އޭޝިއަން ބީޗް ގޭމްސް: ރާއްޖޭގެ އަހްނާ އަށް ޕާސަނަލް ބެސްޓް ޓައިމިން އެއް

Apr 24, 2026, 6:48 PM
ޗައިނާގެ ސަންޏާގައި މިހާރު ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގެ ތެރެއިން ރާއްޖޭގެ ދުވުންތެރިޔާ އަހްނާ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ޗައިނާގެ ސަންޏާގައި މިހާރު ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގެ ތެރެއިން ރާއްޖޭގެ ދުވުންތެރިޔާ އަހްނާ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ޗައިނާގެ ސަންޔާގައި މިހާރު ކުރިއަށްދާ ހަ ވަނަ އޭޝިއަން ބީޗް ގޭމްސްގެ ބީޗް އެތުލެޓިކްސް އިވެންޓްގައި ރާއްޖޭގެ އަހްނާ ނިޒާރު ޕާސަނަލް ބެސްޓް ޓައިމިން އެއްގައި މިއަދުގެ ރޭސް ނިންމައިފި އެވެ.

މި ފަހަރުގެ ބީޗްގޭމްސްގައި ދިދަ އުފުލުގެ ޝަރަފް ލިބުނު އަހްނާގެ އިތުރުން، އެތުލެޓިކްސް އިވެންޓްގެ 60 މީޓަރު ދުވުމުގައި ދެން ވާދަކުރާ ގައުމީ އެތުލީޓުންނަކީ، ހަސަން ސާއިދު، އައިޝަތު ޝަބާ ސަލީމް އެވެ. 

އަހްނާ މީގެ ކުރިން އެންމެ އަވަހަށް ރޭސް ނިންމާފައި ވަނީ، މި އަހަރުގެ ފެބްރުއަރީ މަހު، ޗައިނާގެ ޓިއާންޖިންގައި ކުރިއަށްދިޔަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގެ 60 މީޓަރު އިވެންޓްގައި ވާދަކޮށްގެންނެވެ. އެ ފަހަރު ރޭސް ނިންމާފައި ވަނީ 7.83 ސިކުންތުންނެވެ. އަދި، މިއަދު ބީޗް ގޭމްސްގެ 60 މީޓަރު އިވެންޓްގައި، އަހްނާ ވާދަކުރި ހީޓް ތިނެއް އޭނާ ނިންމާލީ 7.81 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ، އަހްނާގެ ޕާސަނަލް ބެސްޓް ޓައިމިން އެވެ. 

Advertisement
އޭޝިއަން ބީޗްގޭމްސްގެ 60 މީޓަރު ދުވުމުގެ އިވެންޓްގެ ތެރެއިން ސާއިދު ވާދަކުރަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
އޭޝިއަން ބީޗްގޭމްސްގެ 60 މީޓަރު ދުވުމުގެ އިވެންޓްގެ ތެރެއިން ސާއިދު ވާދަކުރަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ޝަބާ ވާދަކުރި އަންހެނުންގެ 60 މީޓަރު ދުވުމުގެ ހީޓް އެކެއްގައި އޭނާ ނިންމާލީ ހަތް ވަނައިގަ އެވެ. އެއީ، 8.19 ސިކުންތުން ރޭސް ނިންމައިގެންނެވެ. 

ފިރިހެނުންގެ 60 މީޓަރު ފިރިހެން ދުވުމުގެ އިވެންޓުގައި، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދު ވާދަކުރީ އެ އިވެންޓްގެ އެއް ވަނަ ހީޓުގަ އެވެ. ސާއިދު ވަނީ އިވެންޓްގެ ހަތަރު ވަނަ ހޯދައިފަ އެވެ. އެއީ، 7.12 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އޮތީ ސާއިދު އަތުގަ އެެވެ. އެއީ، އޭޝިއަން އިންޑޯ އެތުލެޓިކްސް މުބާރާތުގެ ފައިނަލުގައި ވާދަކުރި ފަހަރު، 6.75 ސިކުންތުން ދުވެގެންނެވެ. 

އޭޝިއަން ބީޗްގޭމްސްގައި އެތުލެޓިކްސްގެ އިތުރުން މިއަދު ރާއްޖޭގެ ބީޗްވޮލީ ގައުމީ ޓީމާއި ބީޗްހޭންޑްބޯޅަ ގައުމީ ޓީމުން ކުޅުނު މެޗުތަކުން ވަނީ ބަލިވެފަ އެވެ. 

ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ހަތަރު ޕެއާއެއް ބީޗް ވޮލީބޯޅައިގައި ވާދަކުރެއެވެ. އެއީ، ފިރިހެން ދެ ޕެއާގެ އިތުރުން އަންހެން ދެ ޕެއާ އެވެ. ފިރިހެން ޕެއާތަކަކީ އަހުމަދު މުހައްމަދު (ކޯކޭ) އާއި އިބްރާހީމް ރާކިން ހަސަންގެ ޕެއާ އާއި އިސްމާއީލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އެވެ. 

މިފަހަރު މުބާރާތުގައި ރާއްޖެއަށް ވާދަކުރަން ޖެހުނީ އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ޕެއާތަކާ ދެކޮޅަށެވެ. މިއަދު، ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ނުކުތީ އިރާނުގެ ވަރުގަދަ ޕެއާއެއް ކަމަށް އަބްދުﷲ ހަސަން ހަކީދޭ އާއި އާމިރު އަލީ ގަލެނޯވީއާ ދެކޮޅަށެވެ. އިރާންގެ ޕެއާ މޮޅުވިއިރު، ސެޓުތައް ދިޔައީ 21-15 އަދި 21-10 އިންނެވެ. ރާއްޖޭގެ ރާކިން އާއި ކޯކޭގެ ޕެއާއިން އޮމާންގެ ހޫދު ރާޝިދު ސާއިދު އަލީ އާއި އަލީ ހާޝިމީގެ ޕެއާއާ ވާދަކުރި އިރު، 2-0 އިން މެޗު ކާމިޔާބުކުރީ އޮމާންގެ ޕެއާއެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-11 އަދި 22-9 އިންނެވެ.

ޗައިނާގެ ސަންޏާގައި މިހާރު ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގެ ވޮލީ އިވެންޓްގެ ތެރެއިން އަރީ އާއި އަނާލް.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ޗައިނާގެ ސަންޏާގައި މިހާރު ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގެ ވޮލީ އިވެންޓްގެ ތެރެއިން އަރީ އާއި އަނާލް.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ބީޗް ގޭމްސްގައި ވާދަކުރާ އަންހެން ދެ ޕެއާ އަކީ އައިމިނަތު އަރީޝާ (އަރީ) އާއި ފާތިމަތު އަނާލްގެ ޕެއާގެ އިތުރުން މަރިޔަމް ރިޝްފާ އާއި އައިޝަތު އިޝްފާއު އިއްސާގުގެ ޕެއާ އެވެ. 

 އަނާލް އާއި އަރީޝާ ވާދަކުރަން ޖެހުނީ މެލޭޝިއާގެ ސިންގް ޔީ ސިން އަދި ޔޫ ޖީ ރޭޗަލް ގޯގެ ޕެއާއާ ދެކޮޅަށެވެ. މެޗު ދެ ސެޓުން މެލޭޝިއާ ޕެއާ އިން ގެންދިޔަ ނަމަވެސް، ފުރަތަމަ ސެޓުގައި މެލޭޝިއާ ޕެއާ އަށް އަރީޝާ އާއި އަނާލް ރަނގަޅު ފައިޓެއް ދިނެވެ. އެ ސެޓު 11-21 އިން މެލޭޝިއާ ޕެއާއިން ގެންދިޔަ އިރު، އަނެއް ސެޓު ގެންދިޔައީ 21-8 އިންނެވެ. 

ރިޝްފާ އާއި އިޝްފާއުގެ ޕެއާ ވާދަކުރީ ތައިލެންޑްގެ ސަލިންޑާ މުންހޯން އާއި ޕަޓްޗަރަޕޯމް ސީހަވޮންގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗު ތައިލެންޑް ޕެއާ އިން ދެ ސެޓުން ގެންދިޔަ އެވެ. ސެޓުތައް ދިޔައީ، 21-05، 21-06 އިންނެވެ. 

ބީޗް ހޭންޑްބޯޅަ ފިރިހެން އިވެންޓުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. އެއީ އޮމާން، ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލެންޑް، ގަތަރު އަދި މޮންގޯލިއާއާ އެކުގައެވެ. 

ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް ބަލިކުރީ 2-1 އިންނެވެ. އޭގެ ފަހުން، މޮންގޯލިއާ ކައިރިންވެސް ރާއްޖެ 2-1 އިން މޮޅުވެފައިވާ އިރު، މިއަދު ނުކުތީ ގްރޫޕްގެ އެންމެ ވަރުގަދަ ޓީމުތައް ކަމަށްވާ އޮމާން އާއި ތައިލެންޑާ ދެކޮޅަށެވެ. 

ޗައިނާގެ ސަންޏާގައި މިހާރު ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގެ ތެރެއިން އޮމާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ޝަމްނޫޒް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ޗައިނާގެ ސަންޏާގައި މިހާރު ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގެ ތެރެއިން އޮމާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ޝަމްނޫޒް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މިއަދު މެންދުރު ކުޅުނު މެޗުގައި ރާއްޖޭން އޮމާނާ ދެކޮޅަށް ނުކުތް އިރު، އޮމާނަކީ އޭޝިއާގެ އެންމެ ވަރުގަދަ އެއް ޓީމެވެ. އެމެޗު އޮމާނުން ދެ ސެޓުން ކާމިޔާބުކުރިއެވެ. ފުރަތަމަ ސެޓު އޮމާނުން 22-10 އިން ގެންދިޔަ ނަމަވެސް ދެ ވަނަ ސެޓަށް ނުކުމެ ރާއްޖެ ސްކޯގެ ފަރަގު ކުޑަކުރިއެވެ. އަދި އެ ސެޓުގައި ރާއްޖޭން ވަނީ ގިނަ ވަގުތުތަކެއްގައި ސްކޯ އެއްވަރުކޮށް ހިފަހައްޓާލައިފައެވެ. އެގޮތުން ހަތް މިނެޓް ހިނގިއިރުވެސް އޮތީ 10-10 ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ. އެ ސެޓު އޮމާނުން ގެންދިޔައީ 16-12 ގެ ނަތީޖާއަކުންނެވެ. މެޗުގައި ރާއްޖޭގެ ފަތުހުﷲ އާދަމްއާއި ކެޕްޓަން މުހައްމަދު ޝަމްނޫޒް ނައީމް ވަނީ ކޮންމެ ކުޅުންތެރިޔަކު އަށް ގޯލް ޖަހައިފަ އެވެ. 

ދެން، މިއަދު ކުޅުނު މެޗުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެފައި އޮތް ތައިލެންޑް ރާއްޖެ ކައިރިން 2-0 އިން މޮޅުވި އިރު، އެ މެޗުގައި ރާއްޖޭން ވަނީ އެންމެ ފަހުވަގުތާ ޖެހެންދެންވެސް ހިތްވަރު ކޮށްފަ އެވެ. ފުރަތަމަ ސެޓު ތައިލެންޑުން 22-12 އިން ގެންދިޔަ ނަމަވެސް ދެވަނަ ސެޓުގައި ރާއްޖެ މޮޅަށް ކުޅެ ފަރަގު ކުޑަކުރިއެވެ. އެ ސެޓު ތައިލެންޑުން ގެންދިޔައީ 18-12 އިންނެވެ. އެމެޗުގައިވެސް ފަތުހުﷲ ވަނީ 10 ގޯލު ޖަހައިފަ އެވެ. އަދި ޝަމްނޫޒް ވަނީ އަށް ގޯލް ޖަހައިފަ އެވެ. 

މިއަދު ކުޅުނު ދެ ވަނަ މެޗުގައި، ތައިލެންޑް އަތުން ރާއްޖެ ބަލިވީ 2-0 އިންނެވެ. 

ބީޗްހޭންޑްބޯޅަ ޓީމަށް ގްރޫޕް ސްޓޭޖުގައި ބާކީ ދެ މެޗު އެބައޮތެވެ.  އެ ގޮތުން، މާދަމާ ޕާކިސްތާނާ ދެކޮޅަަށް ކުޅުމަށް ފަހު، ގްރޫޕްގެ ފަހު މެޗުގައި، އާދިއްތަ ދުވަހު ގަތަރާ ވާދަކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox