ކޯޓުން އަމުރުކޮށްގެން ރައްކާތެރިކުރާ ހެކިތައް ޕީޖީ އޮފީހުގައި ތިބެގެން ދިރާސާކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

PG Office. -- Photo: Social media

PG Office. -- Photo: Social media

ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޝަރުތުތަކާއެކު ދިރާސާކުރެވޭ ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ބެލޭނެ އިންތިޒާމު އެ އޮފީހުން މިއަދު ހަމަޖައްސައިފި އެވެ. މި އިންތިޒާމު ހަމަޖައްސާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކާ ގުޅިގެން، ދިފާއީ ވަކީލުންނާއި ދައުވާލިބޭ ފަރާތްތަކަށް ލިޔުންތައް ދިރާސާކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށް ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެ އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޒާމު ހަމަޖެއްސީ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/09 ޤަޟިއްޔާގެ ނިންމުމަށް ރިއާޔަތްކޮށެވެ. އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ހިމެނޭ ލިޔުންތައް ކޯޓުގައި ބަލައި ދިރާސާކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކޯޓުތަކަށް ދަތިވާނަމަ، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ޕީޖީ އޮފީހުގައި ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގައި އެ ފުރުސަތު ދިނުމަށް އެންގުމުގެ އިހުތިޔާރު ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށެވެ.

މި ނިންމުމާ އެއްގޮތަށް، 26 އެޕްރީލް 2026 އިން ފެށިގެން ޕީޖީ އޮފީހުގައި މި ހުދުމަތް ދޭން ފަށާނެ އެވެ. މިކަން ކުރިއަށްގެންދިއުމަށްޓަކައި "ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޝަރުތުތަކާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހެކިތައް ބަލައި ދިރާސާކުރުމުގެ ފުރުސަތު ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި ހާއްސަ އުސޫލެއް މިހާރު ވަނީ އެކުލަވާލާފަ އެވެ. މި އުސޫލުގެ ދަށުން، ކޯޓަކުން އަމުރުކޮށްފިނަމަ، ދައުވާލިބޭ ފަރާތަށް އެ އޮފީހުގައި ހެކިތައް ބަލައި ދިރާސާކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

Advertisement

މި އިންތިޒާމުގެ ދަށުން ހެކި ބަލައި ދިރާސާކުރަން ބޭނުންވާ ފަރާތްތަކުން، އެކަމަށް ހާއްސަކޮށްފައިވާ ފޯމު ހުށަހަޅަންޖެހެ އެވެ. މި ފޯމަކީ އެކުލަވާލާފައިވާ އުސޫލުގެ ޖަދުވަލު 1 ގައި ހިމެނޭ "ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހެކި ބަލައި ދިރާސާކުރުމަށް އެދި ހުށަހަޅާ ފޯމު" އެވެ. މި އުސޫލާއި ފޯމު މިހާރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.

ޕީޖީ އޮފީހުން އިތުރަށް ތަފުސީލުކޮށްދީފައިވާ ގޮތުގައި، މި އުސޫލުގެ ދަށުން ހެކިތައް ދިރާސާކުރުމުގެ ފުރުސަތު ދެވޭނީ ހަމައެކަނި ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ހެކިތަކަށެވެ. އަދި އެކަން ކުރިއަށްދާނީ އެކަމަށްޓަކައި ހާއްސަކުރެވިފައިވާ ތަނެއްގައި، ކޯޓު އަމުރުގައި ކަނޑައަޅާފައިވާ މިންވަރަށާއި ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހެކި ރައްކާތެރިކުރުމާއި، ހަމައެއާއެކު ދިފާއަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ އޮފީހުން ސިފަކުރެ އެވެ.

މި އައު އިންތިޒާމުގެ ސަބަބުން، ކޯޓުތަކުގެ އިދާރީ މަސައްކަތްތަކަށް ލުޔެއް ލިބި، މައްސަލަތައް އަވަހަށް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ. ހާއްސަކޮށް، ގިނަ އަދަދެއްގެ ލިޔެކިޔުންތައް ހިމެނޭ ބޮޑެތި މައްސަލަތަކުގައި ދިފާއީ ވަކީލުންނަށް ލިޔުންތައް ދިރާސާކުރުމުގައި މިހާރު ކުރިމަތިވާ ގޮންޖެހުންތަކަށް މީގެ ސަބަބުން ހައްލެއް ލިބިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox