ދައުލަތުން ގަބޫލު ކުރަނީ މެންބަރުން ޕާޓީ އިން ވަކި ކުރިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް

ބަންޑާރަނައިބު އަހުމަދު އުޝާމް: ގަބޫލު ކުރައްވަނީ ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކި ކުރިޔަސް މެންބަރުކަމުން ވަކިނުވާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ބަންޑާރަނައިބު އަހުމަދު އުޝާމް: ގަބޫލު ކުރައްވަނީ ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކި ކުރިޔަސް މެންބަރުކަމުން ވަކިނުވާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ތަމްސީލު ކުރާ ޕާޓީ އިން ވަކި ކުރި ނަމަވެސް ގޮނޑި ނުގެއްލޭނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން އިއްޔެ ސުޕްރީމް ކޯޓުގައި ބުނެފި އެވެ. 

ސިޔާސީ ޕާޓީއަކުން ވަކި ކުރިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނީ، ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށް ގާނޫނުއަސާސީއަށް އިތުރު ކުރި މާއްދާތައް ބާތިލް ކުރަން ހުށަހެޅި މައްސަލައިގައި ވާހަކަ ދައްކަވަމުންނެވެ. 

"މިހާރު މި އޮތް ސިޓުއޭޝަންގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު، ޕާޓީ އިން ވަކިކޮށްފި ކަމުގައިވާ ނަމަ 73 ވަނަ މާއްދާގެ ބޭނުމަށްޓަކައި އެ މެންބަރެއްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމެއް ނުގެއްލޭ. އަޅުގަނޑުމެންގެ ޕޮޒިޝަންއަކީ އެއީ،" ދައުލަތުގެ ވަކީލަކު އަލީ ޝުހައިލް މުހައްމަދު އިއްޔެ ވިދާޅުވި އެވެ. 

Advertisement

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ބ. ގެ އެއް ވަނަ ނަންބަރުގައި ބުނެފައި ވަނީ "ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން" މެންބަރަކު ވަކިކޮށްފި ނަމަ އޭނާގެ ގޮނޑި ގެއްލޭނެ ކަމަށެވެ. 

ދައުލަތުން ބުނަނީ އެ މާއްދާގައި އެ ބުނާ ގާނޫނު އަދި ވުޖޫދުގައި ނެތް ކަމަށެވެ. އެހެންކަމުން ޕާޓީއަކުން މެންބަރަކު ވަކިކުރިޔަސް އޭނާ މެންބަރުކަމުން ވަކިނުވާނެ ކަމަށް ދައުލަތުން ބުންޏެވެ. 

"އަޅުގަނޑުމެން މި ގާނޫނު މާނަ ކުރަނީ ކުރިއަށް އޮތް ތަނުގައި އަންނާނެ ގާނޫނެކޭ،" ވަކީލު ޝުހައިލް ވިދާޅުވި އެވެ. 

އެހެން ނަމަވެސް، މެންބަރަކު އޭނާ ތަމްސީލު ކުރާ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކަށް ސޮއިކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ވެސް ދައުލަތުން ބުނެ އެވެ. 

ސިޔާސީ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއަކާ ގުޅިއްޖެ ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނީ، އެ ފަދަ ހާލަތްތުގައި އިތުރު ގާނޫނަކަށް ބަލަންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިނުވާތީ ކަމަށް ދައުލަތުން ބުނެ އެވެ. 

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އެެވެ. އެ މައްސަލައިގެ ތެރެއަށް އިދިކޮޅު އެމްޑީޕީ އިން ވަނީ ތަދައްހުލްވެފަ އެވެ. 

ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު 

ބ. ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އަންނަނިވި ހާލަތުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ.

1 - ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން. 

2 - ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން. 

3 - އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox