ކަމަށް ވަރަށް ތައްޔާރުވެގެން އަންނަ ބަޔަކަށް ވާން އެބަޖެހޭ، އަޅުގަނޑަށް އެ މަންޒަރު މި ފެނުނީ ބީޗް ހޭންޑްބޯޅަ އިން. އެއީ، ސީދާ އެކަމަށް ތައްޔާރުވެގެން އެކަމުގައި އުޅޭ، އެ ގޮތަށް އަޅުގަނޑުމެން އަޅުގަނޑުމެން މި ބޭނުންވަނީ އެހެން ޓީމުތައް ވެސް އެކަމަށް ވަކިން ބީޗް ގޭމްސް އަށް ތައްޔާރުވެގެން އަންނަންވީތަން، އޭގެ ޕަފޯމަންސް ހޭންޑްބޯލްގައި މި ފެނުނީ އެ، އެ ކަމަށް ތައްޔާރުވެގެން އަތުވެއްޖިއްޔާ އަޅުގަނޑުމެންގެ ޕަފޯމަންސް ރަނގަޅުކުރެވޭނެ، 100 ޕަސެންޓް ޔަގީން ހަމަ، މި އަށް ވުރެން މާ ރަނގަޅުކުރެވޭނެ،" ސައްތާރު ވިދާޅުވި އެވެ. 

އޭޝިއަން ބީޗްގޭމްސްގައި ރާއްޖެ އަށް ދެކުނު އޭޝިއާ ސަރަަހައްދުން ދެ ވަނަ

ޗައިނާގެ ސަންޔާ، ހައިނާން އައިލެންޑްގައި ކުރިއަށްދިޔަ ހަ ވަނަ އޭޝިއަން ބީޗް ގޭމްސްގެ ބީޗްހޭންޑްބޯޅަ އިވެންޓުގައި ވާދަކުރި ރާއްޖޭގެ ގައުމީ ފިރިހެން ބީޗްހޭންޑްބޯޅަ ޓީމު ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ދެ ވަނަ ވަނީ ލިބިފައި. މުޅި މުބާރާތުގެ ރޭންކިން އަށް ބަލާއިރު، ރާއްޖެ އަށް 14 ގައުމުގެ ތެރެއިން ލިބުނީ 10 ވަނަ.

އޭޝިއަން ބީޗް ގޭމްސް އެންމެ ފުރަަތަމަ ބާއްވާފައިވަނީ، އިންޑޮނޭޝިއާގެ ބާލީގައި 2008 ވަނަ އަހަރެވެ. އޭގެ ފަހުން، 2010 ވަނަ އަހަރު އޮމާނުގެ މަސްކަޓުގައި، 2012 ވަނަ އަހަރު ޗައިނާގެ ހައިޔާންގައި، 2012 ގައި ތައިލެންޑުގެ ޕުކެޓްގައި އަދި 2016 ވަަނަ އަހަރު ވިއެޓްނާމްގެ ދަނަންގަ އެވެ. އޭޝިއަން ބީޗް ގޭމްސްގެ ހަ ވަަނަ އެޑިޝަން ސަންޔާގައި ހޯސްޓްކުރަން ފުރަތަމަ ރޭވީ 2020 ވަނަ އަހަރު އެވެ. އެކަމަކު، އެ ފަހަރު ކޮވިޑާ ހެދި ލަސްވެ، ފަހުން އެކި ސަބަބުތަކާ ހެދި މުބާރާތް ނުބޭއްވިދިޔަ މުއްދަތު ދިގުލައިދިޔައީ އެވެ. 

ސަންޔާ ބީޗްގޭމްސްގައި މި ފަހަރު 45 ގައުމުން 1790 އެތުލީޓުން ވާދަކުރި ކަމަށް ގޭމްސް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދީފައިވެ އެވެ. މި ފަހަރުގެ ގޭމްސްގައި ހިމެނުނީ، 14 ކުޅިވަރަކުން 15 ޑިސިޕްލިން އަދި 62 އިވެންޓެވެ.

ރާއްޖޭގެ ބީޗްހޭންޑްބޯޅަ ޓީމުން ވަނީ ބަންގްލަދޭޝް އާއި މޮންގޯލިއާ ބަލިކޮށްފަ އެވެ. ފިރިހެން ބީޗްހޭންޑްބޯޅަ އިވެންޓުގައި ސާދަ ގައުމުގެ ރޭންކިން އަށް ބަލާއިރު، ރާއްޖެ 10 ވަނަ ދިޔައިރު، މިއީ، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް އެކަނި ބަލާނަމަ ދެ ވަނަ އެވެ. ރާއްޖޭގެ ބީޗްވޮލީ އަންހެން ޓީމުން ވަނީ ސީރިއާ ބަލިކޮށްފަ އެެވެ. 

ސައްތާރު ވިދާޅުވީ، ރާއްޖޭން. މި ފަހަރު ބީޗްގޭމްސްގައި ވާދަކުރި އެތުލީޓުންގެ ތެރޭގައި ޒުވާން އެތުލީޓުން ވެސް ހިމެނޭތީވެ، މި ފަހަރު މިި ލިބުނު ތަޖުރިބާއިން މުސްތަގުބަލުގައި ކަންކަން ރަނގަޅު ކުރަން ފުރުސަތު ފަހިވެފައި އޮންނާނެ ކަމަށެވެ. 

"ހާއްސަ ގޮތެއްގައި، ބީޗް އެތުލެޓިކްސް އާއި ބީޗް ސްވިމިންއާ. އޯޕަން ވޯޓާ ސްވިމިންގައި މި ބައިވެރިވީ ވަރަށް ޔަންގް ޓީމެއް، އެއީ، ހަމަ އަޅުގަނޑުމެންނަށް ލޯންގް ޓާމްގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް. މި އެކްސްޕީރިއަންސާ އެކު، ދެން އަޅުގަނޑުމެން ދާ ދިއުމުގައި، މި އަށް ވުރެން ރަނގަޅު ޕާފޯމަންސް ދެއްކޭނެ،" ސައްތާރު ވިދާޅުވި އެވެ. 

"ވަރަށް ފާހަގަކޮށްލަން ބޭނުންވޭ، ވޮލީގައި ވެސް ހަމަ ވަރަށް ރަނގަޅު ޔަންގް އެތުލީޓުންތަކެއް، އެވެސް ހަމަ، ވަރަށް ބޮޑު ކުރިއެރުމެއް ދެން އަންނަ މުބާރާތަަށް ލިބިގެންދާނެ ކަން ޔަގީން، ހާއްސަ ގޮތެއްގައި އަޅުގަނޑުމެންނަށް ފެނުނީ ބީޗްހޭންޑްބޯޅަ ދެއްކި ވަރަށް ރަަނގަޅު ކުޅުމެއްކަން، އަޅުގަނޑަށް ފެނުނީ މި ކޮޅަށް އައުމަށް ފަހު ވެސް އެ މީހުންގެ ޕަފޯމަންސް ވަރަށް ރަނގަޅުކުރިކަަން، އަޅުގަނޑަށް ހީވަނީ ވަރަށް ގިނަ ޓީމުތައް ސިއްސުވާލިހެން، ހޭންޑްބޯލް ޓީމު، އެހެންވީމަ އެ ބޭފުޅުންނަށް ވަރަށް ހާއްސަ ޝުކުރެއް، އަޅުގަނޑުމެން އަދާކުރަން،" 

ސައްތާރު ވަނީ، މި ފަހަރުގެ ބީޗްގޭމްސްގައި އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެ ކަންކަަމަކީ، ކުޅިވަރުގެ ކުރިއެރުމަށް މުުހިންމު ކަންކަމުގެ ގޮތުގައި ފާހަަގަކުރައްވައި ޝުކުރުއަދާކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox