ބޭސް ނުލިބުމުގެ ޝަކުވާ ބޮޑަސް، މިނިސްޓަރު ވިދާޅުވީ އެކަން ހައްލުވަމުންދާ ކަމަށް

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް: ބޭސް ނުލިބުމުގެ މައްސަލައަށް ހައްލުތަކެއް އަންނަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް: ބޭސް ނުލިބުމުގެ މައްސަލައަށް ހައްލުތަކެއް އަންނަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ބޭސް ނުލިބުމުގެ ޝަކުވާ ކިތަންމެ ބޮޑަސް، އެ މައްސަލަ ހައްލުވަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ ބޭސް ލިބުމުގެ ދަތި ހައްލުކުރުމަށް އެޅި ގިނަ ފިޔަވަޅުތަކުން ލުއިތަކެއް ލިބެމުންދާ ކަމަށެވެ.

ނަމަވެސް ބޭހުގެ މައްސަލައަށް ހިތްހަމަޖެހުމެއް ލިބޭނީ ހުރިހާ މައްސަލައެއް 100 ޕަސަންޓު ހައްލުވީމަ ކަމަށާއި އެ އަމާޒަށް ވާސިލުވާން މަސައްކަތް ކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވަމުން މިދަނީ ބޭސް ލިބުމުގެ މި މައްސަލަަތައް ހައްލުކުރުމަށްޓަކައި ވަރަށް ގިނަ ފިޔަވަޅުތައް އެޅި، އަޅުގަނޑުމެން ވަރަށް ކަށަވަރުކަމާއެކީ ދަންނަވާލަން ކެރޭ މިއަށް ވަރަށް ބޮޑު ލުއިތަކެއް ލިބި ހައްލުތަކެއް ލިބެމުންދާ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންނަށް އެންމެ ހިތްހަމަޖެހުން ލިބޭނީ ހަމަ ހުރިހާ މައްސަލަތަކެއް 100 ޕަސަންޓަށް ހައްލުވީމަ. އެހެންނޫންތޯ. އެ ދިމާއަށް ދިޔުމަށްޓަކައި މި މަސައްކަތް ކުރަން ޖެހޭނީ."

ނާޒިމް ވިދާޅުވީ ބޭހުގެ މައްސަލަ ހައްލު ކުރުމަށް ސަޕްލައިގެ އިތުރުން އާސަންދަ ނިޒާމާއި އެޑްމިނިސްޓްރޭޓިވް ޕްރޮސެސްގެ ތެރެއިން ރަނގަޅު ކުރަން ޖެހޭ ކަންކަން ކުރާމުންދާ ކަމަށެވެ.

"މީގައި ގަވަނަންސް ނިޒާމުގެ ތެރެއިން ކުރަންޖެހޭ ކަންތައްތަކާއި ބައެއް ސަޕްލައިގައި ކުރަންޖެހޭ މަސައްކަތްތަކާއި އާސަންދައިން ލިބެން މިއިންނަ ނިޒާމުގައި އެއިންނަ އެޑްމިނިސްޓްރޭޓިވް ޕްރޮސެސްގެ ތެރޭގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކާއި މި ހުރިހާ ކަންތައްތަކަށް ރިޔާޔަތްކުރެވިގެން މި މަސައްކަތް މިކުރެވެމުންދަނީ،" ނާޒިމް ވިދާޅުވި އެވެ.

ބޭސް ސަޕްލައި ވަރުގަދަ ކުރުމަށް އެސްޓީއޯއަށް ބޭސް ސަޕްލައި ބޮޑުތަނުން އިތުރު ކުރެވި އެސްއޯޕީތައް ވަރުގަދަކޮށް 40 ޓްރީޓްމަންޓް ގައިޑްލައިން ވެސް އެކުލަވާލެވިއްޖެކަން ނާޒިމް ފާހަގަކުރެއްވި އެވެ.

ނަމަވެސް ނާޒިމް ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ވަކި ބްރޭންޑެއް ޕޭޝަންޓަކު ހޯދަން އުޅުން ކަމަށެވެ. އެގޮތުން ނާޒިމް ވިދާޅުވީ އެ ޖެނެރިކަކުން ޓްރީޓްމަންޓް ލިބެން އޮތް ހާލަތެއްގައި އެކަން ހައްލު ކުރެވޭނީ ބޭސް ޕްރިސްކްރައިބްކުރާ ޑޮކްޓަރު އުހުލުވެރި ކުރުވައި ސިޔާސަތު ތަންފީޒު ކުރެވިގެން ކަމަށެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ވަނީ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރާއްޖެއަށް ބޭސް އެތެރެ ކުރަން ހާއްސަ ކުންފުންޏެއް ވެސް އުފައްދާފަ އެވެ.

މި ކުންފުނި އުފެދުމާއެކު ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އަންނަ ސަރުކާރުގެ ކުންފުނި، އެސްޓީއޯ އިން ކުރަމުން އަންނަ ހުރިހާ މަސައްކަތެއް އެ ކުންފުނީގެ ދަށަށް ވަނީ ބަދަލުވެފަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖެއިން ބޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ. ސަރުކާރުން ފުރަތަމަ އެކަން ދޮގުކުރި އެވެ. އޭގެ ފަހުން މުހައްމަދު މުއިއްޒު ބޭހުގެ ދަތިކަމުގެ ސަބަބެއް ކަމުގައި ދެއްކެވީ، "މެޑިކަލް މާފިއާ" ނުވަތަ ސިއްހީ ހިދުމަތްތަކުގެ ވިޔަފާރި ކުރާ ފަރާތްތަކުން ގަސްތުގައި ބޭސް ނުގެނެއުމެވެ.

އެ ވާހަކަތަކަށްފަހު ބޭސް ލިބުމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވީ މެއި، 3، 2025، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ ދުވަހު ވެސް ރައީސް ވަނީ އެކަމުގެ ޒިންމާ ސަރުކާރުން ނެގުމުގެ ބަދަލުގައި ވިޔަފާރިވެރިން ކުށްވެރިކުރައްވައި ވާހަކަދައްކަވައިފަ އެވެ

ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ ދަތިކަން އެއްކޮށް ހައްލުވާނެ ކަމަށް މުއިއްޒު ދެއްވި ތާރީހުގައި ވެސް އެކަން ހައްލުވެފައެއް ނުވެ އެވެ. ގިނަ ބަޔަކު އަންނަނީ ޒަރޫރީ އެތަކެއް ބޭހެއް ނުލިބުމުގެ ޝަކުވާ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox