އަންހެނުންނާއި ކުޑަކުދިންގެ ހާއްސަ ހޮސްޕިޓަލް ވަކިން ނާޅައި، އާ ހޮސްޕިޓަލްގެ ޔުނިޓަކަށް ބަދަލުކޮށްފި

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ބޮޑު ހޮސްޕިޓަލެއް އެޅުމަށް ކުރިން ރާވާފައި އޮތް ރޭވުން ބަދަލުވެ، އެ ހިދުމަތްތައް އަލަށް ގާއިމުކުރާ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލުގެ ތެރޭގައި ހިމެނޭ ހާއްސަ ޔުނިޓަކަށް ނުވަތަ ޑިޕާޓްމަންޓަކަށް ބަދަލުވެއްޖެ އެވެ.

ރައީސް މުހައްމަދު މުއިއްޒު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ގަސްދުކޮށްފައިވާ ކަމަށެވެ. އަދި ކުރިން ވަކި ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރަން ނިންމި އަންހެނުންނާއި ކުޑަކުދިންގެ ހިދުމަތްތައް މިހާރު ހިމެނިގެންދާނީ މި ބޮޑު ހޮސްޕިޓަލް ކޮމްޕްލެކްސްގެ ތެރޭގައި ހިމެނޭ ހާއްސަ ޑިޕާޓްމަންޓެއްގެ ގޮތުގައި ކަމަށް މުއިއްޒު ފާހަގަކުރެއްވި އެވެ.

މި މަޝްރޫއުގެ ފަންނީ މަސައްކަތްތަކާއި ފަންޑިންއާ ގުޅޭ ކަންކަން މިހާރު ކުރިއަށްދާ ކަމަށާއި، މިއަހަރުގެ މެދުތެރޭގައި ހުރިހާ ތައްޔާރީތަކެއް ނިންމައި އަމަލީ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. މި ހޮސްޕިޓަލް ކޮމްޕައުންޑުގެ ތެރޭގައި ކެންސަރު ބައްޔަށް ފަރުވާދޭނެ ހާއްސަ ފެސިލިޓީއަކާއި ރޭޑިއޭޝަން ޗެމްބަރެއް ވެސް ގާއިމުކުރެވޭނެ އެވެ.

Advertisement

"މި މަލްޓި ސްޕްޝަލިޓީ ހޮސްޕިޓަލްގެ ތެރެއަށް އަންހެނުންނާއި ކުޑަކުދިންނާ ބެހޭ ހާއްސަ ޑޮކްޓަރުންގެ ޔުނިޓް  ނޫނިއްޔާ ޑިޕާޓްމެންޓު ވެސް އަންނާނީ. އެހެންވީމަ އެ މަސައްކަތްތައް އެބަ ހިނގާ،" ރައީސް ވިދާޅުވި އެވެ. 

މީގެ ކުރިން ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 46،000 އަކަފޫޓުގެ ބިމެއްގައި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ވަނީ ނިންމާފަ އެވެ.

އެ މަޝްރޫއުގެ ދަށުން އައިވީއެފްގެ ހިދުމަތާއި، މާބަނޑު މީހުންނަށް ދޭ ހާއްސަ ފަރުވާތަކާއި، ކުޑަކުދިންގެ އިންޓެންސިވް ކެއާ އަދި ސާޖަރީ ފަދަ މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ރާވާފައިވެ އެވެ.

ނަމަވެސް އިއްޔެ މުއިއްޒު ވިދާޅުވި ގޮތުން މި ހުރިހާ ހިދުމަތްތަކެއް ދެން ޖަމާކުރެވޭނީ 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލުގެ ތެރެއަށެވެ.

ހުޅުމާލޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި ހުރި ހުޅުމާލެ ހޮސްޕިޓަލްގެ ބިމުގައި އިތުރު ބޮޑު އިމާރާތެއް އެޅުމަށް އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އަށް ހުށަހަޅާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox