އޭޝިއަން ބީޗް ގޭމްސް: ރާއްޖޭގެ ބީޗްހޭންޑްބޯޅަ ޓީމުން މޮންގޯލިއާ ވެސް ބަލިކޮށްފި

Apr 23, 2026, 5:43 PM
ސަންޔާގައި މިހާރު ކުރިއަށްދާ އޭޝިއަން ބީޗްގޭމްސްގައި ރާއްޖޭން މިއަދު މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މީޑިއާ

ސަންޔާގައި މިހާރު ކުރިއަށްދާ އޭޝިއަން ބީޗްގޭމްސްގައި ރާއްޖޭން މިއަދު މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މީޑިއާ

ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަ ވަނަ އޭޝިއަން ބީޗް ގޭމްސްގައި މިއަދު ރާއްޖޭގެ ފިރިހެން ހޭންޑްބޯޅަ ޓީމުން ކުޅުނު މެޗުގައި މޮންގޯލިއާ ބަލިކޮށްފިއެވެ.

މިއީ، މި ފަހަރުގެ މުބާރާތުގައި ގައުމީ ބީޗްހޭންޑްބޯޅަ ޓީމުން ކުޅުނު ތިން ވަަނަ މެޗެެވެ. ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން މޮޅުވިއިރު، ދެ ވަނަ މެޗުން ވަނީ ޖޯޑަން އަތުން ބަލިވެފަ އެވެ. މިއަދުގެ މެޗު ކުޅެފައިވަނީ އެއް ދުވަހުގެ ބްރޭކަކަށް ފަހު އެވެ. 

ބީޗް ހޭންޑްބޯޅަ ފިރިހެން އިވެންޓުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. އެއީ އޮމާން، ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލެންޑް، ގަތަރު އަދި މޮންގޯލިއާއާ އެކުގައެވެ. 

މިއަދު މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭން ވަނީ ތަފާތު ދައްކައިފަ އެވެ. މެޗުން މޮޅުވީ ފަހަތުން އަރަ އެވެ. ގައުމީ ބީޗްހޭންޑްބޯޅަ ޓީމުގެ ކޯޗު، އަފްގާނިސްތާންގެ ޒަބީއުﷲ އިސްލާމްޔާރު، ފުރަތަަމަ ދުވަހު މެޗުތައް ނިންމާލުމަށް ފަހު އިތުބާރާ އެކު ފާހަގަކުރި ކަމަކީ މޮންގޯލިއާ އަތުން މޮޅުވެވޭނެ ކަމެވެ. އެކަން މިއަދުގެ މެޗުގައި ވަނީ ސާބިތުކޮށްދީފަ އެވެ. 

ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް ދެ ވަނަ ސެޓު ކާމިޔާބުކޮށް، ޕެނަލްޓީގައި ރާއްޖެ މެޗު ކާމިޔާބުކުރި އެވެ. އެ ގޮތުން، 2-1 އިން ރާއްޖޭން މޮޅުވި، މި މެޗު، ޕެނަލްޓީގައިވެސް ދިޔައީ ވާދަވެރިކޮށެވެ.

ރާއްޖޭގެ ބީޗްހޭންޑްބޯޅަ ޓީމުން ތައިލެންޑު ކޭމްޕެއް ފުރިހަމަ ކުރުމަށް ފަހު، ބީޗް ގޭމްސް އަށް ގޮސް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެ ގޮތުން، މިއަދު މޮންގޯލިއާ އެ ދެކޮޅަށް ކުޅުނު މެޗުގެ، ފުރަތަމަ ސެޓުގައި ވެސް ބޮޑު ބައެއްގައި ލީޑު ކުރީ ރާއްޖޭންނެވެ. ފަށައިގެން 4-0 އިންވެސް ލީޑުގައި އޮތް އިރު، އަށް ވަނަ މިނެޓާ ހަމަ އަށް ވެސް ރާއްޖެ އޮތީ ލީޑުގަ އެވެ. އެކަމަކު، އަށް ވަނަ މިނެޓުގައި 11-10 އިން ރާއްޖެ ލީޑުގައި އޮތް ނަމަވެސް އެ ހިސާބުން މޮންގޯލިއާއިން ބަދަލެއް ގެނެސް، ސެޓު ގެންދިޔައީ 13-11 އިންނެވެ.

ފުރަތަމަ ސެޓު ގެއްލުނު ގޮތުން، ދެ ވަނަ ސެޓުގައި ރާއްޖެ ފެނުނީ ތަފާތު ރޫހެއްގައެވެ. ފެށުނީއްސުރެ މެޗު ލީޑު ކުރަމުން ގޮސް، ސެޓު ގެންދިޔައީ 13-9 ގެ ނަތީޖާއަކުންނެވެ. މެޗު ޕެނަލްޓީއަށް ގޮސް، ފުރަތަމަ ފަސް ޕެނަލްޓީ ނިމުނުއިރު ވެސް އެއްވަރުވެފައި އޮތުމުން އިތުރަށް ޖެހި ޕެނަލްޓީގައި ރާއްޖެ މޮޅުވީ 8-6 އިންނެވެ. ޕެނަލްޓީގެ އިތުރުން މުޅި މެޗުގައިވެސް ރާއްޖޭގެ ކީޕަރު އަހުމީމް އަލީ ތަފާތު ދެއްކި އެވެ.  ރާއްޖޭގެ ޝިރާން އަބްދުﷲ 10 ގޯލް ޖެހި އިރު، ތަޖުރިބާކާރު ކުޅުންތެރިޔާ ފަތުހުﷲ އާދަމް އަށް ގޯލް ޖެހިއެވެ. އަދި ކެޕްޓަން މުހައްމަދު ޝަމްނޫޒް ނައީމާއި އަހުމަދު އަލީ، ކޮންމެ ކުޅުންތެރިޔަކު ހަ ގޯލް ޖެހިއެވެ.

ބީޗްހޭންޑްބޯޅަ ޓީމަށް މާދަމާ ދެ މެޗު އެބައޮތެވެ. އެއީ، އޮމާނާއި ތައިލެންޑާ ދެކޮޅަށް ކުޅޭ ދެ މެޗު އެވެ. ހޮނިހިރު ދުވަހު، ޕާކިސްތާނާ ދެކޮޅަަށް ކުޅުމަށް ފަހު، ގްރޫޕްގެ ފަހު މެޗުގައި، އާދިއްތަ ދުވަހު ގަތަރާ ވާދަކުރާނެ އެވެ.

އޭޝިއަން ބީޗް ގޭމްސްގައި، ރާއްޖޭގެ ބީޗްވޮލީ ޓީމުން މިއަދު ކުޅުނު މެޗުތަކުން ވަނީ ބަލިވެފަ އެވެ. ގަތަރުގެ ވަރުގަދަ ޕެއާ، ޝެރިފް އާއި އަހުމަދުގެ ޕެއާ އަތުން ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ބަލިވެފައިވަނީ، 21-16، 21-10 އިން ސެޓުތައް ގޮސްގެންނެވެ. ރާއްޖޭގެ ފިރިހެން ދެ ވަނަ ޕެއާ، އަހުމަދު މުހައްމަދު (ކޯކޭ) އާއި އިބްރާހީމް ރާކިން ހަސަންގެ ޕެއާ ވަނީ ޖަޕާންގެ އިކޭޑާ އާއި ކުރޮކާވާ އަތުން 21-06، 21-12 އިން ބަލިވެފަ އެވެ. 

މުބާރާތުގައި ރާއްޖޭން ވާދަކުރާ އަންހެން ޕެއާ ތަކަކީ، އައިމިނަތު އަރީޝާ އާއި ފާތިމަތު އަނާލްގެ ޕެއާގެ އިތުރުން މަރިޔަމް ރިޝްފާ އަދި އައިޝަތު އިޝްފާއު އިއްސާގެވެ. އަރީޝާ އާއި އަނާލްގެ ޕެއާ އަތުން ޖަޕާންގެ އީޓޯ އާއި އިޝީގެ ޕެއާ މޮޅުވީ 21-09، 21-08 އިންނެވެ. ރިޝްފާ އާއި އިޝްފާއުގެ ޕެއާ ވަނީ އިންޑޮނޭޝިއާގެ ސާރީ އާއި ކައިޒޭގެ ޕެއާ އަތުން 21-1، 21-06 އިން ބަލިވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox