ސިއްރު ހެކިތައް ދިރާސާކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި
ކޯޓުން އަމުރުކޮށްގެން ރައްކާތެރިކުރާ ހެކިތައް، ދިފާއީ ވަކީލުންނާއި ދައުވާލިބޭ ފަރާތްތަކަށް ޕީޖީ އޮފީހުގައި ތިބެގެން ދިރާސާކުރެވޭނެ އިންތިޒާމު އެ އޮފީހުން ހަމަޖައްސައިފި އެވެ. ސުޕްރީމް ކޯޓުގެ ނިންމުމަކާ ގުޅިގެން އެކުލަވާލި މި އުސޫލުގެ ދަށުން، މި މަހުގެ 26 އިން ފެށިގެން މި ފުރުސަތު ބޭނުންކުރެވޭނެ އެވެ.