އޭޝިއަން ބީޗްގޭމްސް: ފުރަތަމަ ދުވަހުގެ ނަތީޖާތަކުން ބީޗްހޭންޑްބޯޅަ ޓީމުގެ ކޯޗަށް އުންމީދު

ގައުމީ ބީޗްހޭންޑްބޯޅަ ޓީމުގެ ކޯޗު، އަފްގާނިސްތާންގެ ޒަބީއުﷲ އިސްލާމްޔާރު.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ގައުމީ ބީޗްހޭންޑްބޯޅަ ޓީމުގެ ކޯޗު، އަފްގާނިސްތާންގެ ޒަބީއުﷲ އިސްލާމްޔާރު.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ޗައިނާގެ ސަންޔާ، ހައިނާން އައިލެންޑްގައި ކުރިއަށްދާ، ހަ ވަނަ އޭޝިއަން ބީޗް ގޭމްސްގެ ބީޗްހޭންޑްބޯޅަ އިވެންޓުގައި، ރާއްޖޭން ފުރަތަމަ ދުވަހު ކުޅުނު ދެ މެޗުގެ ނަތީޖާ އަށް ބަލާއިރު، ރަނގަޅު ކަންކަން ފާހަގަކުރެވުނު ކަމަށާއި ކުރިއަށް ހުރި މެޗުތަކާ މެދު އުންމީދުގައި ހުރި ކަމަށް ގައުމީ ބީޗްހޭންޑްބޯޅަ ޓީމުގެ ކޯޗު، އަފްގާނިސްތާންގެ ޒަބީއުﷲ އިސްލާމްޔާރު ބުނެފި އެވެ. 

ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް ބަލިކުރީ 2-1 އިންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި، ބަންގްލަދޭޝް އާއި ރާއްޖޭގެ ފަރާތުން، ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، އެ ސެޓްގެ ފަހުކޮޅުގައި ބަންގްލަދޭޝްއިން ވަނީ ލީޑު ނަގައި، ލީޑު ފުޅާވެސް ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން އެ ސެޓު ބަންގްލަދޭޝްއިން ކާމިޔާބުކުރީ 12-21 އިންނެވެ. ފުރަތަމަ ސެޓު ރާއްޖެ އަތުން ދިޔަ ނަމަވެސް ދެ ވަނަ ސެޓުގައި ތަފާތު ދެއްކި އެވެ. އެ ސެޓު ރާއްޖޭން 26-23 އިން ގެންގޮސް، ޕެނަލްޓީ އަށް ދިޔަ އެވެ. މެޗު ޕެނަލްޓީ އަށް ގޮސް ރާއްޖެ މޮޅުވީ 7-4 އިންނެވެ.

އޭޝިއަން ބީޗް ގޭމްސް: ބީޗް ހޭންޑްބޯޅަ ޓީމުން ބަންގްލަދޭޝް ބަލިކޮށްފި

ޗައިނާގެ ސަންޔާ، ހައިނާން އައިލެންޑްގައި ކުރިއަށްދާ، ހަ ވަނަ އޭޝިއަން ބީޗް ގޭމްސްގެ ބީޗްހޭންޑްބޯޅަ އިވެންޓުގައި ރާއްޖޭގެ ބީޗްހޭންޑްބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ވަނީ މޮޅުވެފައި. މި އިވެންޓުގައި، ރާއްޖެ ހިމެނެނީ ގްރޫޕް ބީގަ އެވެ. އެއީ، އޮމާން، ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލެންޑް، ގަތަރު އަދި މޮންގޯލިއާއާ އެކުގައި.

ދެ ވަނަ މެޗުގައި ވަރުގަދަ ޖޯޑަން ކައިރިން ރާއްޖެ 2-0 އިން ބަލިވި ނަމަވެސް، އެމެޗުގައި ރަނގަޅު ވާދައެއްކޮށް، މޮޅަށް ކުޅެފައިވެ އެވެ. އެ ގޮުތުން، މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ވެސް ދާދި ހަމަހަމަކޮށް ފެނިގެން ގޮސްފައިވާ އިރު، ރާއްޖޭން ވަނީ ގިނަ ވަގުތު ސްކޯ އެއްވަރެއްގައި ހިފަހައްޓައިފަ އެވެ. އެ ގޮތުން، 6-6 ގައި ސްކޯ އެއްވަރުކޮށް ވެސް އޮތްއިރު، ފަހުކޮޅަށް ގޮސް، ޖޯޑަން އިން ރަނގަޅު ދަނޑިވަޅުގައި ސްކޯ ކޮށް، ސެޓު ގެންދިޔައީ 14-6 އިންނެވެ. ދެ ވަނަ ސެޓުގައި ރާއްޖެ އިތުރަށް ކުޅުން ރަނގަޅުކުރިއެވެ. ފަށައިގެން 6-0 ގެ ލީޑެއްގައިވެސް އޮތް އިރު، 8-6 އިންވެސް ލީޑު ކުރިއެވެ. އޭގެ ފަހުން، ސެޓުގެ ފަހު ބައިގައި ރާއްޖޭން އުންމީދީ ކުޅުމެއް ދެއްކި ނަމަވެސް މުހިންމު ވަގުުތުތަކުގައި ގޯސްތަކެއް ހެދިގެން، ސެޓު ގެއްލުނީ 16-13 އިންނެވެ.

"މިއަދު އަހަރެމެންގެ ދެ މެޗެއް މިދިޔައީ، ފުރަތަމަ މެޗުން އަހަރެމެން މޮޅުވީ، އަލްހަމްދުލިއްލާހި، ބަންގްލަދޭޝާ ދެކޮޅަށް، ދެ ވަނަ މެޗުގައި އަހަރެމެން (ޖޯޑަން އަތުން) ބަލިވީ ވަރަށް ހަނި ފަރަގަކުން. އަހަރެމެންނަށް އެ މީހުން ބަލިކުރެވޭނެ، އަހަރެެމެންނަށް ގޯސްތަކެއް ހެދިގެން ދިޔައީ. ދެ ޔަގީންކަމެއް ދެ ޓީމެއް ވާދަވެރިކޮށް ކުޅެން އަންނައިރު، އެއް ޓީމެއް މޮޅު، އަނެއް ޓީމު ބަލިވާނީ، އެކަމަކު އަހަރެމެންނަށް ދެން ފަހަރު ކާމިޔާބުވާނެ، އިންޝާﷲ،" އޮލިމްޕިކް ކޮމިޓީގެ މީޑިއާ ޓީމަށް ދިން އިންޓަވިއުގައި، އިސްލާމްޔާރު ބުންޏެވެ. 

ރާއްޖޭން ގްރޫޕްގައި ކުޅޭ ތިން ވަނަ މެޗުގައި ބުރާސްފަތި ދުވަހު މޮންގޯލިއާއާ ކުޅޭނެ އެވެ. އަދި، ހުކުރު ދުވަހު، އޮމާނާއި ތައިލެންޑާ ދެކޮޅަށް ކުޅޭ ދެ މެޗު އޮންނާނެ އެވެ. ހޮނިހިރު ދުވަހު، ޕާކިސްތާނާ ދެކޮޅަަށް ކުޅުމަށް ފަހު، ގްރޫޕްގެ ފަހު މެޗުގައި، އާދިއްތަ ދުވަހު ގަތަރާ ވާދަކުރާނެ އެވެ.

"މާދަމާ، އަހަރެމެންގެ ރެސްޓް ދުވަސް، އެއީ، އަހަރެެމެންނަށް ވަރަށް ރަނގަޅަށް ދިމާވެފައި އޮތް ކަމެއް. ދެން، އެ އަށް ފަހު، އޮތް މެޗަކީ މޮންގޯލިއާއާ ދެކޮޅަށް ކުޅޭ މެޗު، އިންޝާﷲ، 100 ޕަސެންޓް އަހަރެމެން މޮޅުވާނެ، އިންޝާﷲ، އެއީ އަަހަރެމެންނަށް ރަނގަޅުވާނެ މެޗެއް،" އިސްލާމްޔާރު ބުންޏެވެ. 

ސަންޔާ ބީޗްގޭމްސް އަށް ދިއުމުގެ ކުރިން ގައުމީ ބީޗްހޭންޑްބޯޅަ ޓީމުން ވަނީ ތައިލެންޑުގައި ޓްރެއިނިން ކޭމްޕެއް ކުރިއަށްގެންގޮސްފަ އެެވެ. މިއީ، ބައިނަލްއަގުވާމީ ގޭމްސްއެއްގައި ބީޗްހޭންޑްބޯޅަ ޓީމުގެ ފުރަތަމަ މުބާރާތެވެ. އަނެއްކޮޅުން، އިންޓަނޭޝަނަލް ތިން ވަނަ މުބާރާތެވެ. އެންމެ ފުރަތަމަ ބީޗްހޭންޑްބޯޅަ ޓީމުން ކުޅުނީ މިދިޔަ އަހަރުގެ މެއި މަހު އޮމާންގެ މަސްކަޓުގައި ބޭއްވި އޭޝިއާގެ ބީޗްހޭންޑްބޯޅަ މުބާރާތުގަ އެވެ. އަދި، އޭގެ ފަހުން، މިދިޔަ އަހަރު ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދިޔަ، ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ވާދަކޮށް ތިން ވަނަ ހޯދި އެެވެ. 

 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox