އޭޝިއަން ބީޗްގޭމްސްގައި ރާއްޖެ އަށް ދެކުނު އޭޝިއާ ސަރަަހައްދުން ދެ ވަނަ

Apr 30, 2026, 11:21 PM
ސަންޔާގައި ކުރިއަށްދިޔަ އޭޝިއަން ބީޗްގޭމްސްގައި ގައުމީ ބީޗްހޭންޑްބޯޅަ ޓީމުން ވަނީ ކުރިއެރުންތަކެއް ހޯދައިފައި.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ސަންޔާގައި ކުރިއަށްދިޔަ އޭޝިއަން ބީޗްގޭމްސްގައި ގައުމީ ބީޗްހޭންޑްބޯޅަ ޓީމުން ވަނީ ކުރިއެރުންތަކެއް ހޯދައިފައި.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ޗައިނާގެ ސަންޔާ، ހައިނާން އައިލެންޑްގައި ކުރިއަށްދިޔަ ހަ ވަނަ އޭޝިއަން ބީޗް ގޭމްސްގެ ބީޗްހޭންޑްބޯޅަ އިވެންޓުގައި ވާދަކުރި ރާއްޖޭގެ ގައުމީ ފިރިހެން ބީޗްހޭންޑްބޯޅަ ޓީމު ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ދެ ވަނަ ލިބިއްޖެ އެވެ. 

މުޅި މުބާރާތުގެ ރޭންކިން އަށް ބަލާއިރު، ރާއްޖެ އަށް 14 ގައުމުގެ ތެރެއިން ލިބުނީ 10 ވަނަ އެވެ. ރާއްޖެ އަށް ވުރެން މަތިން މި ސަރަހައްދުން ރޭންކުކުރެވުނީ، ޕާކިސްތާން އެވެ. ރާއްޖެ އަށް ވުރެން ފަހަތުން ނިންމި މި ސަރަހައްދުގެ ގައުމުތަކަކީ، ބަންގްލަދޭޝާއި ސްރީ ލަންކާ އެވެ. 

ރާއްޖޭން ފިރިހެން ބީޗްހޭންޑްބޯޅަ ޓީމު އެކަނި ވާދަކުރިއިރު، މި އިވެންޓުގަައި ޖުމްލަ އެކު، 14 ގައުމުން ވާދަކުރި އެވެ. 

Advertisement

ބީޗްހޭންޑްބޯޅަ އިވެންޓުގައި ފިރިހެން ބައިން ރަން މެޑަލް ހޯދީ އިރާން އެވެ. ދެ ވަނަ އަށް ގަަތަރު ދިޔައިރު، ލޯ މެޑަލް ހޯދީ ތައިލެންޑް އެވެ. ހަތަރު ވަނައިގައި ބަހުރޭން އޮތްއިރު، ފަސް ވަަނައިގައި އޮތީ އޮމާން އެވެ. ހަ ވަނައިގައި ޖޯޑަން އޮތްއިރު، ހަތް ވަނައިގައި އޮތީ ޕާކިސްތާން އެވެ. ޗައިނާ އަށް ވަނައިގައި، ފިލިޕީންސް ނުވަ ވަނައިގައި އޮތްއިރު، 10 ގައި އޮތީ ރާއްޖެ އެވެ. 

ފަހު ހަތަރަކަށް ބަލާއިރު، 11 ވަނައިގައި ބަންގްލަދޭޝް އޮތްއިރު، 12 ވަނައިގައި އޮތީ ހޮންގް ކޮންގް އެވެ. އަދި، އެ އަށް ފަހު ދެން އޮތީ ސްރީ ލަންކާ އާއި މޮންގޯލިއާ އެވެ. 

އަފްގާނިސްތާންގެ ކޯޗު، ޒަބީއުﷲ އިސްލާމްޔާރުގެ އިރުޝާދުގެ ދަށުން ގައުމީ ބީޗްހޭންޑްބޯޅަ ޓީމުން ބީޗްގޭމްސް އަށް ތައްޔާރުވީ، ތައިލެންޑުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. މިއީ، ރާއްޖޭގެ ބީޗްހޭންޑްބޯޅަ ޓީމުގެ ތިން ވަނަ ބައިނަލްއަގުވާމީ މުބާރާތެވެ. އެންމެ ފުރަތަމަ މިދިޔަ، އަހަރުގެ އޭޝިއާ މުބާރާތުގައި އޮމާންގައި ވާދަކުރިއިރު، އޭގެ ފަހުން، ހދ. ކުޅުދުއްފުށީގައި ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތެއް ހޯސްޓްކޮށް، ރާއްޖޭން ތިން ވަނަ ހޯދި އެވެ. 

މި ފަހަރުގެ އޭޝިއަން ބީޗްގޭމްސްގައި ރާއްޖޭން ވަނީ ބަންގްލަދޭޝާއި މޮންގޯލިއާ އަތުން މޮޅުވެފަ އެވެ. އެކަމަކު، ގަތަރު، ޖޯޑަން، ތައިލެންޑް، އޮމާން އަދި ޕާކިސްތާން އަތުން ވަނީ ބަލިވެފަ އެވެ.

މޮންގޯލިއާ އަތުން ފަހަތުން އަރައި މޮޅުވިއިރު، ބަންގްލަދޭޝް އަތުން މޮޅުވީ 2-1 އިންނެވެ. ބަންގްލަދޭޝް މެޗުގެ ނަތީޖާ ދިޔައީ، 12-21، 23-22 އަދި 7-4 އިންނެވެ. މޮންގޯލިއާ މެޗުގެ ނަތީޖާ ނުކުތީ، 13-11، 9-13 އަދި 6-8 އިންނެވެ. 

ބަލިވި މެޗުތަކަށް ބަލާއިރު، ޖޯޑަން އަތުން ބަލިވީ 14-06، 16-13 އިންނެވެ. އޮމާން އަތުން 22-10، 16-12 އިން ބަލިވިއިރު، ތައިލެންޑް އަތުން ބަލިވީ 22-12، 18-12 އިންނެވެ. ޕާކިސްތާން އަތުން 12-20، 12-18 އިން ބަލިވިއިރު، ވަރުގަދަ ގަތަރު އަތުން ބަލިވީ، 12-26، 12-18 އިންނެވެ. 

އޭޝިއަން ބީޗް ގޭމްސްގެ ހަ ވަަނަ އެޑިޝަން ސަންޔާގައި ހޯސްޓްކުރަން ފުރަތަމަ ރޭވީ 2020 ވަނަ އަހަރު އެވެ. އެކި ސަބަބުތަކާ ހުރެ މުބާރާތް ލަަސްވެ، މި ފަަހަރު ބޭއްވުނުއިރު، ރާއްޖޭން ވާދަކުރީ ބީޗްހޭންޑްބޯޅަ ޓީމުގެ އިތުރުން، ސްވިމިން ގައުމީ އެތުލީޓުންނާއި ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ އިތުރުން، އެތުލެޓިކްސް ގައުމީ ޓީމުންނެވެ. 

ސަންޔާ ބީޗްގޭމްސްގައި މި ފަހަރު 45 ގައުމުން 1790 އެތުލީޓުން ވާދަކުރި ކަމަށް ގޭމްސް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދީފައިވެ އެވެ. މި ފަހަރުގެ ގޭމްސްގައި ހިމެނުނީ، 14 ކުޅިވަރަކުން 15 ޑިސިޕްލިން އަދި 62 އިވެންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox