ހިތަދޫ އުތުރު ގޮނޑިއަށް ވާދަކުރުމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރު

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރު

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ކުރިމަތިލުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން މިއަދު އިތުރުކޮށްފި އެވެ.

މީގެ ކުރިން ކުއި އިއުލާނުގައި އޮތްގޮތުން އެ މުއްދަތު ހަމަވާނީ އެޕްރީލް 29، ގަ އެވެ. އީސީން މިއަދު އެ މުއްދަތު އިތުރުކުރީ މެއި ދެވަނަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ.

އެ ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑި ފުރުއްވަމުން ގެންދެވި މުހައްމަދު ސިނާނު (ސިނާ) ގެ މެންބަރުކަމުގެ ޝަރުތުހަމަނުވެގެން މަގާމު ގެއްލުމުންނެވެ. ސާބިތު ދަރަންޏެއް އޮވެ އެ ދަރަންޏާ އެއްގޮތަށް ފައިސާ ދައްކަމުންނުދިޔުމުން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސަބަތްވާ ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ އެޕްރީލް 12، ގަ އެވެ.

Advertisement

އެހެން ނަމަވެސް، ސިނާނު ވަނީ ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކޮށް އަނެއްކާ ވެސް ގޮނޑިއަށް ވާދަކުރުމަށް އެ ޕާޓީގެ ޓިކެޓު ކަށަވަރު ކުރައްވާފަ އެވެ. ސިނާނަށް 226 ވޯޓު ލިބުނުއިރު އޭނާއާ ވާދަ ކުރެއްވި އަހުމަދު ސައީދަށް ލިބުނީ 187 ވޯޯޓެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓަށް އެހެން އެއްވެސް މީހަކު ވާދަނުކުރުމުން ޓިކެޓް ލިބުނީ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށެވެ. އައްޑޫގެ މޭޔަރުގެ މަގާމުގައި ޖެހިޖެހިގެން ތިން ދައުރު ހުންނެވި ސޯބެ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމެވި ހިސާބުން ވެސް ވަރަށް ގިނަ ބައެއްގެ ތާއިދު އޭނާއަށް ލިބުނެވެ. 

އެޕްރީލް 2024، ގައި ބޭއްވި މަޖިލިސް އިންތިހާބުގައި ސިނާނު ގޮނޑި ކާމިޔާބު ކުރެއްވީ 1079 ވޯޓާއެކު 39 ޕަސެންޓުންނެވެ. ސިނާނު ވާދަ ކުރެއްވީި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި އަދި ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ރަނިންމޭޓަކަށް ވެސް ހުންނެވި މުހައްމަދު އަސްލަމްއާ އެވެ. އަސްލަމްއަށް ލިބިވަޑައިގަތީ 838 ވޯޓެވެ. 

ނަވާރަވަނަ މަޖިލީހުގައި ދެ ބައި-އިލެކްޝަނެއް ބޭއްވި އެވެ. އެއީ ކޮމަންޑޫ ދާއިރާ އާއި މާލެ އަތޮޅު ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދެވި ބޭފުޅުން ނިޔާވުމުން ބޭއްވި ބައި-އިލެކްޝަންތަކެކެވެ. އެ ދެ އިންތިހާބު ވެސް ކާމިޔާބުކުރީ އޭރު ވެރިކަމުގައި އޮތް އެމްޑީޕީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox