"އައު ބޭފުޅަކަށް ފުރުސަތު ދިނުމަށް" ސިނާން ބައި-އިލެކްޝަންގައި ވާދަނުކުރަން ނިންމަވައިފި

ސިނާން: ވާދަ ނުކުރަން ނިންމީ ޕްރައިމަރީ ވެސް ކާމިޔާބު ކުރި ފަހުން -- ފޮޓޯ: ފައިލް

ސިނާން: ވާދަ ނުކުރަން ނިންމީ ޕްރައިމަރީ ވެސް ކާމިޔާބު ކުރި ފަހުން -- ފޮޓޯ: ފައިލް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީއަށް އެންމެ ފަހި ގޮތަކީ އައު ބޭފުޅަކަށް ފުރުސަތު ދިނުން ކަމަށް ފެންނާތީ، ކުރިއަށް އޮތް ބައި-އިލެކްޝަންގައި ވާދަނުކުރަން އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން ނިންމަވައިފި އެވެ.

ސިނާން މިގޮތަށް ނިންމެވީ ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައި، ޓިކެޓް ކަށަވަރު ކުރައްވާފައި ވަނިކޮށެވެ.

ސޯޝަލް މީޑިއާ ކުރެއްވި ޕޯސްޓެއްގައި ސިނާނު ވިދާޅުވީ، ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި އޭނާއަށް ތާއީދުކޮށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި ޕްރައިމަރީ އިންސާފުވެރިކަމާއެކު ނިމިގެންދިޔައިރު، އޭނާ ހޯއްދެވި ކާމިޔާބީއަށް ޕާޓީގެ ރައީސާއި ލީޑަރޝިޕުން މަރުހަބާ ވިދާޅުވެފައިވާތީ އެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

Advertisement

ނަމަވެސް އިންތިހާބުގައި ވާދަނުކުރަން ނިންމެވީ ފާއިތުވި ތިން ދުވަހު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށް ސިނާން ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިފަހަރު މި ގޮނޑި ޕާޓީއަށް ކާމިޔާބުވާން އެންމެ ފަހިވާނީ އޭނާ ފަހަތަށް ޖެހިވަޑައިގެން، އައު ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމެވީ އެވެ.

މި ނިންމުމާއެކު ވެސް، ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ޕީއެންސީއަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ފުރިހަމައަށް ބައިވެރިވާނެ ކަމުގެ ޔަގީންކަން ސިނާން ވަނީ ދެއްވާފަ އެވެ. އަދި ޕާޓީން ނުކުންނަ ކެނޑިޑޭޓަކު ހޮވުމަށްޓަކައި އޭނާގެ ދައުރު އެންމެ ފުޅާ ދާއިރާއެއްގައި އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

ސިނާން ވިދާޅުވި ގޮތުގައި އޭނާގެ މި ނިންމުން މިހާރު ވަނީ ޕާޓީގެ ރައީސަށާއި ލީޑަރޝިޕަށް ރަސްމީކޮށް އަންގާފަ އެވެ. އަދި ޕާޓީގެ ލީޑަރޝިޕުން އެ ނިންމުމަށް އިހްތިރާމްކޮށް، އެކަން ބަލައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕާޓީގެ ފަރާތުން އައު ކެންޑިޑޭޓަކު ދެއްކިހާ އަވަހަކަށް އެ ބޭފުޅަކާއެކު ރައްޔިތުންގެ ގާތަށް ނުކުންނަވާނެ ކަމަށް ސިނާން ވިދާޅުވި އެވެ. އޭނާ ވަނީ ދާއިރާގެ ހުރިހާ ރައްޔިތުން އައު ރޫހެއްގައި އޭނާއާއެކު ނުކުމެ، ޕާޓީގެ ކެނޑިޑޭޓް އިންތިހާބު ކޮށްދެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމުގެ ގޮނޑި ސިނާނަށް ގެއްލުނީ، އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީ، މެންބަރުކަމުގެ ޝަރުތު އުނިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން 12 އޭޕްރިލް 2026 ގައި ކުރި ހުކުމާ ގުޅިގެންނެވެ.

ގޮނޑި ގެއްލުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަނަށް ޕީއެންސީން ބޭއްވި ޕްރައިމަރީގައި ވާދަކޮށް ސިނާން ވަނީ ކުރިން ޓިކެޓް ކާމިޔާބު ކުރައްވާފަ އެވެ. އިންތިހާބުގައި ވާދަނުކުރަން އޭނާ މި ނިންމެވީ އެ ކާމިޔާބީއަށް ފަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox