އޭޝިއަން ބީޗް ގޭމްސް: ބީޗް ހޭންޑްބޯޅަ ޓީމުން ބަންގްލަދޭޝް ބަލިކޮށްފި

Apr 21, 2026, 12:29 PM
ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗްގޭމްސްގައި ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ރާއްޖޭގެ ބީޗްހޭންޑްބޯޅަ ޓީމު ވަނީ މޮޅުވެފައި.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗްގޭމްސްގައި ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ރާއްޖޭގެ ބީޗްހޭންޑްބޯޅަ ޓީމު ވަނީ މޮޅުވެފައި.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ޗައިނާގެ ސަންޔާ، ހައިނާން އައިލެންޑްގައި ކުރިއަށްދާ، ހަ ވަނަ އޭޝިއަން ބީޗް ގޭމްސްގެ ބީޗްހޭންޑްބޯޅަ އިވެންޓުގައި ރާއްޖޭގެ ބީޗްހޭންޑްބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން މޮޅުވެއްޖެ އެވެ. 

 ބީޗް ހޭންޑްބޯޅަ އިވެންޓުގައި، ރާއްޖެ ހިމެނެނީ ގްރޫޕް ބީގަ އެވެ. އެއީ، އޮމާން، ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލެންޑް، ގަތަރު އަދި މޮންގޯލިއާއާ އެކުގަ އެވެ. 

ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް ބަލިކުރީ 2-1 އިންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި، ބަންގްލަދޭޝް އާއި ރާއްޖޭގެ ފަރާތުން، ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، އެ ސެޓްގެ ފަހުކޮޅުގައި ބަންގްލަދޭޝްއިން ވަނީ ލީޑު ނަގައި، ލީޑު ފުޅާވެސް ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން އެ ސެޓު ބަންގްލަދޭޝްއިން ކާމިޔާބުކުރީ 12-21 އިންނެވެ. ފުރަތަމަ ސެޓު ރާއްޖެ އަތުން ދިޔަ ނަމަވެސް ދެ ވަނަ ސެޓުގައި ތަފާތު ދެއްކި އެވެ. އެ ސެޓު ރާއްޖޭން 26-23 އިން ގެންގޮސްފައިވާ އިރު، ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ، ފަތުހުﷲ އާދަމް ވަނީ 10 ގޯލް ޖަހައިފަ އެވެ. އަދި، މުހައްމަދު ޝަމްނޫޒް ނައީމް ވަނީ 14 ގޯލް ޖަހައިފަ އެވެ. މެޗު ޕެނަލްޓީ އަށް ގޮސް މޮޅުވީ 7-4 އިންނެވެ. ޕެނަލްޓީގައި ރާއްޖޭގެ ކީޕަރު އަހުމީމް އަލީ ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ. 

Advertisement
ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗްގޭމްސްގައި ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ރާއްޖޭގެ ބީޗްހޭންޑްބޯޅަ ޓީމު ވަނީ މޮޅުވެފައި.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗްގޭމްސްގައި ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ރާއްޖޭގެ ބީޗްހޭންޑްބޯޅަ ޓީމު ވަނީ މޮޅުވެފައި.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މިދިޔަ އަހަރު ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދިޔަ، ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުން ރާއްޖޭން ލޯ މެޑަލް ހޯދީ ތިން ވަނަ ހޮވި މެޗުގައި ބަންގްލަދޭޝް އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެެގެންނެވެ. އެ މުބާރާތުގެ ލީގު ބުރުގައި ޕެނަލްޓީ ޝޫޓްއައުޓަށް ގޮސްގެން ބަންގްލަދޭޝް އަތުން ބަލިވިއިރު، ތިން ވަނަ ހޮވި މެޗުގައި ރާއްޖޭން ބަންގްލަދޭޝް ބަލިކުރީ ފަހަތުން އަރައި، ޝޫޓްއުޓަށް ގޮސްގެންނެވެ.

ރާއްޖެ ގަނޑިން މިއަދު 14:00 ގައި، ގްރޫޕްގަައި ކުޅޭ ދެ ވަނަ މެޗުގައި، ގައުމީބީޗްހޭންޑްބޯޅަ ޓީމުން ޖޯޑަންއާ ބައްދަލުކުރާނެ އެވެ. 

ރާއްޖެ ހިމެނޭ ގްރޫޕްގަައި ބީޗްހޭންޑްބޯޅައިގެ އެންމެ ފަހުން، 2024 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ދެ ގައުމެއް ހިމެނެ އެވެ. އެއީ، އޮމާން އާއި ގަތަރެވެ. މި އަހަރުގެ ދުނިޔޭގެ މުބާރާތުގައި އޭޝިއާ އިން ވާދަކުރަނީ އިރާން އާއި އޮމާން އެވެ. އެއީ، މިދިޔަ އަހަރުގެ އޭޝިއާގެ މުބާރާތުގެ ފައިނަލުގައި ކުޅުނު ދެ ޓީމެވެ. ރާއްޖޭން ގްރޫޕްގައި ކުޅޭ ތިން ވަނަ މެޗުގައި ބުރާސްފަތި ދުވަހު މޮންގޯލިއާއާ ކުޅޭނެ އެވެ. އަދި، ހުކުރު ދުވަހު، އޮމާނާއި ތައިލެންޑާ ދެކޮޅަށް ކުޅޭ ދެ މެޗު އޮންނާނެ އެވެ. ހޮނިހިރު ދުވަހު، ޕާކިސްތާނާ ދެކޮޅަަށް ކުޅުމަށް ފަހު، ގްރޫޕްގެ ފަހު މެޗުގައި، އާދިއްތަ ދުވަހު ގަތަރާ ވާދަކުރާނެ އެވެ. 

ސަންޔާ ބީޗްގޭމްސް އަށް ދިއުމުގެ ކުރިން ގައުމީ ބީޗްހޭންޑްބޯޅަ ޓީމުން ވަނީ ތައިލެންޑުގައި ޓްރެއިނިން ކޭމްޕެއް ކުރިއަށްގެންގޮސްފަ އެެވެ. 

އޭޝިއަން ބީޗް ގޭމްސްގެ ހަ ވަަނަ އެޑިޝަން ސަންޔާގައި ހޯސްޓްކުރަން ފުރަތަމަ ރޭވީ 2020 ވަނަ އަހަރު އެވެ. ބީޗް ގޭމްސްގައި ރާއްޖޭން މި ފަހަރު ހަތަރު ކުޅިވަރަކުން ވާދަކުރާނެ އެވެ އެއީ، ބީޗްހޭންޑްބޯޅައިގެ އިތުރުން، އެތުލެޓިކްސް، ސްވިމިން އަދި ވޮލީބޯލް އެވެ. ރާއްޖޭން ވާދަކުރާ ކުޅިވަރުތަކުގެ ތެރެއިން ހޭންޑްބޯލް ފިޔަވައި، ދެން އޮތް ހަަތަރު ކުޅިވަރުގައި ވެސް ދެ ޖިންސުން އެތުލީޓުން ވާދަކުރާނެ އެވެ. ހޭންޑްބޯލް އިން ވާދަކުރަނީ ހަމައެކަނި ފިރިހެން ޓީމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox